އަންހެން މީހާ ގައިގައި ކަޓަރު އަޅައި ފޭރުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައި -- ފޮޓޯ: ފުލުހުން
17 އޯގަސްޓް 2024 - 22:07
ހުޅުމާލޭގައި ހިންގާ ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރު އަޅައި، އޭނާގެ އަތުން ފޭރުނު މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ރޭ ފަތިހުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ހައްޔަރު ކުރި މީހާގެ ވަނަވަރު ފުލުހުން ވަނީ މިރޭ އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ ގދ. ތިނަދޫ، ސްކޫނާ، އަލީ ޝައްމާހު ވަހީދު 29، ކަމަށެވެ.
ހުޅުމާލެ 1 ގައި ހިންގާ ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރު އަޅައި ބިރުދައްކައިގެން ފައިސާ ފޭރުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަން ފުލުހުން ހާމަ ކުރީ މިއަދު ހެނދުނު އެވެ.
މި މައްސަލައާ ގުޅޭ މާ ބޮޑު ތަފްސީލެއް ފުލުހުން އަދި އާއްމެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހށނ
18 August 2024
އާމްދަނީ ހޯދުމުގަ އެންމެ ޒަމާންވީ މަސައްކަތަކީ ފޭރުން. އެކި މީހުން ފޭރޭގޮތް ތަފާތުވާނެ! ނުއަގުގައި މުދަލާއި ހިދުމަތް ދިނުމާއި. ހައްގު ނޫން ވަރަށްވުރެ ބޮޑު މުސާރަނެގުމާއި. މަސައްކަތާ އެކަށީގެން ނުވާ ވަރުގެ ކުޑަ އުޖޫރަ ދިނުމާއި، މަސައްކަތެއް ނުކޮށް މުސާރަ ލިބުންފަދަ މިބާވަތުގެ ކިތަންމެ ކަމެއް މި މުޖުތަމައުގަ ނޯމަލް! މިސޮރުވެސް މިކުރީ އޭގެ ކަމެއް!
ހުސްނާ އަލީ
18 August 2024
ރީތި ފިރިހެނެއް!
އޮރެންޖު
18 August 2024
ޗީޑި! އަންހެން ނަމެއް ޖަހައިގެން ކޮމެންޓްކުރީ ފިރިހެނެއްދޯ. އަންހެނުން ލައިކްވާ ސިފަައެއް ނެއި މި މީހާގެއަކު.
ސިއްތި
20 August 2024
އޯކްކްކްކްކް..ޗީ މޭނުބައި ކުރާ ވައްތަރެއް ޖަހަނީ.
އަސްތަރާ
18 August 2024
ސްޕާ އަދިވެސް ކހުރޭތަ؟
ދޭހިލޭ
18 August 2024
މުޖުތަމަޢަށް ނުރައްކަލެއް ނެތޭ ކިޔާފައި ދެން އިވޭނީ ދޫކޮށްލި ވާހަކަ. މިހާރު އާއިލާގެ އެންމެން ތިބޭނީ މީނާއަކީ ބަލި މީހަކަށް ވެގެން ނުކުޅެދުންތެރިއަކަށް ވެގެން ދައުލަތުގެ ހުރިހާ ތަނަކަށް ސިޓީ ލިޔަން. އަނެއް ބަޔަކު ދައުލަތުގެ ވެރިންގެ ފައިންޕުޅު ފެނޭތޯވެސް ދުވާނެ. މިއޮތީވާ ކުށްވެރިންގެ ސުވަރުގެއެއް.
މަހާރަދުން
18 August 2024
ތި ކަލޭގެ ބަލައިލީމަ ވެސް އެނގޭ ޖައްބާރެއްކަން..
އައްޓަމަސް
18 August 2024
ދެކުނުގެ ގިނަމީހުންގެ އާދައެއްތީ
އަހުމަދު އަތީގު
18 August 2024
އަފްރާޝީމު މަރާލީ ކޮންބައެއްބާ
ދުމާ ރެކިޔާ
19 August 2024
އާނ...އުތުރުގަ ތިބެނީ ހުސް އަލިފުން ދޯ....
ރިޔަލް
19 August 2024
މާލޭ މީހުން ފޭރޭނީ ކުލިން
ފޭސްން
18 August 2024
ރަނގަޅަށް ވިއްޔާ އިބޫ ދޫކޮށްލި މީހެއް. މިހާރު ކޮބާތަ އެ އަދީބުވެސް؟
ފޮޓޯ
18 August 2024
ފޮޓޯ އާންމު ކުރުމަކީ ރަނގަޅު ފާލެއް ކަމަށް ބެލެވޭ. އާންމު ރައްޔިތުންގެ ސަލާމަތާއި ހޭލުންތެރި ވެވުމުގެ އިތުރުން ކުށްކުރި މީހާއާއި ކުށަށް އަރައިގަންނާނެ މީހާވެސް ދެވަނަ ވިސްނުމަކަށް ދާނެ ކަމަށް އުންމީދު ކުރަން.
ވާނުވާ!
18 August 2024
ބބ އެއްނު! ގޮސް ރަށުގަ ކަލޭމެން ތިބެގެން ތިއަޅާ އެއްޗެއް އަޅާބަލަ! މިކަހަލަ މީހުން ދެން ދުވަހަކުވެސް މާލެ އަށް ނާދެވޭނެ ގޮތައް ގާނޫނެއް ފާސްކޮއްބަލަ! ބޮޑު މުސާރަ ދީފަ ހޮވާފަ ތިތިބީ ކަމަކުޔޭ!
މޫސާ ދައްޔާނު އިޒްރޭލުން
18 August 2024
ބަރާބަރު ވާހަކައެއް. ހަމަ ބޭރުކުރަންވީ. މާލެ އަމާންތަނަކަށް ހެދުމުގެ ބަޔަށް ތިކަން އިތުރުކުރަން ހޯމް މިނިސްޓަރަށް ދަންނަވަންވީ
ބުރާންޗޯ
18 August 2024
ވާނުވާ!އަށް ހީވަނީ ތަ ރާއްޖެތެރޭ މީހުން މާލެއަށް ހިޖުރަކުރަނީ، މާލޭ ރީތިވެގެންނޭ؟ ނޫން. މަޖުބުރޫވެގެން ބަލަ ރާއްޖެތެރޭ މީހުން މާލެއަރަނީ. މާލެއިންލިބޭ ސިއްޚީ ޚިދުމަތްތައް ރާއްޖެތެރޭ އަތޮޅު ހޮސްޕިޓަލުން ލިބުނަސް އަހަރެމެން މާލެ ނާރާނަން އިންޝާﷲ.
މުޖުތާޒު
18 August 2024
މީދެނަ ވަބާއެެްނުން އަމިއްލަ ރަށް ދޫކޮއްފަ އައިސް މީހުންގެ ގައިގަ ކަޓަރުއަޅާ ފޭރިހަދަން މިޙާރު މުސްކުޅި ކުރައްވާ އުމުރަކީ 75 އަހަރު އެހެންވީމަ ކޯޓުން އޭނަޔަށް އިއްވާ ހުކުމެއް ނިމި އޭނަ ސަލަމަތް ވުމުން އޭނަގެ ޢޭނަ ފޮނުވާލަން ފެނޭ 75 އަހަރަށް މާލެނާދެވޭގޮތައް
ރަނަގަޅު
18 August 2024
ނާސިރު ދައުރުގައި ގެންގުޅުއްވި ތިޔަ ސިޔާސަތު. ރާއްޖެތެރެއަށް ނިސްބަތްވާ މީހަކު މާލޭ ސަރަހައްދުގައި ކުށެއްކޮށްފިނަމަ އެމީހަކު ރަޖިސްޓަރީވެފައިވާ ރަށަކަށް އަރުވާލަނީ މާލެ ނާދެވޭގޮތަށް.
މުމްތާޖު
18 August 2024
މާލެ އަންނަން މަޖުބޫރުވާ ސަބަބު ބަލައި، އެސަބަބު ނައްތާލަ. އޭރުން މާލެ ނާރާނެ