ވިނަރެސް ބޭރު ދޮރުތަކުގައި ހަރުކުރި އެކްސެސް ކޮންޓްރޯލަށް ބެލުމެއް ނެތި ބަޔަކު ދޮރަށް ގެއްލުންދޭ މަންޒަރު: ދޮރަށް ލިބުނު ގެއްލުމާ ގުޅިގެން ހިދުމަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައި -- ފޮޓޯ: އެޗްޑީސީ
07 އޯގަސްޓް 2024 - 21:40
ވިނަރެސް ފްލެޓުގެ އެކްސެސް ކޮންޓްރޯލަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް ފަހު، އަންނަ ހަފުތާގައި އެ ބޭނުންކުރަން ފަށަން ނިންމައިފި އެވެ.
އެޗްޑީސީން ބުނީ އެކްސެސް ކޮންޓްރޯލް ސިސްޓަމާއި ދޮރަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމަށް ފަހު، އަންނަ އާދިއްތަ ދުވަހުން ފެށިގެން އަލުން ބޭނުންކުރަން ފަށާނެ ކަމަށެވެ. އެހެންވެ، ވީހާ ވެސް އަވަހަކަށް ވިނަރެސް 10 ގެ މެނޭޖްމަންޓް އޮފީހުން އެކްސެސް ޓެގް ނެގުމަށް ވަނީ އެދިފަ އެވެ.
އެކްސެސް ކޮންޓްރޯލް ސިސްޓަމަކީ އިމާރާތުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ގާއިމު ކޮށްފައިވާ އެއްޗަކަށް ވާތީ، އެ ތަކެއްޗަށް ގެއްލުން ދިނުމަކީ އެޗްޑީސީން ބުނިގޮތުގައި، އެ ހިދުމަތް ބޭނުންކުރާ އެންމެންގެ ހައްގަށް އުނިކަން ލިބޭނެ ކަމެކެވެ.
އެހެންވެ، އެ ތަކެއްޗަށް ގެއްލުންދޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ވިނަރެސް ޓަވަރުތަކުގެ ތިރީ ދޮރުތަކުގައި އެކްސެސް ކޮންޓްރޯލް ސިސްޓަމް ހަރުކޮށް، ޓެގު ޖަހައިގެން ވަދެވޭ ގޮތް ހެދީ މިދިޔަ ޖޫން ފަހުކޮޅުގަ އެވެ. އެކަމަކު، ތިން ދުވަސް ފަހުން އެ ސިސްޓަމަށް ގެއްލުން ދިނުމުން ވަގުތީ ގޮތުން ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.
ވިނަރެސްގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމަށް އެޅި މި ފިޔަވަޅުގެ ދަށުން ކޮންމެ ފްލެޓަކަށް ވެސް ދޫކޮށްފައިވަނީ ފަސް އަންލޮކް ޓެގެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކަރުގޭކޮއި
08 August 2024
"ވިނަރެސް ފްލެޓުގެ އެކްސެސް ކޮންޓްރޯލަށް ލިބުނު ގެއްލުން" މިހެންލިޔަންޖެހުނީ ކީއްވެބާ؟ ހަމަހުރެފަ ގެއްލުން ލިބުނީތަ ނޫނީ ބަޔަކު ގެއްލުން ދިނީތަ؟ ދިވެހިބަސް މޮޑެނީއުތަ؟
ޞާރުދާ
08 August 2024
މިކަހަލަ ހަބަރު މިހާރު ދުނިޔޭގެ އެއްވެސް ނޫހަކުން ނުފެނޭ
މިއުރޭ
08 August 2024
5 ޓެގު ދީގެން ނުފުދޭ. ކޮޕީކުރުން މަނާ. 3 ކޮޓަރީގައި ވަޒީފާޔަށް ދާ 2 މީހުން އުޅޭ. 6 ޓެގު ދޭންވީ.
ވަކަފޫޅު
08 August 2024
މަނާކަންތައް ނުކުރާބަޔެއްތަ ދިވެހިންނަކީ. ގޮސް ތިޓެގް ކޮޕީކޮއްލާ. ނޭގޭނެ.
އާނަ
08 August 2024
ތިތަންތަނަށް އެކަނިތަ ސަލާމަތާއި ރައްކާތެރިކަން ދޭންވީ ފޭސް 1 ގެ އެހުންނަ ފުލެޓް ތަކުގައި ވެސް އުޅެނީ ނިކަމެތި ދިވެހި ރައްޔިތުން އެއްވެސް ވަރަކައް ނިވަލެއްނެއް. ބުޅަލާއި ބޯ ބޭފުޅުން ވެސް ވަންނަނީ އަރާފައިބާ ސިޑިމަތީ މި ތިބެނީ ޅަ ދަރިންނަށް މި މަންޒަރުތައް މި ފެންނަނީ ުކުޑަމިނުންގޭޓެއްލައިދޭނަމަވެސްރަނގަޅެއްނު .ބަލަ މި މީހުނެވެސް ދައްކަނީ ލާރިއޭ
ްއސދަދއ
08 August 2024
ކަލޭމެން ފުރަތަމަ ކުލި ދައްކަބަލަ.
89658
08 August 2024
ނިކަމެތިވީމަ ވާގޮތް. ވިނަރެސް މީހުން މަހަކު 1000 ރުފިޔާ ދީގެން އެ ރައްކާތެރިކަން ހޯދަނީ. ފޭސް 1 ގަ އުޅޭ މީހުން 100 ރުފިޔާވެސް ނުދޭ
ހަމްދޫން ބޮންޒޯ ތ.ދިޔަމިގިލި
08 August 2024
ޢައްޕާ މި މާލެޔަ؟ މިކަހަލަ މީހުން އުޅެންޔާ ކިހިނެއް ކަމެއް ރަނގަޅުވާނީ
ޢަސްކަނި
07 August 2024
ނުވިކި ހުރި ވިނަރެސް ފުލެޓުތައް ބޮޑުއަދަދެން ދޭ ފަރާތަކަށް ވިއްކާކަމަށް ހަބަރު ލިބޭ ހެޔޮވެރިކަން ކުރަން އައިމީހުންނަން ވީވަރުމީ ، ހާމަކަށް ބޮޑުކޮން ބާކީ ހުރި ފުލެޓުތައް އެންމެންނަން ވެސް ކުރިމަތި ލެވޭ ވަރު ކޮއްލައްވާ!! 120 ފުލެޓު ބާކީ ހުރި
އައިމިނާ
07 August 2024
އަނެއްކާވެސް ތިޔަ ދެ މީހުން ދޮރުވައްޓާލާނެ ނު.
ކެކެކެ
08 August 2024
އެހުރީ އިންޕެކްޓަރު ދަޔާ އަށް ވުރެ ވަރުގަދަ ސޮރެއް. ހުރިހާ ދޮރެއް ވައްޓާލާނެ އަނެއްކާ