އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން ޗައިނާ ކުންފުންޏަކާއެކު ވީ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު: ފެނަކައިން މައުލޫމާތުދޭ ގޮތުގައި މި މަސައްކަތް ނިމުމުން ކުރިއަށް އޮތް 25 އަހަރު މައްސަލައެއް ދިމާނުވެ ކަރަންޓު ދެވޭނެ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
29 ޖުލައި 2024 - 18:14
ފާއިތުވި އަށް މަސް ދުވަސް ތެރޭގައި ކޮންޓްރެކްޓަރުންނަށް 300 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން ބުނީ ފައިސާ ދައްކާ ހަލާސް ކޮށްފައިވަނީ މިހާރު ކުރަމުންދާ ހުރިހާ މަސައްކަތްތަކާއި ގަންނަމުންދާ ހުރިހާ މުދަލަކަށް ކަމަށެވެ. އަދި މިހާރު ވާނީ 278 ވެންޑަރުންނަށް އެއްކޮށް ފައިސާ ދައްކާ ހަލާސްކޮށްފައި ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ މިހާރުގެ މެނޭޖުމަންޓުން ކުންފުންޏާ ހަވާލުވި އިރު، 1.7 ބިލިއަން ރުފިޔާ އާއްމުންނާއި ކުންފުނިތަކަށް ދައްކަން އޮތް ކަމަށެވެ. އެއާ އެކު، ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ދަރަނި ރީސްޓްރަކްޗާ ކުރުމާއި، ސީއެސްއާރަށް ކުރަމުން ގެންދިޔަ ބޭކާރު ހަރަދުތައް ހުއްޓާލުން ފަދަ ގިނަ ފިޔަވަޅުތައް އަޅަފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖްމަންޓާ ގުޅޭ ގޮތުން އާދަޔާހިލާފަށް ގިނައިން މައްސަލަތައް ހުށަހަޅާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ވަނީ ބުނެފަ އެވެ. އޭގެތެރޭގައި 60 މަޝްރޫއުއެއް ނުނިންމައި ބަޖެޓު ހުސްކޮށްލި މައްސަލައެއް ހިމެނޭ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ފެނަކައިގެ އާ މެނޭޖިން ޑިރެކްޓަރު، މުއާޒް މުހައްމަދު ރަޝީދު ވަނީ ފެނަކައަށް ގެއްލުންވާ ގޮތަށް އެއްވެސް ޕްރޮޖެކްޓެއް ކުރިއަށް ނުގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އަދި ރަށްރަށުގައި ކުރިމަތިވަމުންދާ ކަރަންޓާއި ފެނާއި ނަރުދަމާގެ މައްސަލަތައް ގިނަ ވެފައި ވަނީ މީގެ ކުރިން އެ ވަސީލަތްތައް ފޯރުކޮށްްދެމުންދާ ތަކެތި އޯވާހޯލް ނުކުރެވި ގިނަ ދުވަސްވެ ހުރުމާއި ގުޅިގެން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެއާ އެކު، މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް މުއާޒް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިސަމް
30 July 2024
އެންމެ ލޯ ލާރިއެއްވެސް ޗާޕުނުކޮށް ފައިސާ ދީ މިނިންމަނީ.. ހިންގަން އިނގޭ މީހުން އައީމަ ތަފާތު މިފެންނަނީ
އިފާދުﷲ އަލީ
30 July 2024
ފައިސާ ހުރި ވަރަކުން ދެމުން މިދަނީ. އިބޫމެން މިކަންވެސް ނުކުރޭ. ޕޭމެންޓް ހޯދަން ދިޔާމަ ބުނަނީ 20% ކޮމިޝަންގެ ގޮތުގައި ދޭން. މިސަރުކާރުން މިކަހަ އެއްވެސް ކަމެއް ނުކޮށް ޕޭމެންޓް ދެމުން ދަނީ
އައުޒަމް
30 July 2024
ދަތި ހާލަތުގައި މަސްވެރިންނަށް ފައިސާ ދީފި. މިހާރު ސަޕްލަޔަރުންނަށްވެސް މިދެނީ. މިހެން ވާންޖެހޭނެ
މަމްނޫހް ޒާހިރު
30 July 2024
ފައިސާ ޗާޕްނުކޮށް ކަން ކުރާނެ ގޮތަކީ މިއީ. ދަސްކޮބަލަ އެމްޑީޕީ
އަބްސަލް މުހައްމަދު
30 July 2024
ކުންފުނިތައް ރަނގަޅު ހާލަތައް ގެންނާނެ މި ސަރުކާރުން. ޔަގީން މަަށަށް.
އައިމަން އަލީ
30 July 2024
ވަރަށް ބޮޑު ތެދެއް. މަގޭ ކުންފުންޔަށްވެސް ދީފި ފައިސާ
އިސްހާގް މުހައްމަދު
30 July 2024
ވެރިކަމެއްގެ އެއްމެ މުހިއްމު ކަމަކަށް ވާން ވާނީ ރައްޔިތުންގެ ހައްގުތައް ދިނުން. އެކަން އެއްމެ ފުރަތަމަވެސް ދަތި ދުވަސްވަރަކު މި ސަރުކާރުން މި ކުރީ
ބަކުރުބޭ
30 July 2024
ކަރަންޓް ބިލް ބޮޑުކޮށްލީމަ ކިހާ ފަސޭހަވާނެ އެކަން ކޮށްލަން
އަމީން އަބްދުﷲ
30 July 2024
ސަޕްލަޔަރުންނަށްވެސް މަސްވެރިންނަށްވެސް ފައިދާ މިދެނީ މި ސަރުކާރުން. ތަފާތު
ޢަލީ ބަލީ
30 July 2024
ތީވަރަށް ފައްކާގޮތެއް ސަޕްލަޔަރުންނަށް ދޭންވާ ފައިސާނުދީ ސައީދުއާއި އޭނަގެ އައުވާނުން ރޯމާދުވާލު ޚިޔާނާތްތެރިވެ މުއްސަދިވީ، ފަހުން އައިބަޔަކު އެތަށްގުރުބާނީއެއްވެ ކުރިން ނުދެވި ހުރި ދަރަނިތައް އެގެންދަނީ ހަލާސް ކުރަމުން، މިހާރު އުފެދޭ ސުވާލަކީ ސައީދުމެން ޚިޔާނާތްތެރިވީ ފައިސާ އެމީހުންނަށް ދޫކޮއްލީތޯ؟ ދެން އެފައިސާ އަބުރާ ނުހޯދާނެތޯ؟
ފިރާޤްް
29 July 2024
އާން އެންމެ ފަހުން ލާރިކޮޅު އަތަށް އަރައިފި. ކޮން ޒަމާނެއް އެ ނުލިބިގެން އުޅޭތާ. ލާރިކޮޅުވެސް އެންމެ ފަހުން މި އެރީ ހަމަ މި ވެރިކަމުގަ. ތަފާތަކީ މީ