ހެނބަދޫގައި މަސައްކަތް ކުރާ ޕޮލިހެއްގެ ސައިކަލުގައި ރޯކޮށްލާފައި.-- ފޮޓޯ: ޕޮލިސް
02 އޯގަސްޓް 2024 - 11:59
ނ. އަތޮޅުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނަކާ ގުޅިގެން އެ އަތޮޅު ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް ގެއްލުން ދިނުމަށް ފަހު، ރޭ ދަންވަރު އެހެން ފުލުހެއްގެ ސައިކަލްގައި ރޯކޮށްލައިފި އެވެ.
ފުލުހުންގެ ތަރުޖަމާން، އެސިސްޓެންޓް ކޮމިޝަނާ އޮޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް ފުރަތަމަ ގެއްލުން ދިނީ ބުދަދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އެހެން ފުލުހެއްގެ ސައިކަލްގައި ރޭ ދަންވަރު ހުޅުޖަހައި، ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އެ ގެއްލުން ދިނީ، ނ. އަތޮޅުގައި ފުލުހުން ހިންގާ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، ތުހުމަތު ކުރެވޭ ބައެކެވެ.
އެފަދަ ފިނޑި އަމަލެއްގެ ސަބަބުން ޕޮލިހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަން އެ ވިސްނުމުގައި އެފަދަ އަމަލުކުރަމުންދާ މީހުންނަށް ހަނދާންކޮށްދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުރުތުރު
02 August 2024
ލަފާކުރެވޭގޮތުގަ ތިޔައީ ތިވިޔަފާރިކުރާމީހުންގެ ވަކަރަށްޖަހާލުން. ތިއަޅާލީ އަލިފު. ގަޓުހުރި ވަޒީރުގެ ގަޓުހުރިވަރާއި ފުލުހުންގެ ގަޓުހުރިވަރު އެނގިދާނެ. ހުޅުމާލެއަކީ ޒުވާނުންގެ މަރުކަޒަކަށްހަދަންވީވަޢުދު ފުރިހަމަވެއްޖެ، ފޭސް 2ގައި ނުހިނގާ ކަމެއް ދުނިޔޭގައި ހިނގާފާނެކަމުގައިނުބެލެވޭ. ނެތްވައްތަރެއްގެ އައްޑާއެއް ހުރެދާނެކަމަކުވެސް ނުބެލެވޭ. ރޯމާދުވާލު އެހެރަފެންނަނީ ހުއްޓައިގެން ސައިލަމުމަތީއިންނަމީހާ ބުރުއްސައިގެންދާތަން. އުޅޭނެގޮތަކަށް އުޅެންވީ.
އަޒްރާ
02 August 2024
ގައުމުގަ ކޮރަޕްޓް ގާޒީންނާއި ވާރޭ ކޯޓް ތިބެގެން ތިކަމެއްނުވާނެ މިނިވަން ގާޒީންނާއި މިނިވަން ފަނޑިޔާރުންނާއި ޙައްގާއި ބާތިލު ވަކިކޮއްދޭ ފަނޑިޔާރުންނާއި ގާޒީންނާއި ޝަރުޢި ކޯޓްތަށް ތިބެގެން ތިކަން ކުރެވޭނީ
ކިއްލިކިޓްރީ
02 August 2024
ފުލުހުންގެ ތެރޭގައި ޕްރޮފެސަނަލް މީހުން އެބަތިބި. ތައުލީމު ތަރުބިއްތުލިބި ވަޒަން ކުރިއަރުވަން ބޭނުންވާ މީހުންއެބަތިބި. ފުލުސްގެއަށް ވެއްދި ނުވަތަ ވަދެގެން ކޮރަޕްޓްވި ބަޔަކާއިހެދި އަގުވެއްޓި ތަން ހިރިނުލެވިއޮތީ.އެރޮގާލިފަތިތައް ބޭރުކޮށް ހިއްވަރާއިއެކު ކޮޅަށްތެދުވެ ކުރިއަށް ދާންވިވަގުތު. ފުލުސް މަސައްކަތަށް ހުރަސްއަޅާ މުދަލަށް ގެންލުންދޭމީހުންނަށް ދޭންޖެހޭ އަދަބު އަހަރުމެން ކިޔާދޭކަށް ނުޖެހޭ. ހަރުކަށި ހަދާންނުނެތޭނެ ބަދަލުނަގާ އަދަބުދެވެންޖެހޭ
އަފްރާސިޔާބު
02 August 2024
ތިބާވަތުގެ ކުށްކުށަށް އަދަބެއްނުދެވޭނެ މަދަނީ މިންގަނޑުން ކުށް ސާބިތު ކޮށްގެނެއް. ތިޔަ ބާވަތުގެ ކުށަށް އަދަބު ދެވޭނީ އެކަމަށް ޚާއްސަ ކޯޓެއް އުފައްދައިގެން. ތިޔަ އަމަލު ކުރި މީހުންގެ ނަމުގައި މުދަލެއް ހުރިއްޔާ ވިއްކާލައި ސަރުކާރަށް އޭގެ ބަދަލު ލިބެންވެސް ޖެހޭނެ. އެހެން ނޫނީ މިގައުމު ހަމަޔަކަށް ނޭޅުވޭނެ.
ވަހީދުބެ
02 August 2024
ވީހާވެސް އަވަހަކަށް ގެއްލުމުގެ ބަދަލު އެމީހުންގެ އަތުން ނަގަންވީ. އެމީހުންނަށް ނިސްވަތްވާ މުދާ ނީލަން ކިޔާފައި ވެސް އެބައި ނަގަން ފެނޭ
ނޭފަރު
02 August 2024
ތި އަތޮޅުގެ ތިޔާ ކަމުގެ މައި ރަށް އޮތީ އޮތް ގޮތައް އުތަ!،؟؟ އެރަށު ރޭޑު ކޮބޭ؟
ފެންސު
02 August 2024
އެބަ ރަގަޅުވޭ. ސަރުކާރުގެ އޮޕަރޭޝަންތަކުން ހަގީގަތުގައިވެސް ޕާޓޭންނަށް އެބަ އަސަރުކުރޭ. އެހެންނޫންނަމަ މިކަހަލަ ކަންކަން ނުފެންނާނެ. އަދި ބޮޑެތި މޫތައް ލުހެންފެށުމުން އަޑުއަޑު ކިޔާނެ. ރައްޔިތުން ސަމާލުވޭ. މިފަހަރު މިއޮތީ ރައްޔިތުންފަޅީގެ ސަރުކާރެއް އިރާދަކުރެއްވިއްޔާ
ޣެންޑާ
02 August 2024
ބޮޑުމޫ ލުހޭ ހިސާބަށް ދެވިގެންތާ. މީގެ ކުރިންވެސް އިވޭ މިކަހަލަ ހަބަރު. ކޮންމެސް ކަމެއްވީމަ ޑްރަގް މައްސަލައަށް ހައްލެއް ނުލިބެނީ. ފުލުހުންނާ ކޯޓުތަކުންވެސް ވަކި ހިސާބަކުން ހަތިޔާރު ދޫކޮށްލަނީ. ގަދަވަނީ ކުށްވެރިން.
ކޮރަލް
02 August 2024
ސަރުކާރުން އާ ސައިކަލެއް ގަނެ ދޭން ވީ އެވެ. ތަހުގީގު ނިމެންދެން ލަސް ކުރާނެ ކަމެއް ނެތެވެ.
ވަހީދުބެ
02 August 2024
ދެން ކޮންމެ މީހެއްގެ ސައިކަލު އަންދާލީމަ ސަރުކާރުން ގަނެދޭން ޖެހޭ ގޮތް ހަދާނެ!
ޢާދަނުބެ
02 August 2024
ޢެނގިދާނެތާ މޮޅުވާބައެތް ސިޔާސީ މީހުން ފުކުހުންނަށް ބަވާލައިރަށް ސައިޒު ވެދާނެ ބިރުން
އަފްރާސިޔާބު
02 August 2024
ކޮންމެސް ވަރެއް ވެދާނެ. ރައީސުލްޖުމްހޫރިއްޔާ ބިރުފުޅުގެންފި ނަމަ ފުލުހުންނަށް އަންގަވާނެ އިހަށް މަޑުޖައްސާލުމަށް. އެހެންނޫނިއްޔާ ފުލުހުންގެ މަސައްކަތް އެގޮތުގައި ކުރިއަށްދާނެ. ނ. އަތޮޅަކީވެސް ގޭންގް ތަކުގެ އަތޮޅެއް.
ޝޮކްތެރަޕީ
02 August 2024
މިހާރު ވެއްޖެނުން މި މީހުންނަ ވަރުގަދަ އަދަބެއް ދޭން.
ފޯނަށްތެރަޕީ
02 August 2024
ތިކަމެއް ނުކުރެވޭނެ. މަރަންވެއްޖެނަމަ މަރަންޖެހޭނީ ކޮންމެވެސް ބޮޑެއްގެ ދަރިއެއް. ނޫނީ ކޮންމެވެސް އަތޮޅެއްގެ ވޯޓުވަޅުގަނޑަކާއިގުޅޭ ދަރިއެއް. ރާއްޖޭގައި އިސްލާމީ ޝަރީޢަތް ނުހިންގިއޮންނަނީވެސް މިކަމާހެދިކަމުގަބެލެވެނީ. ދިގު ތިރީސްއަހަރުގެފަހުން މަޖިލީހުމެންބަރުންނާއި ވެރިކަމަށް ފައިނަގާއެންމެންހެންތިބެނީ ވޯޓަށްވެދާނެ ގޮތަކާއިމެދު ވިސްނަވިސްނައި. އެވޯޓުވަޅުތަކުގެ ފިއްތުމުގެދަށުވެފަ. އެހެންވެ ތިކަމެއް ނުހިނގާނެ. ހިނގިޔަސްހިނގާނީ ދެރަސޮޑައިންނަށް.