އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން މިއަދު ސިންގަޕޫރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
31 ޖުލައި 2024 - 20:06
ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމަކީ އެމެރިކާއަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށާއި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް ލިބިފައި ނެތް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން މިއަދު ވިދާޅުވެއްޖެ އެވެ.
އީރާންގެ އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަނިއްޔާ ވަޑައިގެން އުޅުއްވަނިކޮށް އަވަހާރަކޮށްލީ އީރާން ސިފައިން ބަލަހައްޓާ އިމާރާތެއްގައި ހުންނަވަނިކޮށް މެންދަމުގެ ވަގުތެއްގައި ދިން ހަމަލާއެއްގައި ކަމަށް އީރާންގެ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު އެއީ ކިހިނެއް ދިން ހަމަލާއެއް ކަމުގެ ތަފްސީލެއް ނެތެވެ. ހަމާސް އިން ބުނީ ހަނިއްޔާ ހުންނެވި ގެޔަށް ހަމަލާދިނީ ވައިގެމަގުން ކަމަށެވެ.
މިއީ އިޒްރޭލުގެ އަމަލެއް ކަމަށާއި އެކަމުގެ ބަދަލު ހިފާނެ ކަމަށް އީރާނާއި ހަމާސް އިން ބުނަމުން ދިޔަ ނަމަވެސް މިކަމާ ބެހޭ ގޮތުން އިޒްރޭލުން އެއްވެސް ވާހަކައެއް އިޒްރޭލުން ނުދައްކަ އެވެ.
އެމެރިކާއިން ވެސް ބުނީ މިއީ އެމެރިކާއަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށެވެ.
"މިކަމާ ގުޅިގެން ދެން ވާނެ ގޮތަކާ މެދު އެއްޗެއް ބުނާކަށް ނޭނގެ. އެކަމަކު [ޣައްޒާގައި] ހަމަލާތައް ހުއްޓުމަކަށް ގެނައުމާއި އެކަން އެންމެންނަށް ވެސް މުހިންމުކަން އެއީ ބަދަލުވާނެ ހަގީގަތެއް ނޫން،" ހަނިއްޔާ އަވަހާރަކޮށްލުމުން ސުލްހައިގެ މަޝްވަރާތަކަށް ވާނެ ގޮތަކާ މެދު ސުވާލުކުރުމުން ބްލިންކެން ވިދާޅުވި އެވެ.
"މިއީ އެމެރިކާއަށް އެނގިގެން ހިނގި ކަމެއް ނޫން އަދި އެމެރިކާގެ ބައިވެރިވުމެއް ވެސް އޮތް ކަމެއް ނޫން."
އެމެރިކާއިން އަސްކަރީ ގޮތުން ވާގިވެރިވާ އިޒްރޭލަށް ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލި ހާދިސާއަށް ފަހު އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ވަނީ ހަމާސް ނައްތާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
މި އިންޒާރާ އެކު ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 39،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު ހަނިއްޔާގެ ބޭފުޅުންނާއި އާއިލާގެ އެތައް ބަޔަކު ހިމެނެ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންސު
01 August 2024
އެހެންތޯ! ބޭފުޅާއަށް އެނގިލައްވާތޯ ހަނީއާ ކިޔާބޭފުޅެއް މިދުނިޔޭގަ އުޅުނުކަން. ދެން އިނގޭތަ އިޒްރޭލުން ފަލަސްތީނު ސުންނާފަތިކުރާކަން. މިއަދު މިހާވަރަށް ދަސްކޮށްލާ. ދެންހުރިބައި ފަހުން....
އީމަން
01 August 2024
އެމެރިކާގަ އޮންނަ ޒިޔޮނިސްޓ (އިޒްރާއިލް) ލޮބީއަށް ވިކިފަހުރި މީހެއްތީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން !
ސިކްސް
01 August 2024
އަމިއްލަ ގައުމުގެ ރ.ކެނޑިޑޭޓެއް މަރާލަން އުޅުނުއިރު ނުހުއްޓުވުނު އަދި އެކަން ހިނގިގޮތް ނޭނގޭކަމަށް ހަދައިގެން އުޅޭ ބައެއް ތިއީ. އިޒްރޭލުން ކުރާ ކަންކަންވެސް ނޭނގޭކަމަށް ހެދިގެން އުޅޭ ބައެއް ތިއީ. ތިމީހުން ތައްޔާރުކުރާ އިންވެސްޓިގޭޓިވް ޑްރާމާތައް ބަލާލި މީހަކަށް ބުނެވޭނެ ތިމީހުންގެ ސަރުކާރު އުޅެނީ އެޑްރާމާތައް ހަދާ މީހުންނަށްވުރެވެސް އިންޓެލިޖެންސްގެ ގޮތުން ފަހަތުގައޭ. ދެން ތިމީހުން ނިންމަންވީ ތިމީހުންނަކީ ގަމާރުބައެއްކަމަށ ދުނިޔެ ގަބޫލުކުރަންވީތޯ
ރަދީފްއޮފިޝަލް
01 August 2024
މެޓަގެ އެހީގަ އިޒްރޭލުން ހަނިއްޔާ ލޮކޭޓްކުރީ.ވަޓްސްއެޕް މެސެޖަކުން ކުރިކަމެއް ކުރަން ފުރުސަތުލިބުނީ. އިޒްރޭލުގެ ޓެކްނޮލިޖީ އެއީ އެންމެ ކުރިއަރާފައިވާ ޓެކްނޮލިޖީ. އެމެރިކާގެ އެހީގަ ޔަހޫދީންދަނީ ހަތިޔާރު އެޑްވާންސްކުރަމުން.މިއަދު ޓީވީގެ ރިމޯޓް ސައިޒްގެ ރޮކެޓެއް ފޮނުވައިގެން 40 ބުރީގެ އިމާރާތްތައް ބިމާ ހަމަކުރުމުގެ ގާބިލްކަން އިޒްރޭލުން ވަނީ ހޯދާފަ.އިރާންގެ ފަސްގަނޑުގަ މިފަދަ ކަމެއް ކުރެވުން އެއީ ރައްކާތެރިކަން ނެތް މިންވަރު ހާމަވާ ކަމެއް.ވ.ވެދުން
ވެންގަބޯ
01 August 2024
ކަލޭ ނޭނގެ ބުނިމަ ގަބޫލު ކުރާނީ. ލޭބޯ ޔަހޫދީން ކަލޭމެން ދޭހަތިޔާރު ކަލޭމެންނަށް ނޭގި ބޭނުމެއް ނުކުރެވޭނެއެވެ ބޭނުން ކުރާގޮތް ކިޔާދެނީ ކަލޭމެން ކާފިރުންނާ ވާނީ ކާފިރުން. ނަތަންޔާހޫގެ ކައްވަޅު މިދަނީ ކޮންނަމުން އަދި ލޭބޯ އިސްރާއީލަށް މަދަދުވެރިވާ ފަރާތްތަކުގެ ކައްވަޅު މިދަނީ ކޮންނަމުން. މިކަމުގެ ބަދަލު ޔަހޫދީންނާއި ވާގިވެރިވާ މީހުންގެ ކިބައިން ހިފާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ދެން އިންޝާ ﷲ
ނޮންނޮ
31 July 2024
ޖައްބާރުންނަށް އެގޭކަމެއް އޮވޭތަ މުސްލިމުންގެ ލޭބޯންނޫން އެކަނި އެނގެނީ މިޖައްބާރުންގެ ނިމުން ހިތިގޮތަކަށް ނިންމަފާނދޭވެ. އާމީން.
ބިސަޓުރޭ
31 July 2024
މާދަން ހައްގުތައް ކިޔަވައިދީ. ތީ ޑެމޮކުރަސީގެ އައްޕައާއި މަންމަމެން. މިގައުމުގައިވެސް ތިބޭނެ އޭގެ ދަރިންތަކެއް. ލޯ ހުއްޓަސް ނުވެސް ފެންނާނެ. ކަންފަތް ހުއްޓަސް އަޑެއްނީވޭނެ. އިސްލާހުގެ ނަމުގައި ފަސާދަކުރާމީހުން. ދުވަހަކުވެސް ކާމިޔާބު ނުވާނެ
ކުޅަނދޭ
31 July 2024
ޣައްޒާއަށް ރައްޔިތުން ބޮލަށް މަތިން ހަތިޔާރު އޮއްސާކަމެއްވެސް ނޭނގޭނު.