އެެޕާޓްމެންޓަކަށް ވަދެ 26،000 އަަށްވުރެ ގިނަ ރުފިޔާ ފޭރުނު އަބްދުﷲ ތިލްމީޒް، 32، މ. ދިންމަނަގެ.-- ފޮޓޯ: ޕޮލިސް
06 އޯގަސްޓް 2024 - 23:40
މާލޭގައި އެެޕާޓްމެންޓަކަށް ވަދެ 26،000 އަަށްވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އަބްދުﷲ ތިލްމީޒް، 32، މ. ދިންމަނަގެ އެވެ.
ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް ވަނަވަރުވެސް އާއްމުކޮށްފަ އެވެ. ފުލުހުން ބުނީ މިއަދުގެ ވަގުތެއްގައި މާލޭގެ އެޕާޓްމެންޓަކަށް ވަދެ އޭނާ ފޭރުނު 26،690ރ. ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
ތިލްމީޒަކީ 2012ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ވެސްޓް ޕާކް ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ މ. ފެއަރީކޯނާ އަލީ ޝިފާން (ތޮޅިޕެލޭ) މަރާލި މައްސަލާގައި ދައުވާކުރި އެކަކެވެ.
ޝިފާނަށް ވަޅިން ހަމަލާދީ އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ހަ މީހަކަށް ދައުވާ ކުރިއިރު، އެ ހަ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2013ވަނަ އަހަރު އެވެ.
އޭގެ ތެރެއިން ތިން މީހެއްގެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރިއިރު އޭގެ ތެރޭގައި ތިލްމީޒުގެ މައްސަލަ ހިމެނެ އެވެ. ނަމަވެސް އޭނާ ވަނީ ހައިކޯޓުން ވެސް ސަލާމަތް ވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުބެ
07 August 2024
މީހެއްގެ އަތުން މުދާ ފޭރިގެންފި މީހަކަށް އަދަބެއްގެ ގޮތުން އެ ފޭރުނު މުދަލެއްގެ ދެގުނަ ދޭން ޖެހޭގޮތަށް ގާނޫނު އިސްލާހު ކުރުން ކިހިނެއްވާނެ.
ސަލާމަތްއެބައޮތްތަ
07 August 2024
"ނަމަވެސް އޭނާ ވަނީ ހައިކޯޓުން ވެސް ސަލާމަތް ވެފަ އެވެ" މިއީ މީހެއްގެ މަރާގުޅިގެން ވެފަ އޮތްގޮތް. ދެން އަދި ވައްކަމެއްކޮށްގެން މީނަ ކިހާ ފަސޭހައިން ސަލާމަތްވާނެ. ސަލާމަތް ނުވަނީ އެހެން ރައްޔިތުން. ބިރުވެރިކަމުގައި މި ތިބެންޖެހެނީ އާއްމު ރައްޔިތުން. ކުއްވެރިން އަބަދުވެސް މިއޮންނަނީ ސަލާމަތްވެފަ. ދެން އޮތް ހެޑްލައިން. "26 ހާސް ރުފިޔާގެ ވައްކަމުގައި ޝިފާނު ކުއްވެރި ނުވާކަމަށް ނިންމައިފި"
އިންސާފުު
07 August 2024
މާރާމާރީ ހިންގާ މީހުންނާއި ވައްކަންކުރާ މީހުން މިނިވަންކަމާ އެކު ސްޕޯޓްސް ކާރުތަކުގަ ރަސްރަސްކަލުން ގޮތަށް އުޅެނީ. ބުރަކޮށް މަސައްކަތްކުރާ ރައްޔިތުން ދިރިއުޅެން ޖެހެނީ ލިބޭހާ ފައިސާއެއް ސަރުކާރަށް ދީގެން އަތާ އަނގަޔާ ދިމާ ނުވެ. މިކަހަލަ މުޖުތަމައަކުން އުޅެން ބޭނުންވާނީ ކާކު؟
މަގޭގެ
07 August 2024
މަގޭ އެޕާރޓްމަންޓަށް ވަދެލަބަލަ، ނިކަން ކުޅިދައްކާލާނަން
ބަބްސް
07 August 2024
ކުޑަ އަބާދިއެކެވެ. ވަކިވަކިން ހުންނަ ކުދި ރަށްތަކަކެވެ. ކުއްކުރާ އުޅެނީ ވަކިބަޔަކެވެ. ކުއްކުރާ މީހުންގެ 95% އަކީ މަސްތުވާތަކެއްޗާއި ގުޅުން އޮންނަ މީހުންނެވެ. ދައުލަތުން ފުލުހުނަށާއި . ކޯޓުތައް އަދި އެކިއެކި މުއްސަސާތަކަށް އެތަށް މިިލިޔަން ޙަރަދު ކުރެއެވެ. މިވަނީ ކީއްކަން އެނގޭހެއްޔެވެ. މިއީ ސިޔާސީ ގުންޑާއިން ބޭނުންވާގޮތެވެ. މިއީ އެމީހުން ކުރާކަމެކެވެ.
ގުދުގުދާބެއްޔާ
07 August 2024
"މާލޭގައި އެެޕާޓްމެންޓަކަށް ވަދެ 26،000 އަަށްވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި އެވެ." "އެޕާޓްމެންޓަކަށް ވަދެ އޭނާ ފޭރުނު 26،690ރ. ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ." އެހެން ވީމާ ވެރިމީހާއަށް 690ރ އިތުރަށް ލިބުނީތާ އެފޭފުނު މީހާއަތުން! މަންފާހުރި ފިޔަފާރިއެއް!
ާަހިޔަމަ
07 August 2024
"26،000 އަަށްވުރެ ގިނަ ރުފިޔާ" މިހެން ދޯ އޮތީ؟
އޮނަރަބްލް އަފީފު ދީދީ
07 August 2024
ދިވެހިންގެ ތެރޭގައިތިބި ޖަރީމާ ހިންގާ މީހުނާއި "ކުދި ވަގުންތަކުގެ ފޮޓޯއާއި މައުލޫމާތު އާންމުކުރާގޮތަށް" އެއްބަސްވުމާއި އެއްގޮތަށް މަހުން މަހަށް ފުލެޓްތަކަށް ދައްކާންޖެހޭ ފައިސާ ނުދައްކާ އެތަންތަން ކުއްޔަށްދީގެން "ދައުލަތުގެ މުދަލުން ފައިސާ ހަދައި އެފައިސާ ކަމުން ގެންދާ ހީލަތްތެރިންނާއިމެދުވެސް" މިފަދައިން ކަންކުރުން ވަރަށް މުހިންމު. # އެހެން ހަދާން ފައްޓާއިރަށް "ދުނިޔޭގެ ލަދަށް" ބައެއްމީހުން ފައިސާ ދައްކަން ފައްޓާނެ.
ފަރީޝާ
07 August 2024
ވަރަށް ރަނގަޅު ޕޮއިންޓްއެއް ، ބަރާބަރަށް ލާރި ދައްކަން ފައްޓާނެއޭރަށް
ރުޅި ގަދަ ދިވެއްސެއް
07 August 2024
އަހަރެން އަތުން ކަލޭ ތިހެން ފޭރެން އުޅެބަލަ ވާގޮތެއް ބަލަން. ގައިން ހަންދަމާލާނަން.
ބަށިކޯޓުގެވެރިޔާ
07 August 2024
ހިސާބަށްވުރެން ގައުމުގެ ގާނޫނީ ސިސްޓަމް ހުންއަައިސް ބަލިވެ ހޮޑުލައި އަނަރޫފަވެ ލޯބޯކޮށިވެ ކަންފަތްބީރުވެ ކޮޅަށްހުރެވޭނެ ހިތްވަރެއް ނެތުނީމަ އޭގެ ބެލެނިވެރިކަމުގަ ދަށުގައި ތިބޭބަޔަކު ތިބޭނީ މަގުމަތިވެފައި.
ހަތްފުސްވިލާ
07 August 2024
ޤައުމު ޑިމޮކްރެޓްވެފައި، މީހުން ހިސާބަށްވުރެ ކޮލިޓީވީމާ ވާންޖެހޭނެ ހައެތި މުޅި ޤައުމުގެ ދުސްރީ ނިޒާމަށް ފޯރާފައިވަނީ. ދިވެހީން އަދިވެސް ސިޔާސީ މީހަކު ފެންނައިރަށް، މޮޅު ޅެންބައިތެއް ކިޔާލާއިރަށް ބާރަށް އަތްޖަހަންވާނެ.