ޚަބަރު / ފ. ނިލަންދޫ

މާކްސް ބަދަލުކޮށް ކަޓުވާލި ދަރިވަރު ސްކޫލް ކެޕްޓަން ކަމަށް ހަމަޖައްސައިފި

ކެޕްޓަން ކަމަށް ހޮވުނު ޔާނާ، ސްކޫލްގެ ޕްރިންސިޕަލް އާއި އިތުރު މަގާމްތަކަށް ހޮވުނު ދަރިވަރުންނާ އެކު ފޮޓޯއަކަށް ހުއްޓިގެން.

ފ. ނިލަންދޫ އަތޮޅު ތައުލީމީ މަރުކަޒުގެ ސްކޫލް ކެޕްޓަން ހޮވުމުގައި، މާކްސް ބަދަލުކޮށް ކަޓުވާލި ދަރިވަރު ޔާނާ މޫސާ، އަލުން އެ މަގާމަށް ހަމަޖައްސައި ރޭ ރަސްމިއްޔާތު ބާއްވައިފި އެވެ.

ތައުލީމީ ހަޔާތުގެ އެންމެ ޝަރަފްވެރި މަގާމް، ސްކޫލް ކެޕްޓަން ކަމަށް ވާދަކުރީ ޔާނާ އާއި ގްރޭޑް 11 ގައި ކިޔަވާ އެހެން ދަރިވަރެކެވެ.

އެ ވޯޓުގައި މާކްސް އޮޅުވާލާފައިވާ ކަމުގެ ތުހުމަތުވުމުން، ބެލެނިވެރިން އެޑިއުކޭޝަން މިނިސްޓްރީއަށް މައްސަލަ ހުށަހަޅައިގެން ބެލިއިރު ދެ ދަރިވަރުންގެ މާކްސް އޮޅުވާލީ ސްކޫލުގެ ޓީޗަރެކެވެ.

ދެ ދަރިވަރުންގެ މެދުގައި ތަފާތުކުރުން ގެންގުޅުނު ލީޑިން ޓީޗަރު، ޔާސިރު އަބްދުއްނާސިރަށް އެޑިއުކޭޝަނުން ފިޔަވަޅު އަޅައި އެއް މަސް ދުވަހަށް ސަސްޕެންޑްކުރި އެވެ. އޭގެ ފަސް ދުވަސް ފަހުން އޭނާ ވަނީ ލީޑިން ޓީޗަރުގެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު އަލުން ސްކޫލަށް ނިކުންނަން ފަށައިފަ އެވެ.

ނިލަންދޫ ސްކޫލުގައި ކުރިން މަގާމުތަކުގައި ތިބި ދަރިވަރުން، އަލަށް ހޮވުނު ދަރިވަރުންނާ މަގާމު ހަވާލުކުރަނީ.--

ޔާނާގެ އާއިލާގެ މީހަކު "މިހާރު" އަށް ބުނީ އެ މައްސަލަ ހައްލުވީ އެޑިއުކޭޝަން މިނިސްޓްރީގެ ތަހުގީގު ޓީމެއް އެ ރަށަށް ގޮސް މައްސަލަ ބެލުމުންނެވެ.

"އެ ޓީޗަރު މި ބުނަނީ ދަރިފުޅުގެ އިންޓަވިއު ޓައިމް ހަމައެއް ނުވެއޭ. ލިބޭނީ ސުމެކޭ. ގަވައިދުގައި ޓައިމް ލިމިޓެއް ނެތް. މިނިސްޓްރީން ކުދިންނާ ބައްދަލުކޮށްފައި އެހީ ވަގުތު ދިންހޭ. ވަގުތު ދީފައެއް ނެތް. ދަރިފުޅަށް އިންޓަވިއު ބައިން އިނީ އެއްވެސް މާކްސްއެއް ނުދީ،" ބެލެނިވެރިޔާ ކިޔައިދިނެވެ.

އޭނާ ބުނީ ކެޕްޓަން ހޮވުމުގައި އިންސާފުން ބޭރުވެ، އެހެން ކުއްޖަކު ހަމަޖެއްސި ކަން އެޑިއުކޭޝަނުން ބެލި ކަންކަމަށް ފަހު ނިންމި ކަމަށެވެ.

ނިލަންދޫ ސްކޫލުގެ ކެޕްޓަނަކަށް ހޮވުނު ދަރިވަރު ވާހަކަ ދައްކަނީ.

މި މައްސަލަ ބޮޑުވުމުން ވެސް ކަން ހިނގި ގޮތް ސްކޫލުން ބެލެނިވެރިންނަށް ކިޔައެއް ނުދެ އެވެ. އެކަމަކު އެޑިއުކޭޝަނުން މައްސަލަ ބެލުމުން، ސްކޫލުން ވަނީ ކަން ހިނގި ގޮތް ބެލެނިވެރިންނާ ހިއްސާކޮށްފަ އެވެ.

ޔާނާ ކެޕްޓަނަކަށް ހަމަޖައްސައި ރޭ ރަސްމިއްޔާތު ބޭއްވި ނަމަވެސް އޭނާ މިހާރު އެ މަގާމް ބޭނުމެއް ނުވެ އެވެ.

ވަކި ކުއްޖަކަށް އެ މަގާމު ދޭން ޓީޗަރެއްގެ ނުފޫޒުން މާކްސްތަކާ ކުޅެ، ބޮޑު ކަންތައްގަނޑެއް ހިންގުމުން އެ ޔާނާއަށް އުނދަގޫވީ ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެ ސްކޫލްގެ އޯ ލެވެލް އާއި އޭ ލެވެލްގެ އެންމެ ރަނގަޅު ކުދިން ހޮވުމުގައި ވެސް ގޯސްތަކެއް ހެދި މައްސަލަ ވެސް މީގެ ކުރިން ފެންމަތިވި ކަމަށް ބެލެނިވެރިއަކު ބުންޏެވެ. އެކަމަކު، އެކަން ފަހުން ރަނގަޅު ކުރި ކަމަށް ވެ އެވެ.

54 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 38%
icon angry icon angry 34%
icon wow icon wow 0%
icon inlove icon inlove 28%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަލީލީ

07 August 2024

ކަޓްވާލުން ދިވެހި ބަހުގައި ދެ މާނައިގަ ބޭނުން ކުރެވޭތީ ހެޑްލައިން ވަރަށް އޮޅުން އަރައިފި. ފުރަތަމަ މާނައަކީ ހައްގު ނޫން އެއްޗެއް ވަގަށް ނެގުން ނޫނީ ފޭރިގަތުން. ދެވަނަ މާނައަކީ އެލިމިނޭޓް ނުވަތަ އުނިވެގެން ދިޔުން. އަޅުގަނޑަށް ނެގުނީ ފުރަތަމަ މާނަ

The name is already taken The name is available. Register?

އޯކިޑު

07 August 2024

މިސާލަކަށް އިންޓަވިއު އަށް ހަމަޖައްސާފައިވާ ގަޑިއަށް ދިމާވިކަމެއް ސްކޫލަށް ނާންގާ އެ ގަޑިއަށް ދަރިވަރު ޙާޒިރު ނުވާނަމަ ދެން އެދަރިވަރަކަށް ފުރުސަތު ދެވިގެންނުވާނެއެވެ.މިފަދަ މަގާމަކަށް ކުރިމަތިލާ ދަރިވަރަކު ވާންވާނި ނަމޫނާ ދަރިވަރަކަށެވެ.އަޅެ އިންޓަރ ވިއުގައި މަދުވެގެން 2 ނުވަތަ ތިން ބޭފުޅުން ތިއްބަވާނެއެވެ. ދެރަކަމެއް!

The name is already taken The name is available. Register?

ގވތގތ

07 August 2024

ކުދިންނޭ ބައެއް ރަށްރަށުގަ ބެސްޓު އޯލްރައުންޑާރކަން ނުލިބުނީމާ ، ލިބުނު ކުއްޖާގެ ދުވަސް ދުއްވާލަން ކަންކަން ކޮށްފާ އެބަހުރި.

The name is already taken The name is available. Register?

ބޭކާރު ކަންކަމުގަ ވަގުތު ހޭދަ!

07 August 2024

ހަމަތަކުގެ މަތިން ލިބެންޖެހޭ މަގާމެއް ލިބެންވާނެ! އެކަމަކު މިވަނީ ކިހިނެތް؟ މުޅި ރާއްޖޭގައި ޓޮޕް 10، 20، ނޫނީ އެއްމެ މާކްސް އަކައް ތަޅާފޮޅާ މާހައުލެއް މިއޮތީ އުފެދިފަ! ބެލެނިވެރިންވެސް މޭގަ އަތްޖަހާފަ ބުނަން ބޭނުންވަނީ މަގޭ ދަރިފުޅައް 93 މާކްސް ލިބުނޭ! އެތަކެއް ހާސް ކުދިން “ކިޔަވައިގެން” ނުކުންނައިރު، ރިޕޯޓް ޕްރިންޓްކޮއް ހީރަހެއްވެސް ޖަހާލަން ނޭނގޭ! ފަރަންޖީ ރައިވަރު ކިޔަން އެނގޭ، އެކަމު ގައުމު ތަރައްގީ ކުރުމައް ބަހެއްބުނަންވެސް ނުކެރޭ، ނެއެނގޭ!

The name is already taken The name is available. Register?

ޖުޖުޖުި89ޮ

07 August 2024

އ ސުކުނެއް ށ ސުކުނެއް ވެސް ނޭނގެ ދިވެހި ބަހުން ކޮމެންޓު ކުރާއިރު

The name is already taken The name is available. Register?

ހަބަރު

07 August 2024

ޢޭސީސީއާ ހަވާލު ކުރޭ. ޢެތާތިބޭނީ ކަމާނުބެހޭ މައްސަލަ ބަލަން ފޫގަޅަގެން ތިބޭބައެއް

The name is already taken The name is available. Register?

ސަދަނީ

06 August 2024

މިކަން ވެސް މިހާރު ބޮޑު ސިޔާސީ ކަމަކަށް ހަދާލީ

The name is already taken The name is available. Register?

އޯލްޑް ސްޓައިލް

06 August 2024

ނިލަންދޫ ސްކޫލަކީ ހަމަ އެކަނި އޭބީސީޑީ ނަތީޖާއަށް މަސައްކަތް ކުރާ ތަނެއް. ޢެ ތަނުން ނުކުންނަ ކުދިންގެ މާކަ ކަމެއް ނުހުރޭ. ގުރޭޑަކުން އެކަނި މިޒަމާނަކު ނުވާނެ. މާ ބޮޑަށް އޮބަހައްޓައިގެން ކުދިން ގެންގުޅޭ ފިލޯސަފީ ކަމަކު ނުދޭ، ޒަމާނާ ވެސް ނުގުޅޭ.

The name is already taken The name is available. Register?

މައިސަމް

06 August 2024

ޔާނާގެ ހިތްވވަރަށް ސާބަސް

The name is already taken The name is available. Register?

މަންމި ޑުރީމްސް ކަމް ޓުރޫ.

06 August 2024

ފޭރުމާ ގޭ ގުރޫޕް އެއް ނޫން... ފޭރޭ ގުރޫޕް.

The name is already taken The name is available. Register?

ބޭނުމެއް ނުވެޔޯ އެކަމަކު ބޭނުންވެފަ!

06 August 2024

ކެޕްޓަންކަން މިހާރު ބޭނުމެއް ނުވެޔޯ، އެކަމަކު އެހުރީ ސޭޝް އަޅައިގެން ހެވިފަ! "ތިއޮތީ އަޑުގަދަ މީހާގެ ރުއް ގިނަވެފައި!" އެހެންކުއްޖެއްގެ ޙައްޤެއް ޒުވާބުކޮށް އަޑުގަދަކޮށްގެން ހޯދާފިއްޔާ އެކަމުގެ ބަދަލު ނުލިބިއެއް ނުދާނެކަން ކަށަވަރެވެ!

The name is already taken The name is available. Register?

ޓުވައިލް

07 August 2024

ހައްގަކަށް ވަކާލާތުކޮށް އެކަން ހާޞިލްކުރުމަކީ މައްސަލައެއް ނޫން. އެ ހައްގު ލިބުމަށްފަހު އެއިން ތަނާޒުލުވެސް ވެވިދާނެ. މިތަނުގައި އަޑުގަދަކޮށް ޒުވާބުކޮށްގެން ހޯދީއެއް ނޫން. އެއީ ބޭ އިންސާފެއް އޮތްކަން ހާމަކުރީ އެއަށްފަހު އެކަމުގައި ކުރިއަށް ދިއުމަށްވެސް ދަތިތަކެއް ހުރުމުގެ ފުރުޞަތު އޮތީމަ ދޫކޮށްލީ. ނިންމުން ރަނގަޅުކަމުގައި ދެކެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454