ރާއްޖޭގައި މޮބައިލް ފޯނު ވަގަށް ނެގުން މިހާރު މަދު ނަމަވެސް އެކަމަށް ސަމާލުވާން ކަމާ ގުޅޭ އިދާރާތަކުން އިލްތިމާސްކުރޭ.
27 ފެބުރުއަރީ 2017 - 18:09
ވަގަށް ނަގާ ފޯނުތައް ހޯދަން ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު، ފޯނު ވަގަށް ނެގުން މަދުވެފައިވާ ކަމަށާއި ނަމަވެސް އެކަމަށް ސަމާލުވުމަށް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އާއި ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.
ކޭމް އަދި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވީ ފޯނުތައް ވަގަށް ނަގާ މިންވަރު އިތުރުވެފައިވާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް، ޓެކްނޮލޮޖީ ބޭނުންކޮށްގެން މަޝްރޫއެއް ހިންގަން ފަށާފައިވާ ކަމަށެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްޔާސް ވިދާޅުވީ ފޯނުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
"ފޯނުގައި ހުންނާނެ ވަރަށް މުހިއްމު، އެހެން މީހުންނަށް އަންގަން ބޭނުން ނުވާ މައުލޫމާތުތައް. އެހެންވެ ފޯނުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ފަރާތުން ވާހަކަ ދެއްކެވި، ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ސްޓާފް ސާޖަންޓް އަލީ އިސްމާއިލް ވިދާޅުވީ ފޯނު ގެއްލިގެން ދުވާލެއްގެ މައްޗަށް ހަ މައްސަލަ ހުށަހަޅާ ކަމަށެވެ. އަދި ފޯނު ހޯދަން ބޭނުންކުރާ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އެހީގައި ވެސް، ބައެއް ފޯނު ހޯދޭކަމަށް އޭނާ ވިދާޅުވި އެވެ.
ފޯނު ގެއްލިގެން މިިދިޔަ އަހަރު ވެސް 700 އަށް ވުރެ ގިނަ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރިއިރު، އޭގެ ތެރެއިން 300 އަށް ވުރެ ގިނަ ފޯނު ވަނީ ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފަ އެވެ. ފޯނު ހޯދުމަށް ބައެއް ފަހަރު ދެ އަހަރު ވެސް ނަގާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
"ފޯނު ހޯދާ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ފޯނެއް ގެއްލިއްޖެނަމަ ޓްރެކް ކުރެވޭނެ އަދި ފޯން ބްލޮކް ވެސް ކުރެވޭނެ. ފޯނަށް އެހެން ސިމެއް ލައްވައިފިނަމަ އެ ފޯނު އެލާމެއް އަޅާނެ. އެހެންވެ ފޯނު ވަގަށް ނަގައިގެން، އެ ފޯނު ނިއްވާލާފައި ނުވަތަ ބޭނުން ނުކުރަންޏާ ހޯދުމަށް އުނދަގޫވޭ. ބައެއް ފަހަރު އެއް ދުވަހުން ނޫނީ އަހަރު ދުވަހުން ވެސް ފޯން ހޯދޭ،" އޭނާ ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި ގެއްލޭ ފޯނު ހޯދުމަށް އެންމެ ބޮޑު އެހީއެއް ލިބެނީ ފޯނުގެ އައިއެމްއީއައި ނަމްބަރު ބޭނުންކޮށްގެންނެވެ. އައިއެމްއީއައި ނަމްބަރު ހޯދުމަށް #06#* ޖެހުމުން އެ ނަމްބަރު ފޯނުގެ ޑިސްޕްލޭ އަށް އަރާނެ އެެވެ.
އިލްޔާސް ވިދާޅުވީ ވަގަށް ނަގާ ފޯނުތައް ބޭނުންކުރާ އަދަދު މަދުކުރަން ކުރާ މަސައްކަތްތަކުގެ ނަތީޖާ ފެންނަ ކަމަށެވެ. ވަގަށް ނެގޭ ފޯނުތައް ރާއްޖޭގެ އެއްވެސް ނެޓްވޯކެއްގައި ބޭނުން ނުކުރެވޭ ގޮތް ހަމަަޖައްސާފައި ވުމުން، ފޯނު ވަގަށް ނަގާ މިންވަރު މަދުކުރެވިފައިވާ ކަން ފާހަގަކުރެވޭ ކަމަށް ވެސް ކޭމް އިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލް
28 February 2017
ތީ މަގުމަތިން ޗެކްޕޮއިންޓް ޖަހައިން ނޫނީ ސްޓިކާ ޖަހައިން ކުރާ ކަމެއްނަމަ ތިކަން ކޮށްފަ ޕޮލިހުން އިންނާނީ. އެއީ ދިވެހި ފުލުހުންނަށް ކުރެވޭ ހަމައެކަނި މަސައްކަތް!
ލަލޭ
28 February 2017
ރިޕޯޓްކުރުން މަދުވީ! ސަޕޯޓެއްނުލިބެންޏާ ބޭކަރު މަސައކަތެއްނުކުރާނެދޯ؟ މަވެސް މަގޭ ފޯނާއި ލެޕްޓޮޕް ވަގަށްނަގައިގެން ރިޕޯޓްކުރަން ދިޔަދުވަހު ހިތައްއެރި އެތަނަށް ނުދެވުނުނަމައޭ އެންމެ ފުރަތަމަ ބުނީ ވަރަށް ބިޒީއޭ ފަހުން އަންނާށޭ ދެންބުނީ އިހަށް މަޑުކޮށްލާށޭ . ވ. ފީކަޅާ ބައެއްތީ!
ކަށިކެޔޮ
28 February 2017
ކަލޯގަޔާ! މަދުވީތަ ނޫނީ ރިޕޯޓް ކުރިޔަސް ކަމެއް ނުވާތީ މީހުން އަޅާ ނުލަނީތަ؟
ޔޫސުފް
28 February 2017
ވަގަށް ނެގުން މަދުވީއަކީ ނޫން. ރިޕޯޓް ކުރަން ތިތަނަށް ގުޅީމަ ބުނަނީ ބަޔާން ދޭން ފުލުސް އިދާރާއަށް ދާން. ރޭގަ މަގޭ ރައްޓެއްސަކު ފޯނު މިސްކިތުން ފޭބި އިރު ހަނދާންނެތިގެން ބާއްވާފަ 10 ވަރަކަށް މިނިޓް ނުވަނީސް ދިއައިރު ފޯން ވަގަށް ގެންގޮއްސި. ރިޕޯޓް ކުރަން ފުލުހަށް ދާން ވަގުތު ނެތިގެން ޖެހުނީ ބައްތި ފޯނަކާ ސިމް ކާޑެއް ގަނެގެން ރަށަށް ދާން.
ޕޮކަންޑި މޭން
28 February 2017
މިވެރިކަން އައި ފަހުން ކުށްކުރާ މީހުން އެކުށްތައް ކުރުމަށް ބިރުގަނެ އަދި އާއްމު ފަރުދުންގެ ފުދުންތެރިކަން މަތިވުމުގެ ސަބަބުން ވީގޮތެއް ތީ.
އަލީ
28 February 2017
މަވެސް މަގޭ ފޯނާއި ލެޕްޓޮޕް ވަގަށްނަގައިގެން ރިޕޯޓްކުރަން ދިޔަދުވަހު ހިތައްއެރި އެތަނަށް ނުދެވުނުނަމައޭ އެންމެ ފުރަތަމަ ބުނީ ވަރަށް ބިޒީއޭ ފަހުން އަންނާށޭ ދެންބުނީ އިހަށް މަޑުކޮށްލާށޭ ހީވަނީ އެތަނަށް ގޮސްގެން އުނދަގޫވެހެން އުޅުނުހެން އެހިސާބުން އެނގިއްޖެ މިމީހުންގެ ފެންވަރު އޭގެފަހުންވެސް ފޯނެއް ވަގަށްނެގި އެކަމަކު މިމީހުންގާތަކަށް ނުދަން އެނގޭވިޔަ ނުހޯދޭނެކަން މުޅިމުއައްސަސާ ބޮއްސުންލާ ސިޔާސީވެފަ އަދިވެސް އަރާ ފޮނިކަނޑަނީ މިހާރު މީހަކު ބާފޮއްޗަށް ބަލާލޮލުންވެސް މިމީހުނަށް ނުބަލާނެ
ވަގު
27 February 2017
ވަގަށް ނެގުން މަދީކީ ނޫން. މަގޭ ފޯނު ގަނޑު މީގެ 3 އަހަރުކުރިން ގެއްލިގެން ކަލޭމެނެނަށް ހުށައެޅިން ނުހޯދުނު. ފަހުން ގެއްލުނު ފޯނުގެ ވާހަކަ ކަލޭމެން ކައިރީ ނުބުނަން. އެހެން ކިތަންމެ ރައްޓެއްސަކު މިހާރު ފޯނު ހޯދަނީ އަމިއްލައަށް. އެހެންވީމަ މަދުވީ ޕޮލިހުންނަށް ކުރާ އިތުބާރު. ގެއްލޭވަރުން ފޯނު ގެއްލޭ.
އަލީ
27 February 2017
ތިޔައީ ކިޔެވެލި ކިޔަވާފަ އެންމެނަށް ވެކްސިން ދިނުންކަހަލަ ކަމެއް.
މަޒް
27 February 2017
ކަލޯ ތި ދައްކަނީ ކުދި ކުދި ޕާޓޭ ވަގުންގެ ވާހަކަ... މިހާރު ވައްކަން ކުރަނީ ޓައި އަޅައިގެން ރައްޔިތުން ވޯޓު ދީގެން ހޮވާފަ ތިބޭ މީހުން.. ފުލުހުން އަދި ހާދަ ފަހަތުގައޭ ދޯ ތި އުޅެނީ؟
އައްޔޫބް
27 February 2017
ކޮންފޮނިއަނގަތަޅާކަށް، 700 ފޯނުން 300 ހޯދުނީ ނުހޯދުނުބައިދޯ ބޮޑީ އަހަރެން 13000 ރުފިޔާހަރަދުކޮށްގެން ގަތްފޯނު ގެއްލުނީ 12 އޭޕްރިލް 2014 ގައި އަދި އަދައްދާދެންވެސް ހަބަރެއްވެސް ނުވޭ ގައިމު އޭގެބޭނުން ކުރާނެދޯ މިހާރު ..... ކީތްވެނުހޯދެންވީ؟ ފުލުހުން އެބުނަނީ ސިމްލައްވައިފިއްޔާ ހޯދޭނޭ އެކަމް އެއީ ރާއްޖޭގައި އެހެންކްަމައްވާއިރު މިއުޅޭ ބަންގާޅީން 2000 ރ އަށް އެގަންނަނީ އައިފޯން 678 އަދި ސެމްސަންގްވެސް މިއެއްޗެތި އެމީހުން މިކޮޅަކުބޭނުމެއްނުކުރާނެދޯ؟ ކީތްވެ އިންޓަރޕޯލް މެދުވެރިކޮށް ނުހޯދޭންވީ؟ މީ ހުލުހުންނައް ކުރެވޭނެ ކަމެއް ދެން ކީތްވެ ނުކޮށްދެނީ ހަމަނުބައިނުލަފާކަންނޫން ދެންކޮންކަމެއް؟؟؟ އަޑުއިވޭ ގެއްލޭ ފޯންތައް ފުލުހުން ގެންގުޅޭވާހަކަ މީ ތެދެއްނަމަ ކިހާސީރިއަސްކަމެއް .......