ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ގެނައުމަށް ހުރި ދަތިތައް ހައްލުކުރަން، އެ ކުންފުނީގެ ބައެއް އިސްވެރިންނާ އެކު އިކޮނޮމިކް މިނިސްޓަރު ސައީދު މިއަދު ބައްދަލުކުރައްވަނީ. --ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
22 އޯގަސްޓް 2024 - 22:17
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވާ އަދި ފައިސާ ލިބިގަތުމަށް ބޭނުންކުރާ މަޝްހޫރު ޕޭމަންޓް ސިސްޓަމް "ޕޭޕަލް" ގެ އެކްސެސް ރާއްޖެ އަށް ހޯދުމަށް ހުރި ދަތިތައް ހައްލުކުރުމަށް އެ ކުންފުނީގެ އިސް ވެރިންނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ރާއްޖެ އަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ހިދުމަތް ގެނައުމަށްޓަކައި މި ސަރުކާރު އައި ފަހުން ވަނީ އެމެރިކާގެ ސަރުކާރާއި ކަމާ ގުޅޭ އެކި ފަރާތްތަކާ އެކު މަޝްވަރާތައް ކޮށްފަ އެވެ.
ސައީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕޭޕަލް ގެ އެކްސެސް ރާއްޖެ އަށް ހޯދުމަށް ހުރި ދަތިތައް ހައްލުކުރުމަށް އެ ކުންފުނީގެ ގްލޯބަލް މާކެޓިންގެ ރައީސާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ.
ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ގެނައުމަށް ހުރި ދަތިތައް ހައްލުކުރަން، އެ ކުންފުނީގެ ބައެއް އިސްވެރިންނާ އެކު އިކޮނޮމިކް މިނިސްޓަރު ސައީދު މިއަދު ބައްދަލުކުރައްވަނީ. --ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
"ރައީސް މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް، މިއީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް،" އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމަށް ފަހު ސައީދު ވިދާޅުވި އެވެ.
ރާއްޖޭން މިހާރު ޕޭޕަލް މެދުވެރިކޮށް ކުރެވޭ ކަމަކީ ފައިސާ ފޮނުވުމެވެ. އެހެންވެ އިންޓަނެޓް މެދުވެރިކޮށް ހިންގާ ވިޔަފާރީގެ އެކި މުއާމަލާތްތަކާއި އާމްދަނީ ލިބޭ މަސައްކަތްތަކަށް ފައިސާ ލިބުން ވަނީ ހުރަހަކަށެވެ.
ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބޭނެ މަގުފަހި ކުރުމުގެ ގޮތުން، ބޭރުގެ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ މިދިޔަ މާޗް މަހު ފަށައިފަ އެވެ.
ޕޭޕާލްގެ އިތުރުން ޕެޔޮނިޔާ، ސްކްރިލް، ސްޓްރައިޕް އަދި ނެޓެއްލާ ރާއްޖެއަށް ގެންނަން ރައީސްގެ މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯޒަސް
24 August 2024
އޮންލައިން ގޭމްބްލިންގގައި ގިނަ ދިވެހިންތަކެއް ޖެހިފައިވާއިރު ޕޭޕާލްގެ ފަސޭހައިން މިގައުމުގެ ޒުވާނުންނަށް އަނެއްކާ އިތުރު ބަލިމަޑުކަމެއް މެދުވެރި ނުވާނެގޮތަކަށް ޕޭޕަލްގެ ޓްރާންސެކްޝަން ތައް މޮނިޓާކުރެވޭނެ ނިޒާމަކާއި އެކު ތިކަން ކުރުން ވަރަށް މުހިންމު
ހަސަނާސަނާ
24 August 2024
މިކަންތައް އަވަސް ކޮށްދެއްވުން އެދެން. ގައުމަށް ޑޮލަރު ވަންނާނެ އޭރުން.
ކީކޭ ބުނާނީ
24 August 2024
މިނިސްޓަރ ބަޔަކާ މީޓިން އެއް ބޭއްވުން، އެވާހަކަ ހަބަރުގަ ޖަހަނީ ކީއްކުރަން؟ ރިޒަލްޓް ބޭނުންވަނީ.
ސަމަރޭ
23 August 2024
ޕޭޕަލް ގެންނަން އުޅެނީ.. އެކަމަކު ގެނެވޭނީ ނޭޕާލް މީހުން ތޯެއްޗެއް..
ކުރަނގިގ
23 August 2024
ތިމީޓިންގަ ތިބީ އެންމެ ބޭރުއެންމެން އެއޮތީ އަންވެރިފައިޑް ކަމަށް.
ނިލިސް
23 August 2024
އަބަދުވެސް ތިއުޅެނީ ނޫސްތަކުން ޖާގަ ހޯދަންދޯ
އަހުމަނަ
23 August 2024
9 މަސްވީއިރުވެސް މަސްވަރާގައި. މިކަންވާނެ ދުވަހެއްގެ އިންތިޒާރުގައި
ފާރިގް ޒަރީރް
23 August 2024
މިހާރު ގިނަ މީހުން އިތުރު މަސައްކަތެއްގެ ގޮތުގައި ކުރަމުން އަންނަނީ އޮންލައިން ވިޔަފާރި. އެ ވިޔަފާރި ކުރާ ފަރާތްތަކުގެ އެންމެ ބޮޑު އުންމީދަކީ ވީހާވެސް އަވަހަކަށް ޕޭޕަލް ބޭނުން ކުރެވެން ފެށުން.
ޒާހިދު ލަތީފް
23 August 2024
ވިޔަފާރި ވެރިންނަށް ވެސް ވަރަށް މުހިންމު ހިދުމަތެއް ތީ. ތި ދަތިތަކަށް ހައްލުގެނެސް ޕޭޕަލް ބޭނުން ކުރަން ފަށަންވީ.
އައިލަމް
23 August 2024
ޕޭޕަލް ގެ ހިދުމަތަކީ ރާއްޖޭގައި މިހާރު އޮންނަން ޖެހޭ މުހިމްމު ހިދުމަތެއް. އަވަހަށް ފެށޭނެ ގޮތެއް ބަލައިދީ މިނިސްޓާރ ސައީދް.