ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު: އޭނާ އެ މަގާމުން މިއަދު ވަނީ ވަކިކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
15 އޯގަސްޓް 2024 - 15:08
ސަސްޕެންޝަންގައި ހުރި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް މިއަދު މަގާމުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ، ރަމީޒް ވަކިކުރި ކަން "މިހާރު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
ރަމީޒަށް ތުހުމަތުވެ، ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑްކުރީ މިދިޔަ ޖޫން މަހުގެ 27 ގަ އެވެ. އޭނާއާ އެކު އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ކުރިން ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ފާތިމަތު ޝަމްނާޒް އަލީ ސަލީމް ވެސް ސަސްޕެންޑްކުރި އެވެ.
ޝަމްނާޒް ސަސްޕެންޑް ކުރީ ފުލުހުން ތަހުގީގު ކުރި ސިހުރު ހެދުމުގެ މައްސަލައެއްގައި ޝަމްނާޒާއި އޭނާގެ ކޮއްކޮ ހައްޔަރުކޮށް، ބަންދުކޮށްފައި ވަނިކޮށެވެ. ނަމަވެސް، އެ މައްސަލާގައި ރަމީޒަށް އެއްވެސް ތުހުމަތެއް ކުރެވޭ ކަމެއް ނޭނގެ އެވެ.
ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމް ބަންދުން ދޫކޮށްލައި، ދެ މީހުންނަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިހާރު ވަނީ ނިންމައިފަ އެވެ. އެގޮތަށް ނިންމީ އެ ދެ މީހުން ދެކޮޅަށް ހެކި ނެތުމުން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ރަމީޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު މާލޭ ސިޓީ ކައުންސިލްގައި ވެސް މަސައްކަތް ކުރެއްވި އެމަނިކުފާނުގެ ވަރަށް އަރިސް ބޭފުޅެކެވެ. އެންމެ ފުރަތަމަ ރައީސް އޮފީހަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ރަމީޒު ހިމެނޭއިރު، ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ރަމީޒު ވަރަށް އިސްކޮށް ހަރަކާތްތެރި ވެސް ވި އެވެ. ނަމަވެސް، މިފަހުން ސަރުކާރުގެ ހަރަކާތްތަކުން ރަމީޒެއް ނުފެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިޔާމްް
18 August 2024
ކަން ނުވެ ނަމެއް ނުވާނެ. ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަކަށް
ކިނާން މޯޑް
18 August 2024
ޢާދަމް ރަމީޒްމެން ވެރިކަން ލިބުނީމަ އުޅޭކަށް ނޭނގެޔޭ. އެއީ އެވާގޮތަކީ
ހާލިދްް
18 August 2024
ކޮންމެ ބަޔަކުވެސް އިޚުލާސްތެރިކަން އިސްކުރަންވީ. އެއީ އަދި ރަމީޒަކަސް ދެން ހުރި މީހަކަސް
ފިޔާޒް ފިއްޓޭ
18 August 2024
އަންބެއް ވިއަސް ދަރިއެއްވިޔަސް ގޯސް ކަމެއް ކޮށްފިއްޔާ ވަގުތުން ފިޔަވަޅު އަޅަންޖެހޭނެ. އެއީ ތެދުވެރިންނަކީ.
ރަގީބް
16 August 2024
ރަމީޒެއް ކަމަކު ގޯސް ކޮށް ކަންތައްކުރީމަ އެންމެ ރަނގަޅު ގޮތަކީ ވަކިކުރުން
މިޒުއާން
16 August 2024
އެއްވެސް ކަމަކާ ނުލައި ކަނޑާ ނުލާނެ. މި ރަމީޒުގެ ކޮންމެވެސް ކަންތައްގަނޑެއް ފަޅައި އަރައިގެން ވަކި ކުރާނީ.
ސައިދާ
15 August 2024
ހުންނާނީ ރާކަނި މަސް ކެވިފަ, އަދި ތި ލީ އެންމެން ކަނޑާ ތިރިކުރާނެ.
ތެދުތެދުބެއްޔާ
16 August 2024
ސިޔާސީ މަގާމްތަކުގަ މީހުން ގިނަ ވީމަވެސް ޝަކުވާ ކުރަނީ އަދި ނުވިތާކު މަދު ކުރާތީވެސް ޝަކުވާ؟ ބަލަ ހަލާކުވެފަ އޮތް ތިލަފަތެއްތަ ތީ ދެކޮޅަށް ބަރުވެ ބަރުވެ ތި އޮންނަނީ.
ކޮރަލް
15 August 2024
ތަޅު އަޅުވާފަ ވަޒީފާ އިން ވަކި ކުރީ އެވެ.
ހީވޭ
15 August 2024
ސިޔާސީ މަސައްކަތަކީ އެޒާތުގެ ކަމެކެވެ.
މިހާލު
15 August 2024
މީހާއައް މީހާ އޮޅި ބޮޑާވީމަ މަރިޔަނބުވެސްގެއްލި ރައީސް އޮފީސްވެސް ގެއްލުނީ