އިޒްރޭލުގެ މިނިސްޓަރުންތަކެއް އިސްވެ ތިބެ، އަލް އަގްސާ މިސްކިތަށް ވަދެގަނެ، ވަނީ މިސްކިތުގެ ހުރުމަތް ކަނޑާފައި. --ފޮޓޯ: އޭއެފްޕީ
14 އޯގަސްޓް 2024 - 17:58
ގުދުސްގެ މާތްވެގެންވާ އަލް އަގްސާ މިސްކިތަށް އެތަކެއް ހާސް ޔަހޫދީންނާ އެކު އިޒްރޭލުގެ މިނިސްޓަރަކު ވަދެ، އަޅުކަން ކޮށް، މިސްކިތުގެ ހުރުމަތް ކެނޑި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
މުސްލިމް ނޫން މީހުން އަގްސާ މިސްކިތަށް ޒިޔާރަތް ކުރުމުގެ ހުއްދަ ދިން ނަމަވެސް މިސްކިތުގައި އަޅުކަން ކުރުމަކީ މަނާ ކަމެކެވެ.
އެކަމަކު، އެކަމާ ފާޅުގައި ދެކޮޅު ހަދަމުންދާ އިޒްރޭލުގެ ނެޝަނަލް ސެކިޔުރިޓީ މިނިސްޓަރު އިތަމާރު ބެން-ގިވީރް ވަނީ، އިތުރު މިނިސްޓަރަކާއި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކަކާއި ދެ ހާހެއްހާ ޔަހޫދީންނާ އެކު މިސްކިތަށް ވަދެ އަޅުކަންކޮށްފަ އެވެ. އަދި މިސްކިތުގެ ތެރޭގައި ހުރެގެން، ޣައްޒާގައި ތިބި ހަމާސް ޖަމާއަތުގެ އެންމެން ބަލިކުރާނެ ކަމަށް ބުނެ ވީޑިއޯ އެއް ވެސް ވަނީ ރެކޯޑްކޮށްފަ އެވެ.
އެ އަމަލު ކުށްވެރިކޮށް، ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަގްސާ މިސްކިތަށް ވަދެގަތުމަކީ މުސްލިމު އުއްމަތުގެ އެންމެ މަތިވެރި އެއްތަނުގެ ހުރުމަތް ކަނޑައިލުން ކަމަށެވެ.
"އިޒްރޭލުން ތަކުރާރުކޮށް އަލް އަގްސާ މިސްކިތަށް ވަދެގަނެ ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ ސަރަހައްދަށް ސުލްހަ އާއި ހަމަޖެހުން ގެނައުމަށް އޮތް އުއްމީދަށް ހުރަސްއެޅޭތީ ރާއްޖޭން ވަރަށް ކަންބޮޑުވޭ،" އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ދިވެހި ރައްޔިތުންނާއި ސަރުކާރު އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ރާއްޖޭން ގޮވާލަމުންދާ ގޮވާލުން ވެސް އެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފަ އެވެ.
އިޒްރޭލުގެ މިނިސްޓަރުންތަކެއް އިސްވެ ތިބެ، އަގްސާ މިސްކިތަށް ވަދެގަތުން، މުސްލިމު ގައުމުތަކުގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކާއި އެމެރިކާ އިން ވެސް ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެފްކޮއިނޭގެ
16 August 2024
ދިވެހި ސަރުކާރުން އިޒްރޭލުގެ ޕާސްޕޯޓުވެސް މަނާ ކުރި. މިއީ ބުނާބަހުގެ އިތްބާރުހިފޭ ސަރުކާރެއް. ސާބަހޭ މުއިޒްޓޭ!
އައިމިނާ
15 August 2024
މިއީ ކިހިނެއް ވެގެން އުޅޭ ބައެއް؟
ވެންގަބޯ
14 August 2024
ޔާﷲ ހުރިހާ މުސްލިމުން އެއްބައިވަންތަ ކޮށްދެއްވާންދޭ އަދި ހުރިހާ މުސްލިމުން އެކަތިގަނޑެއްގެ ގޮތުގައި ލައްވާންދެވެ އަދި މަސްޖިދުލްއަޤްޞާ ދިފާއުގައި ﷲ ގެ ވާގި ފުޅާއި މިވަރު ފުޅުން އަޤްޞާ ދިފާއުކުރާނެ ވަރުގަދަ ލަސްކަރެއް މުސްލިމުންގެ ތެރެއިން ނެރުއްވާންދޭ ޔާﷲ ޔަހޫދީން ބަލިކުރުމަށްފަހު ފަލަސްޠީނުގެ ބިންތައް އަނބުރާ ފަލަސްޠީނަށް ދެއްވާންދޭވެ ޔާﷲ އަޤްޞާ އާއި ފަލަސްޠީނު ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތް ކުރައްވާންދޭ އާމީން ޔާﷲ އާރާއިބާރު ދެއްވާންދޭވެ
ދޮންބެ ދައްތަ
14 August 2024
އާމީން
ގެދާނޯމޮސް
14 August 2024
ނާތެދެއް އެމެރިކާވެސްތަ؟؟؟
މާކަަނާ
14 August 2024
އާދެ.