އިޒްރޭލުން ލުބްނާނަށް ހަމަލާދީ އިމާރާތެއް ހަލާކުކޮށްލާފައި: ބޮޑު ހަނގުރާމައެއްގެ ބިރު މިހާރު ވަނީ ބޮޑުވެފައި. -- ފޮޓޯ: އޭއެފްޕީ
03 އޯގަސްޓް 2024 - 19:36
ލުބްނާންގެ ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވުމާ އެކު އެމެރިކާ މީހުން ލުބްނާނުން ނުކުމެވެގެން އޮތް ގޮތަކަށް ނުކުންނަނަށް، އެ ގައުމުގައި ހުންނަ އެމެރިކާ އެމްބަސީން އިލްތިމާސްކޮށްފި އެވެ.
އެމެރިކާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ހަނގުރާމައިގެ ބިރަށް އެއާލައިންތަކުން ލުބްބާނަށް ދަތުރުތައް މެދުކަނޑާލަމުން ދިޔަ ނަމަވެސް ކޮމާޝަލް ޓްރާންސްޕޯޓުގެ އެކި ވަސީލަތްތައް ލިބެން އެބަހުރި ކަމަށެވެ.
"މި އެދެނީ ލުބްނާނުން ނުކުންނަށް ބޭނުންވާ މީހުން، އެ މީހަކަށް ޓިކެޓް ލިބެން އޮތް ގޮތަކަށް ޓިކެޓް ބުކް ކުރުމަށް. ވަގުތުން ފުރައިގެން ނުދެވުނަސް އަދި ދަތުރުކުރަން ބޭނުންވާ މަގު ނޫން އެހެން މަގަކުން ދަތުރުކުރާ ފްލައިޓަކުން ޓިކެޓެއް ލިބުނަސް އެ މަގަކުން އަވަހަށް ދިއުމަށް،" ބަޔާނުގައި ބުނެފައިވެ އެވެ.
އެމެރިކާގެ މި އެންގުމަށް ފަހު އިނގިރޭސި ވިލާތާއި އެހެން ބައެއް ގައުމުތަކުން ވެސް ވަނީ ވީ އެންމެ އަވަހަކަށް ލުބްނާނުން ފައިބަން އިލްތިމާސްކޮށްފަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމަލާދޭން ފެށުމާ އެކު ހިޒްބުﷲ އިން ބޯޑަރު ސަރަހައްދުގައި އިޒްރޭލުގެ އަސްކަރީ މަގާމުތަކަށް ގެންދަނީ ހަމަލާދެމުންނެވެ. ރައްދުގައި އިޒްރޭލުން ވެސް ހަމަލާ ދެމުން ގޮސް ލުބްބާންގެ އެކި ހިސާބުތަކަށް ވެސް ހަމަލާދޭން ފަށައި މަސްރަހު އިތުރަށް ގޯސްވީ ހިޒްބުﷲގެ އިސް އެތައް ކޮމާންޑަރުންނެއް އަވަހަރާކޮށްލުމާ އެކުގަ އެވެ.
އަދި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އީރާންގައި އަވަހާރަކޮށްލުމާ އެކު އެއީ އިޒްރޭލުގެ އަމަލެއް ކަމަށް ބުނެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ހިޒްބުﷲ އާއި ހަމާސް އާއި އީރާނުން ވެސް ވަނީ ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިހޭނެ
04 August 2024
ކަލޭމެން ސިއްސުވާލާނެ އީރާނުން .އީރާނާ ކުރިމަތިލައިގެން އެމަރިކާ މަރުވާނެ
އަސާ
04 August 2024
އިރާނަށް އެނބުރޭނީ ރަށުބިޑި
ފޮނިފޮނި
04 August 2024
ހަނގުރާމައެއް ނުހިނގަނީސް ފުރަތަމަވެސް ފޮނި ކަނޑަނީ. ކަންކަމުގަ ފޮނި ކަނޑަންޏާ ގިނަ ފަހަރަށް ލިބޭނީ ލަނޑު. މިސާލަކަށް ދިވެހި ފުޓުބޯޅަޔަށް ވީ ގޮތް ނިކަން ބަލާލަބަލަ.
ވެންގަބޯ
03 August 2024
3 ވަނަ ބޮޑު ހަނގުރާމަ ފެށުމާއި ގާތް ވަނީއެވެ އިސްރާފު ކުރުން ހުއްޓާލަ ފަހައް ރަށްކާކުރަމާ ހުރިހާ އެންމެން ވެސް މޭވާ ލިބޭނެ ގަސް ގަހާގެހި އިންދަމާ އެންމެ އަވަހަށް އަސަރުތައް ކުރާނީ ރައްޖެ ކަހަލަ ކުދި ޖަޒީރާ ގައުމުތަކަށް އަދި އަހަރެންގެ އަމިއްލަ ނަފްސަ ތިޔަ ބޭފުޅުންނަށް 5 ނަމާދަށް ރައްކާތެރިވާށެވެ އަދި ގިނަގިނައިން ގުރްއާން ކިޔެވުމަށް އެދެން ހެޔޮ އަމަލުތައް ގިނައިން ކުރާށޭ