ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް): މާދަމާ ވެސް ބީއެމްއެލް ހުޅުވައި ހިދުމަތް ދޭނެ.
13 އޯގަސްޓް 2024 - 23:41
މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، ރައްޔިތުންނަށް ބޭރަށް ނުކުމެ އުޅުން އުނދަގޫވެފައިވާތީ ރައީސް، ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނީ މާދަމާއަކީ ސަރުކާރު ބަންދު ދުވަހެގެ ގޮތުގައި ކަނޑައަޅުއްވައިފަ އެވެ.
ބީއެމްއެލްއިން ބުނީ ސަރުކާރު ބަންދު ދުވަހަކަށް ވިޔަސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކްތައް ހުޅުވުމަށް ނިންމާފައިވާތީ، މާދަމާ ބީއެމްއެލްއިން ރަސްމީ ދުވަހެކޭ އެއްގޮތަށް ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ އިތުރުން ގިނަ ރަށްތަކުގައި ފެންބޮޑުވެ އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ. ކަމާ ބެހޭ އިދާރާތަކުން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy