ރިޕޯޓް

ކާން ހެޔޮނުވާނެ، މުޑުދާރު ކަމުގެ އިންތިހާ!

ބާވެ، ވީރާނާވެފައިވާ ތަނެއްގެ ތެރޭގައި މުޑުދާރުކޮށް ކާބޯތަކެތި ހަދައި، އެތަކެތި ވިއްކަން ލާން ތައްޔާރުކޮށްފައި.

ގަވާއިދާ ޚިލާފު ބިދޭސީން ހުއްޓުވުމުގެ އޮޕަރޭޝަނުގައި އިމިގްރޭޝަނުން މި ފަހުން އާއްމު ކުރި ފޮޓޯއަކުން އެތައް ބަޔަކު މޭ ނުބައި ކުރި އެވެ؛ އާއްމުކޮށް ފިހާރަތަކުން ގަނެގެން ކައި އުޅޭ ބާވަތްތައް ތައްޔާރުކުރި މުޑުދާރު ކަން ފެނިފަ އެވެ. ތެލުލި ފަތް ޕެކެޓާއި ކުދި ގުޅަ އާއި ހެނލެނބެލި ހުތާއި ކުދި ފޯއް ޕެކެޓް ވިއްކަން ތައްޔާރުކޮށްފައި ހުރީ ދިވެހި ބަހުން ލޭބަލް ޖަހައިގެންނެވެ. އެކަމަކު ދިރިއުޅޭ ކުޑަ ތަންކޮޅުގައި، މި ތަކެތި ތައްޔާރު ކުރަމުން އައީ ކާން ހެޔޮނުވާހާ މުޑުދާރުކޮށެވެ.

ދިވެހި ލޭބަލްގައި ވިއްކާތީ ދިވެއްސަކު ވިއްކަން ލާފައި ހުރި އެއްޗެއް ކަމަށް ހީކޮށް، ގަނެގެން ކެޔަސް އެއީ ދިވެހި ރަހަ ގަޑުބަޑުކޮށްގެން ބިދޭސީން ވިއްކާ އެއްޗިއްސެވެ.

އެ އޮޕަރޭޝަނުގައި ބައިވެރިވި އިމިގްރޭޝަންގެ ސީނިއާ އޮފިސަރު އިސްމާއިލް ޝަރީފް "މިހާރު" އަށް ވިދާޅުވީ އެތަން އޮތް ގޮތް ހަމަ ލޮލުން ފެނިއްޖެ ނަމަ، ދެން މި ތަކެތި ދުވަހަކު ވެސް ނުކާނަމޭ ބުނެވޭހާ އެތަން މުޑުދާރު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހެންވޭރުގައި އެ ތަކެތި ތައްޔާރުކުރަމުން ދިޔަ ތަނަކީ އިންޑިއާގެ އާއިލާއެއް ދިރިއުޅެމުންދިޔަ ތަނެކެވެ. އެ މީހުން އެ މަސައްކަތް ކުރުމަށް ބަންގްލަދޭޝް މީހަކު ވެސް ގެންގުޅެ އެވެ.

އިރ"މިއީ ހެންވޭރު ގެއެއްގެ ތިން ވަނަ ފިލާގައި އުޅޭ އިންޑިއާ އާއިލާއެއް. މަންމަ އާއި ބައްޕަ އާއި އެ މީހުންގެ ދައްތަ އާއި އެއް އަހަރު ނުވާ ކުއްޖަކާއި 8 ގައި ކިޔަވަމުން އަންނަ ކުއްޖަކު ވެސް އެ ތަނުގައި ދިރިއުޅޭ،" ޝަރީފް ވިދާޅުވި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބަލައިފާސްކުރި ކާބޯތަކެތީގެ ވިޔަފާރިކުރާ ގެއެއްގެ ހާލަތު-

އެތަނަށް ވަތް އިރު ފެނުނު މަންޒަރު ސިފަކޮށް ދެއްވަމުން ޝަރީފް ވިދާޅުވި ގޮތުގައި، ހުތް މޮޑެ، އެ ވެސް ވިއްކުމަށް ލާން ޕެކެޓްކޮށްފައި ހުރިއިރު ކޮށާފައި ހުރި ފޯއް، ފުރާޅު މަތީގައި އަވީލާފައި ހުއްޓެވެ.

"މިއަށް ބަލާއިރު އަހަރެމެންނަކީ އާންމު ދިރިއުޅުމުގައި ހުސް ދުފާ މީހުން. ކިއްލި ކާ މީހުން. މި އެއްޗެހި ފެނިއްޖެއްޔާ ހިތަށް އަރާނެ ދެން ހަމަ މި ނުކާނަމޭ،" އޭނާ ވިދާޅުވި އެވެ.

ނި

މޭޒުމަތީގައި އެކި ސާމާނުތައް ފުރިފައި: މިތަންކޮޅުގެ ތެރޭގައި ދިޔައީ ތަފާތު އެކި ކާބޯތަކެތި ހަަދައި ޕެކްކޮށް، އެ ވިއްކުމަށް ފިހާރަތަކަށް ލަމުން.

އޭނާ ވިދާޅުވީ އެ އެންމެން ނިދަނީ އެއް ކޮޓަރީގައި ތިން އެނދު ބަހައްޓައިގެން ކަމަށެވެ. އެއް ކޮޓަރި ހުރީ ފޯއް ކޮށުމާއި ގެންގުޅޭ އެކި ސާމާނުތައް ބަހައްޓަން ހާއްސަކޮށްފައި ކަމަށާއި ނިދަން ބޭނުންކުރާ ކޮޓަރީގެ ތެރޭގައި ވެސް ތަޅާފައި ހުންނަ ކިއްލިތައް ބަހައްޓާފައި ހުންނަ ކަމަށް ވިދާޅުވި އެވެ.

ފޮޓޯތަކުން ވެސް ފެނުނު ގޮތުގައި، އެ ގޭގެ ސިޓިންރޫމް ވެސް އޮތީ އެކި ސާމާނުން ފުރިފަ އެވެ.

"ކޮޓަރި ތެރޭގައި އަތު ޖެހުނު ހުރިހާ ދިމާލެއްގައި ހުންނަނީ އުކާފައި. ފޯއް ކޮށާފައި ފީ ފޯއްތައް ވެސް ހުންނަނީ ގޯނި ގޯނީގައި ގޭތެރެއަށް އުކާލާފައި. ކޮށާފައި ހުންނަ ފޯއް ހިއްކަން ލަނީ ފުރާޅު މައްޗަށް. އެވެސް ވަރަށް ހަނި، ދޮޅު ފޫޓުގެ ކުޑަ ދޮރުން ފުރާޅަށް އެރޭ ގޮތަށް ސިޑިއެއް ލާފައި އިންނަނީ،"ޝަރީފު ވިދާޅުވި އެވެ.

"މި ހުންނަ ހެލެނބެލި އެންމެ ބޮޑެތި ޕެކެޓް އެ މީހުން އިންޑިއާ އިން އެތެރެކޮށްގެން އޭތި ރޫޅައިގެން އެތަނުގައި ތައްޓެއްގެ ތެރެއަށް އަޅައިގެން އަތުން މޮޑެގެން، މި ޕެކެޓްކޮށްގެން ވިއްކަން ލަނީ. ފާހާނާ ވެސް ބޭނުންކުރޭ، ފާހަނައިން ދޮވެ ހުރިހާ ކަމެއް ކުރަނީ."

ތައްޔާރުކުރާ ކާބޯތަކެތީގައި ދިވެހި ލޭބަލް ހަރުކުރަނީ ވެސް މި ތަނުގެ ތެރޭގަ އެވެ. ލޭބަލް ޕްރިންޓުކުރުމަށް އެ ތަނުގައި ޕްރިންޓަރެއް ވެސް ހުރެ އެވެ. ދިވެއްސެއްގެ ނަން މަތީގައި އޮންނަ ކުންފުންޏެއް ނިވާފަތްގަނޑަކަށް ހަދައިގެން މިކަން ކުރަމުންދާއިރު ކުންފުނީގެ އޮފީސް ކޮބައިތޯ ސުވާލުކުރުމުން އޮފީހުގެ ގޮތުގައި ދެއްކީ ވެސް އެތަނެވެ.

"ދިވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް އިނދޭ. ދެން ކުންފުނީގެ އޮފީހަކީ ކޮބައިތޯ ކުންފުނީގެ މަސައްކަތް ކުރަނީ ކޮންތާކުތޯ އެހީމަ ބުނީ، އޮފީހެއް ނެނގެއޭ. އެ މީހުން ބުނަނީ އެ މީހުން ދިރިއުޅޭ ތަނޭ،" ޝަރީފް ވިދާޅުވި އެވެ.

އެ މީހުން ބުނާ ގޮތުގައި ތެލުލި ފަތާއި ގުޅަ ކަހަލަ، ކާބޯތަކެތި ރަށްރަށުން ގެނެސް އެ ތަކެތި ޕެކެޓްކުރަނީ އެވެ.

އެކަމަކު ޝަރީފު ވިދާޅުވީ ތަށީގައި ހުތް މޮޑެ، ކިއްލި ތަޅައި އެ މަސައްކަތް މިތަނުގެ ތެރޭގައި ކުރާ ކަމަށެވެ. މި ތަކެތި ފާހާނާގެ ތެރޭގައި ވެސް ބަހައްޓައިގެން އެކަން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބާވެ ވީރާނާވެފައިވާ ތަނުގެ ތެރޭގައި ވިޔަފާރިކުރުމަށް ތައްޔާރުކޮށްފައިވާ އެކި ކަހަލަ ތަކެތި.

އެ ގޭތެރޭގައި ވިއްކަމުން ދިޔަ ސާމާނުގެ ފޮޓޯތައް މިދިޔަ ހަފްތާގައި އިމިގްރޭޝަނުން އާއްމުކުރުމާ އެކު "މިހާރު" ގައި ލިޔެފައިވާ ޚަބަރަށް ކޮމެންޓްކުރި މީހުން ވެސް ވަނީ މި ތަކެތީގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައިފަ އެވެ.

"އައްޗީޑި.. ދެން ތިކަހަލަ ފަތް ޕެކެޓު ކާން ވެސް ފަކުރު ގަނެއްޖެ. އަހަރެމެން ހެނދުނާ ރޭގަނޑާ މިކަނީ މި އެއްޗެހި،" މީހަކު ބުންޏެވެ.

ކާބޯތަކެތި ތައްޔާރުކުރުމަށް ބޭނުންކުރި ތަން އޮތް ހާލަތު.

ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރެވޭކަށް ނެތް!

ނިދާ، ކައިބޮއެ ހަދައި އެ ކުޑަ އަދި މުޑުދާރު ތަނުގެ ތެރޭގައި މިފަދަ ވިޔަފާރިކުރާ އެތައް ތަނެއް އެބަ ހުއްޓެވެ. ބޮޑެތި މާޓުތަކާއި ކަންމަތީ ފިހާރަތަކުން ވެސް އެންމެ ވިކޭ ބާވަތްތަކުގެ ތެރޭގައި މިތަކެތި ހިމެނެ އެވެ.

އެކަމަކު އިމިގްރޭޝަންގެ އޮޕަރޭޝަނުގައި މި ފެނުނީ، ހަމަ އެންމެ ތަނެއްގެ ހާލަތެވެ. ކާބޯތަކެތިން މަންފާއެއް ލިބޭ ގޮތަށް މި ތަކެތި އާންމު ފިހާރަތަކަށް ވިއްކަން މި ލަނީ އެއީ ކިހިނެއް ކޮން ގޮތަކަށް ހެދި އެއްޗެއްކަން ވެސް ނޭނގި އެވެ. ވަކިން ހާއްސަކޮށް، މިފަދަ ގޮތަކަށް ރައްކާތެރިކަން ކުޑަކޮށް ތައްޔާރުކޮށްފައި ހުރި ސާމާނު ބޮޑެތި މަޝްހޫރު މާޓުތަކުގައި ހުރެދާނެ ކަމަށް މީހަކަށް ގަބޫލުކުރަން ވެސް ދަތިވެދާނެ އެވެ.

ފިހާރައަކަށް ވިއްކަން ލާފައި ހުރި ޕެކެޓުކުރި ކާނާ: މި ވިޔަފާރީގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭ.

މި ނޫނަސް ވަރަށް ހެނދުނާ، ފިހާރަތަކަށް ރޮއްޓާއި މަސްހުންޏާއި ސޭންޑްވިޗާއި ސްކޫލް ކުދިން އިންޓަވަލަށް ގެންދާ ކަހަލަ ފޮނި ކާއެއްޗެހި ވެސް ލާފައި ހުރެ އެވެ.

އެކަމަކު މައްސަލައަކީ މިތަންތަން އިންސްޕެކްޓް ނުކުރެވުމެވެ. ހޮޓާތަކާއި ރެސްޓޯރެންޓުތައް ދޭތެރެ ދޭތެރެއިން އިންސްޕެކްޓް ކުރިޔަސް މިގޮތަށް ވިއްކާ ސާމާނުތައް ހުންނަ ފިހާރަތައް ބަލައި އެ ގެންނަނީ ކޮންތާކުންތޯ ވެސް ނުބަލަ އެވެ.

"މިފަދަ ހާލުގައި ތައްޔާރު ކުރާ ތަކެތި ދަރިންނަށް ކާން މިދެނީ. ބަނަސް ބުރިބުރި އާއި ސޭންޑުވިޗާއި އޭތިމީތި މި މީހުން ތައްޔާރު ކުރާ ގޮތާއި އެ މަސައްކަތްކުރާ ތަނާއި ކުރާމީހުންގެ ހާލަތު އެނގޭ ބަޔަކު ނަމަ މި ތަކެތީގައި އަތް ވެސް ނުލާނެ،" މީހަކު ބުންޏެވެ.

ރާއްޖެއަށް ގެންނަ ކާބޯތަކެތީގެ ބާވަތްތަކާއި ރާއްޖޭގައި ވިއްކަމުންދާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަން ޖެހެނީ ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އަށެވެ. މީގެ ކުރިން ކެފޭ/ ރެސްޓޯރަންޓުތައް އިންސްޕެކްޓުކުރުމަށް އެމްއެފްޑީއޭ އިން ކުރާ މަސައްކަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ބައިވެރިވާ ތަން ފެނެ އެވެ.

ފިހާރައަކަށް ވިއްކަން ލާފައި ހުރި ޕެކެޓުކުރި ކާނާ: މިތަކެތި ތައްޔާރުކުރާ ސާފުތާހިރުކަމުގެ މިންގަނޑު ބެލޭނެ ގޮތެއް ނެތް.

ކެފޭތަކާއި ރެސްޓޯރެންޓްތައް ދޭތެރެއަކުން ބަލައި ރައްކާތެރިކަމުގެ މިންގަނޑަށް ފައްތަން ފިޔަވަޅު އެޅި ނަމަވެސް ފިހާރަތަކަށް ލާ ކާބޯތަކެތި އެގޮތަށް އިންސްޕެކްޓެއް ނުކުރެ އެވެ.

"ފިހާރައަށް ގެންގޮސް ވިއްކަން ބަހައްޓާފައި ހުންނަ ކާބޯތަކެއްޗަކީ ކޮންތާކުން ގެންނަ ކޮން ފެންވަރެއްްގައި ހާދާފައި ހުންނަ އެއްޗެއްކަން އެނގެން އެބަޖެހޭ. ގައިމު ނުބެލޭވަރުގެ ބޮޑު ތަނެއް ނޫން ދޯ މި މާލެ މީ،" މީހަކު ކަންބޮޑުވުން ފާޅުކޮށް، ލިޔެފައިވެ އެވެ.

އިމިގްރޭޝަނަށް ވަދެވުނު އެންމެ ތަނަކުން ވެސް އެ ފެނުނީ، ކާން ހެޔޮނުވާހާ މުޑުދާރުކޮށް ކާބޯތަކެތި ވިއްކަަން ތައްޔާރުކުރަމުން ދިޔަ ތަނެވެ. މިފަދަ އެތައް ތަނެއް އަދި ހުންނާނެ ކަން ޔަގީނެވެ.

އާންމުންގެ ކަންބޮޑުވުމަކީ ރާއްޖޭގައި ތަފާތު ބަލިތައް ފެތުރެމުންދާއިރު އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ އިދާރާއެއް ނެތުމެވެ. ބިދޭސީން އެހާ މުޑުދާރުކޮށް މި ވިޔަފާރިތައް ކުރަމުންދާއިރު ވެސް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅުމެވެ.

66 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 16%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުރާ ދަރި

22 August 2024

ފުޑް އެން ޑުރަގު އޮތޯރިޓީ ބުނަނީ މައްސަލައެއް ނޫޅެއޭ.

The name is already taken The name is available. Register?

ބަދަ

17 August 2024

މިހާލަތައް ގައުމެއްގެ ހައިޖެނިކް މައްސަލަތައް ވެއްޓުނުއިރު ކޮންމެވެސް ބަޔަކު ޒިންމާވާން އެބަޖެހޭ. މިއީ ތަނެއް ހަލާކުވެ ނިމިދިއުމުގެ ފަހުގެ މަރުހަލާތަކުގެ ތެރެއިން މަރުހަލާއެއް.

The name is already taken The name is available. Register?

އިންފްލޭޝަން

16 August 2024

ސަރުކާރުން ކާން ހެޔޮ ނުވާނޭ ބުނާއިރު، ވިއްކާ މީހާ ވިއްކާނީ ޕްރޮޑަކްޓެއްގެ ޑިމާންޑެއް އޮތީމާކަން އިނގެންވާނެ. މިއަދު ރެސްޓޯރަންޓަކުން ސޭންޑްވިޗެއް ވެސް މި ލިބެނީ 30 ރުފިޔާ އަށް ވުރެ އަގުބޮޑުކޮށް. އެއްޗެހީގެ އަގުބޮޑު ވީމަ މުޑުދާރު ތަންތަނުން ގަނެގެން ރައްޔިތުން އެކަނީ. ގިނަފަހަރަށް އޮޕްޝަނެއް ނޯވޭ ނުލިބޭ މީހާއަކަށް. 30 ރުފިޔާއަށް ލިބޭ ސޭންޑްވިޗް 10 ރުފިޔާއަށް ލޭބަލް ކޮށްގެން ވިއްކާނަމަ، ކާކު އެ ނުގަންނާނީ ؟ ކޮބާ އެފް.ޑީ.އޭގެ ؟

The name is already taken The name is available. Register?

މިހާލު

16 August 2024

އެމީހުންފޮނުވާލީމަ ހުރިހާކަމެއް ނިމުނީބާ .ފަހަތުގަ ތިބޭ މުޑުދާރު ދިވެހިންކޮބާ؟

The name is already taken The name is available. Register?

އައިމިނާ

16 August 2024

އެޗްޕީއޭގެ ވެބްސައިޓުގަ އިޢުލާންކުރީމަ އޭތި ބަލަނީ ނުވަތަ ފެންނަނީ ކިތައް ޢާއްމު ރައްޔިތުންނަށްތޯ ބަލާލުން ރަނގަޅު. ސްކޫލްކުދިންނަށް ވެސް ރަނގަޅު ކާނާއާއި ބެހޭ ގައިޑްލައިނެއް ހުންނަކަމަށް ވަނީ. އެ އެނގެނީ ކިތައް ބެލެނިވެރިންނަށްތޯ ވެސް ބަލާލުން ރަނގަޅު. ނަމަކަށް ކަމެއް ކުރިއަސް ކަމަކުނުދާނެ.

The name is already taken The name is available. Register?

ިއިންސްޕެޓާ

16 August 2024

ދޮޅަހަކަށް ބިދޭސީން ގެނެބަލަ މަހު މުސާރަޔަށް ލޯކަލް ފުޑް ސޭފްޓީ އިންސްޕެކްޝަން ޖައްސަން

The name is already taken The name is available. Register?

އެމްސް

15 August 2024

ރާއްޖެއަށް ބޭނުންވާ ވަރަށްވުރެ ގިނައިން ބިދޭސީން އުޅެންޏާ އެމީހުންވެސް ކާންބޯން ކަމެއް ކުރާނެއެވެ! މިޤައުމުގެ އާބާދީގެ ނިސްބަތުންް 1 ލައްކަ ބިދޭސީންނެއް މިޤައުމަށް ބޭނުމެއްވެސް ނުވާނެއެވެ! އެހެނަސް އެތައް ލައްކަ ބިދޭސީންނެއް މިޤައުމުގަ އެބައުޅެއެވެ!

The name is already taken The name is available. Register?

މާޓޭ

15 August 2024

ތިޔަ ބޮޑެތި މާޓްތައްވެސް ޖޫރިމަނާ ކުރަންވީ. އެފަދަ ތަންތަނުގަ ގޮތްނޭނގޭ ތަކެތި ވިއްކަން ބަހައްޓައިގެން ނުވާނެ. ދެން އާއްމުންނަށް އޮންލައިންކޮށް ފެންނަހެން ކޮންމެވެސް އިދާރާއެއްގެ ވެބްސައިޓެއްގަ ރަޖިސްޓްރީވެގެން ޗެކްޖެހިގެން ހުއްދަ ދެވިފަ އޮންނަ ފަރާތްތަކުގެ ހުއްދަ ނަމްބަރާ އެކީ ލިސްޓެއް ބަހައްޓަންވީ. އޭރުން އާއްމު މީހާ ގަންނަ އެއްޗެހި އެއީ ހުއްދަ ލިބިގެން އުފައްދައިގެން ނެރިފަ ހުރި އެއްޗެހިތޯ އަމިއްލައަށް ބަލާ ޗެކްކުރެވޭނީ.

The name is already taken The name is available. Register?

އިހްސާސް

15 August 2024

ފުޑް އެންޑު ޑުރަގުގެ ކުދިން ނިދާފަ ދެއްތޯ މިވީހާ ދުވަހަކު. ނަސީބެއްނު އިމިގްރޭޝަނަށް ތިތަން އެނގުނުކަން. އަދި ތީގެ ކިތައްތަން ހުންނާނެބާ؟

The name is already taken The name is available. Register?

އެމްސް

15 August 2024

ކޮބައިތޯ ތިތަނުން ކުލިނަގާ ފަރާތް؟ އޭނާއަކަށް ނޭނގޭނެތޯ ތިކަމުގެ ޙަޤިގަތެއް؟

The name is already taken The name is available. Register?

ސެލެޑް

16 August 2024

އެމްސޫ.. ކުލިނަގާ ފަރާތަށް ކުލި ލިބުނީމައި އެނިމުނީނު.

The name is already taken The name is available. Register?

ސެންސް މޭކް

15 August 2024

ތިޒާތުގެ ފެކްޓަރީ އެއް ޒަމާނީ ގޯޅީގަ ވެސް އެބަ ހިންގާ.....ހުރިހާ ފަރާތަކައް އެންގިއްޖެ...ވީކަމެއް ހަރާމް ......އެހެންވީމަ މިބަލަނީ ސަރުކާރުބް ހިންގާ ތަނެއް ކަމައް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454