ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިން-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
07 އޯގަސްޓް 2024 - 15:15
ބޭސްފަރުވާއަށް މާލެ އައި އުމުރުން ދުވަސްވީ މީހަކު ކުއްޔަށް އުޅުނު ކޮޓަރިއަށް ވަދެ، ފޯނާއި ފައިސާ ފޭރިގަތް މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭގައި 62 އަހަރުގެ ފިރިހެނަކު ހުރި ކޮޓަރިއަށް ދެ މީހަކު ވަދެ، ވަޅިން ބިރުދައްކައި އެ މީހާގެ ފޯނާއި ފައިސާ ފޭރުނު މައްސަލައެއް އިއްޔެ ހުށަހެޅި ކަމަށެވެ.
އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރިއަސް، މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މާލޭގެ ގެއަކަށް ވަދެ، ގިނަ އަދަދެއްގެ ފައިސާ ފޭރުނު ފިރިހެނަކު ވެސް ފުލުހުން ވަނީ ރޭ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި އަބްދުﷲ ތިލްމީޒް ނަމަކަށް ކިޔާ 32 އަހަރުގެ އެ ފިރިހެން މީހާ އަތުލައިގަނެ، ފޭރުނު 26،960ރ. ހޯދައި ވެރިފަރާތާ ވަނީ ހަވާލުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
09 August 2024
90% ވަޒީފާ ބިދޭސީންނަށް، ދިވެހިންނަށް އޮތީ ފޭރިކެއުން!
އަޑާ
08 August 2024
މިއީ އަމާން ބަހައްޓަންތިބި ފުލުހުންގެ ފޭލުވުން.
ޖެއިކާންތު ޝިކްރޭ
08 August 2024
ވެލްކަމް ޓު ދިވެހީންގެރާއްޖެ، ސިންގަމް.
ވަޒީފާ
08 August 2024
އެންމެ ފަހުން މިކަންވެސް މި ވީ ބަޔަކު ދިރިއުޅެން އާމްދަނީ ހޯދާ ކަމަކަށް. ކަމާބެހޭ އިދާރާތަކުން އަޅާނުލުމުގެ ނަތީޖާއަކީ މިކަންވެސް ދިވެހީންގެ އާދަކައިދައިގެ ތެރެއިން ވާ ކަމަކަށްވުން. ހަލާކުގެ ތެރެއަށް ވެއްޓެނީ ކުށްކުރާ މީހުންގެ ސަބަބަކުންނޫން، އެކަމާއި އަޅާނުލާ ތިބުމުގެ ސަބަބުން! އަހަރެމެންގެ ދަރީންނަށް މިދެނީ ކިހާ ފަހި މުސްތަޤުބަލެއްތޯ؟
އައްޔަ ބޮޑޭ
08 August 2024
ކާކައްތޯމިގައުމުގަ ރައްކާތެރިކަން އޮތީ. ހައްތަހާ ދުވަހެއްދުވަހަކައް ވުރެއަނިޔާ ވެރިކަން މިގައުމުގަ ބޮޑުވަމުންދަނީ, ދިވެހިންގެ ރާއްޖެ,
ވަޓް ދަ ހެކް!
07 August 2024
އަދިވެސް ކީއްވެތަ މިކުޑަކުޑަ "ހިތްތިރި" ސުލްހަވެރި ދިރިއުޅުމެއް އުޅޭ ދިވެހިރާއްޖެ ވަގުންނާއި ގޭންގު އަތްދަށުން މިނިވަންނުވެވިގެން އުޅެނީ؟ މިހާކުޑަކުޑަ ތަނެއްގައި ކީއްވެތަ މީހުންނަށް ބިރެެެއްނެތި ހިގާބިގާވެ ނުއުޅެވެނީ؟ ކާކުގެ، ކޮން ސަބަބަކާހެދި މިގައުމުގައި ގޭންގު ނައްތާނުލެވިގެން އުޅެނީ؟ މީ އިސްލާމީ ގައުމެއް ނުންތަ؟ ކޮންކަމެއް، ކާކު، ކޮންބައެއް ފުރިހަމަ ނުކޮށްގެން އަހަރުމެންގަ ގައުމު މިހާ ބިރުވެރި ހާލަތަކަށް ދިޔައީ؟
ގައުމެއްނެތް
07 August 2024
މިވެސް ކޮންމެވެސް އެލާޓެއް ނެރެންޖެހޭވަރުކަމެއް. ހަމައެކަނި މޫސުންގޯވީމައެއްނުން އެލާޓްނެރެންޖެހޭނީ. ފޫޓަކުން ފޫޓަކުން ސީީސީޓީވީކެމަރާ ހުނަނަ ކުޑަމާލޭގައި، މަގުމަތީގަ ފޮޑިއެއްޖަހާނުލެވޭ ކާރިކާރިގައި މީހުން އުޅޭއިރު މިފަދަ ނުރައްކާތެރިކަމެއް ހިގުމަކީ ގައުމުގައި ކުށުގެ ހާލަތުގޯސްވަފައިވާ ވަރު އަންގާދޭކަމެއް. މިކަމާ އަޅާނުލެވި ދިގުލައިގެންގޮސް މިހާރު މީހުން މަގުމަތިން ނަގައިގެންގޮސް އެމީހުންގެ ޒިންދަގީއާ ކުޅެލަނީ،..ވަޓް އަ ޝޭމް މޯލްޑިވްސް.
ސަނަމް
07 August 2024
މީސީދާ މާފިއާ ގައުމުތަކުގައި ހިގާކަހަަލަ ބިރުވެރި ކުށް. ގާނޫނުގެ ފުރިހަމަބާރުން މިފަދަ މީހުންނާ ފިޔަވަޅުއަޅާނަމަ މިހެނެއްނުވާނެ. އެކަމަކު، މިގައުމުގައި ވާގޮތަކީ އެއްދޮރާށިން ވައްދާފަ އަނެއްދޮރާށިން އައުޓް. ވެރިމީހާ ވެރިކަމަށް އަންނަންވީމަ އެގަހުކޭލެއް މިގަހުކޭލެއް ބެލުމެއްނެތި މީހުން މިނިވަންކޮއްލަނީ. ދެން ކުއްވެރިން މަދުވާނީ ކިހިނެތް. މީ މިކުޑަކުޑަ، ރެޔާދުވާލު ހޭލާ މީހުންއުޅޭ މާލޭގައި ބިރުވެރިކަން ހުރިވަރު. ތަން ބޮޑުނަމަޔޯ!
ބަސީރުއްދީން
07 August 2024
ފޭރުމަކީ ހޭކުމެކެވެ. ހޭކުމަކީ ސޭކުކަމެވެ.