ބޮޑުމޮހޮރާއިން ހައްޔަރުކުރި ތިން މީހުން: އެރަށުން ބަނގުރާ ވަނީ ފެނިފައި --- ފޮޓޯ/ޕޮލިސް
06 އޯގަސްޓް 2024 - 11:56
ވ. ބޮޑުމޮހޮރާގައި ބަނގުރާ ގެންގުޅެ، ވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ތިން މީހުން ހައްޔަރުކޮށްފައި، ވާއިރު އެއީ ރާއްޖެ ދެ މީހަކާއި ސްރީލަންކާ މީހެކެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ އެރަށުގައި ބަނގުރާ ގެންގުޅެ ވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ މ. ލަކްސްގާޑް، އަހުމަދު އަޝްރަފާއި ގދ. ތިނަދޫ ބްލޫހެވަން އަމްޖަދު މުހައްމަދާއި ސްރީލަންކާ މީހެއް ކަމަށްވާ ނަލިން އިންދިކާ ކޮޑިކިރާ އެވެ.
ފުލުހުން ބުނީ ބޮޑުމޮހޮރާ ބަލައި، ފާސްކުރިއިރު އެރަށުން 24 ފުޅި ރާ ފެނިފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަދުހަޔާތްކުޑޭ
06 August 2024
ބޮޑުމޮހޮރާ ނުހެދި ކުރީގައި މަޖިލިސް މެމްބަރަކަށް އުޅުނު ސޮރަކަށް ދީގެން މިއުޅެނީ ކީއްކުރަންބާ؟ މިކަލޭގެޔަށް ދީފަހުރި ފަަޅުރަށްތަކުން މާޒީންވެސް ފެނިފައިހުރީ މާރަނގަޅު މަންޒަރުތަކެއްނޫން.
ވެދުންވަރަށް
06 August 2024
މިކަހަލަ އޮޕަރޭޝަން ތައް ގިނައިން ޖައްސަން ވީ ހަމަ. މަނާކުރަން އުޅުނީމަ މަނާ ވާނެ.ކާމިޔާބު ވާނެ އިންޝާﷲ
ބިލާމް
06 August 2024
ފުލުހުންގެ މަސައްކަތް މާލޭތެރެއިން މިހާރު ވަރަށްފެނޭ..ދަބަސް އަޅުވައިގެން ކުނިހޮވަންތިބޭ މީހުނާއި ސުވާލުކޮށް ޗެކްކުރާތަންފެނޭ..އަދި ހަމައިގަ ނުތިބޭމީހުން މަގުމަތިން ފެނުނަސް ސުވާލުކުރާތަންފެނޭ..މިގޮތައް ގެންދާނަމަ މިކަން ހައްލުވާނެ..ބޯލަން ވަންނަ ގެތަައްވެސް ޗެކްކުރާތި..
ކުރި
06 August 2024
ރަގަޅަށް ނުބެލެހެއްޓޭ ހާލަތުގަ ސަފާރީ ތަކަށް ރާގެންގުޅުމުގެ ހުއްދަ ދީފަ އޮތްހާ ހިނދަކު ހުރިހާ ރައްތަކެއްގަ ރާފުޅިތަށް އެބުރި ނަގާނެ. ތިކަމުގަ ޒިންމާދާރުވެރިން އެބަޖެހޭ ޒިންމާ ނަގަން.
ސިމާ
06 August 2024
ރާ އަކީ ގެއްލުން ހުރި އެއްޗެއް
ސިމާ ރަނގަޅުކޮށްލާ
06 August 2024
ރާ އަކީ އެއްނޫން. ''ރަލަކީ" މިގޮތަށް ލިޔެލާ