07 އޯގަސްޓް 2024 - 10:30
ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮވެގެން ގާނޫނުއަސާސީ އިސްލާހު ކުރެވޭ ގޮތަށް މިހާރު އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީގެ 261 ވަނަ މާއްދާގައި ބުނާ ގޮތުން ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ.
މި މަޖިލީހާއި މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ކާމިޔާބު ކޮށްފައި ވަނީ އެއް ޕާޓީއަކުންނެވެ. އެހެންވެ އެއް ޕާޓީއަކަށް ގާނޫނުއަސާސީ ބަދަލު ކުރުމުގެ ފުރުސަތު އޮތީ ފަހިވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގާސިމް ވިދާޅުވީ ގާނޫނުއަސާސީ އަށް މިއަދު 16 އަހަރު ފުރުނު އިރު މައިގަނޑު ދެ ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެ ދެ ފަހަރު ވެސް އެކަން ކޮށްފައި ވަނީ ވަރަށް ފަސޭހައިން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން އެކަން އޮންނަނީ އެހާ ފަސޭހައިން ކުރެވޭ ގޮތަކަށް ނޫނެވެ. ހާއްސަ މަޖިލިސް އެއްކޮށްގެން ނޫނީ ގާނޫނުއަސާސީ އަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
"ގާނޫނުއަސާސީ އިސްލާހު ކުރަން މަޖިލީހަށް މިހާރު ލިބިފައިވާ ހުރިހާ ބާރެއް، އެގޮތަށް އޮތުމުގެ ބަދަލުގައި ކޮންމެވެސް މެކެނިޒަމްއެއްލާން ޖެހޭ އެހާ ފަސޭހައިން އެކަން ނުކުރެވޭނެ ގޮތެއް ހޯދަން،" ގާސިމް ވިދާޅުވި އެވެ.
މަޖިލީހުގެ 75 ޕަސެންޓު މެޖޯރިޓީ ލިބޭ ޕާޓީއަކަށް ގާނޫނުއަސާސީ ބަދަލު ކުރެވޭ ނަމަ ނުރަނގަޅު ކަންކަން ހިނގާފާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ހާއްސަ މަޖިލީހެއް އުފެއްދިޔަސް އެފަދަ ކަމެއް ދިމާވެދާނެ ކަމަށާއި ނަމަވެސް އޭރުން ގިރާކުރަން ޖެހޭ ހަރުފަތަށް މިހާރަށް ވުރެ ގިނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ކަނޑައެޅިގެން ބައެއްގެ ވިސްނުމަށް އަންނަ ހިޔާލެއްގެ ސަބަބުން [ގާނޫނުއަސާސީން ލިބިދޭ] ފަންޑަމަންޓަލް ރައިޓެއް ނުވަތަ އިސްލާމް ދީނާ ގުޅޭ އަކުރުތަކަށް ވެސް ބަދަލުތަކެއް ގެނެސްދާނެ،" ގާސިމް ވިދާޅުވި އެވެ.
ގާނޫނުއަސާސީ އަށް ގެނައި އެންމެ ބޮޑު އެއް އިސްލާހަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބޭރު ފަރާތްތަކަށް ރާއްޖެއިން 99 އަހަރަށް މިލްކު ކުރެވޭ ގޮތަށް ގެނައި އިސްލާހެވެ. ނަމަވެސް ޖެހިގެން އައި އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ މާއްދާ ކުރިން އޮތް ގޮތަށް ރުޖޫއަ ކުރި އެވެ.
އޭގެ ފަހުން އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ވަނީ ލާމަރުކަޒީ އުސޫލުގެ މާއްދާތަކަށް ބަދަލު ގެނެސްފަ އެވެ. ކައުންސިލްތަކުގެ މުއްދަތު ތިން އަހަރަށް އޮއްވައި، އެ މުއްދަތު ފަސް އަހަރަށް ވަނީ ބަދަލުކޮށްފަ އެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ލެޖިސްލޭޓިވް އެޖެންޑާ ތެރޭގައި ވެސް ގާނޫނުއަސާސީ އަށް ބޮޑެތި އިސްލާހުތަކެއް ގެނައުން ހިމެނެ އެވެ. އޭގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ އެކުލެވުން ބަދަލު ކުރުމާއި މަޖިލީހުގައި ތިއްބަވާ މެންބަރުންގެ އަދަދު ކަނޑައެޅުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީއަލީ
08 August 2024
19 ވަނަ މަޖްލިސް، އެމްޑީޕީގެ މަޖުލީހުން ޤާނޫނު އަސީސީއޮތީ ފުރިހަމައަށް ހިމާޔަތްކޮއްފަ. މިހާރު ޤާސިމަށްވެސް މިމީހުން އުޅޭގޮތުން ބިރުހީވީ ކަންނޭގެ.
.....
07 August 2024
ރައްޔިތުންނާ ގުޅުން ހުރި ކަމެއްގައި ގާނޫނު އަސާސީއަށް ބަދަލުގެނެވެން ޖެހޭނީ އާންމު ވޯޓުގެ މެޖޯރިޓީއިން
1234567.
07 August 2024
ވިޔަފާރި ކުރާ މީހުން މަޖުލީހަ އައިސް އެބަޔެއްގެ ވިޔަފާރި ކުރި އަރުވަން ގާނޫނު އަސާސީޔާ ކުޅޭކައް ފުރުސަތެއް ނުދޭ
ކޮރަލް
07 August 2024
ރިސޯޓް އޯނަރުން އެތައް ބިލިއަން ރުފިޔާ އެއް ދައްކަ ހުރެ ނުދައްކާ އެބަ ހުއްޓެވެ. ގާނޫނު ހަރުކަށި ކޮށް ފައިސާ ނުދައްކާ މީޙުން އެކައުންޓް ފްރީޒް ކުރެވޭ ގޮތް ހަދަން ވީ އެވެ. ދެވަނަ މަރުހަލާ ގަ ހަރުމުދާ ސަރުކާރަށް ނަގާ ވިއްކާ ފަ ސަރުކާރުގެ ދަރަނި އަދާކޮށްފަ ބާކީ ފައިސާ ދޫކުރަން ވީ އެވެ. މިކަން މިހާޜު ވެސް ކުރަން ލަސް ވެއްޖެ އެވެ.
އެމެރިކަަ
07 August 2024
ގާނޫނު އަސާސީ އިސްލާހު ކޮއްގެން ރަައްޖެ ހަމަމަގަ އެޅޭނީ. އަމިލްލަ އެދުން ބޮޑެތި މީހުން ފީކަޅަ ވާހަކަ ދައްކާނެ
ޝޮކްތެރަޕީ
07 August 2024
ފުރަތަމަ ރަނގަޅު ކުރަންވީ ބޮޑެތި ކުންފުނިތަށް ސަރުކަަރު ތެރެޔައް އަތްބޭނުން. ރައްޔިތުންގެ ބުދާތަ މަހުޖަނުންގެ ކުންފުނިތަކަ. މިކަން ހުއްޓުވަން ޖެހޭ
ތާއިދު
07 August 2024
ކިތަންމެ ނުރުހޭ މީހަކު ބުންޏަސް، ހަގީގަތް ވާނީ ހަގީގަތަަށް. ޙައްގަށް ވަކާލާތު ކުރާންވާނެ. ޤާސިމް ދެއްކެވި ވާހަކަ އަކީ ހަމަ 100 ގެ ވާހަކަ.
މަކީޓާ
07 August 2024
މިދިޔަ ވިއްސަކަށް އަހަރު ތެރޭގައި އަދި ކިރިޔާ މީނައަށް ހަމަޖެހޭ ވާހަކައެއް މިބުނެވުނީ. ވެދާނެ އަމިއްލަ މަންފާއަކަށް ކަމަށްވެސް. އެކަމަކު ބުނެވުނު އެތި ރަނގަޅު.
ނުރޯ ދަރި
07 August 2024
ބުއްފުޅި ޖައްސަންޖެހޭ ވިޔަފާރިވެރިން ރުއްސަން އޮތް މެޓާ ގަނޑަކަށް ގައުމު ވިޔަ ނުދޭން، ގާނޫނުތަށް ހަރުކަށިކުރަން މާސަޅި ވާނެއެއްނު.
މަ ބުނީ
07 August 2024
މަ ބުނީ ޤާނޫނުގައި ވަކިގޮތެއް އެކަމަށް ބުނެދީފައިވަނިކޮށް އެގޮތްކަމުނުދާނަމަ ދެންއޮއްގޮތަކީ ވިޔަފާރިވެރިންގެ ތެރެއިން މަހުޖަނުންގެ ބައިވެރިވުމެއް އޮވެގެން އެކަށް ކުރެވޭނެ މެތަޑެއްއެލުލަވާލުމެވެ.