ވިޔަފާރި / ބީއެމްއެލް

ބޭރުން ފައިސާ ގެނެވޭ ގޮތަށް އީވޮލެޓުގެ ހިދުމަތް ތައާރަފްކޮށްފި

ވެލާނާ އެއާޕޯޓު މަޝްރޫއު ތިން ގުނަ ބޮޑުކޮށް، އެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވަނީ.. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

31 މާޗް 2024 - 13:40

44 comments

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ބޭރުގެ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން މީގެ ކުރިން ބްލޮކް ކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް، ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓާކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް، ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް މިހާރު ހަމަޖެހޭނެ ކަމަށެވެ.

މި ކާޑުތަކުގެ އިތުރުން، ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުވެސް ބޭނުން ކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

މިއަދު ގެނައި ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ، މިއީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ކުދި ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެއިން ބޭރުން ލިބޭ ފައިސާއަށް ބަރޯސާވާންޖެހޭއިރު، އެ ފަރަތްތަކަށް އެހީތެރިވުމުގެ މުހިންމުކަމަށް ބަލައި ގެނައި ބަދަލެއް ކަމަށެވެ.

"އަދި ހަމަ އެހެންމެ މިއީ ބޭންކިން އާއި ޕޭމަންޓް ހިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއްވެސް މެ،" ސްޓުމްކަ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ވިދާޅުވީ، ކުދި ވިޔަފާރިތަކާއި ފްރީލާންސްކޮށް ރާއްޖޭން ބޭރުގައި މަސައްކަތްތަކާއި މުދާ ވިއްކާ ފަރާތްތަކަށް ޑޮލަރުން ފައިސާ ލިބޭނެ މަގު ފަހިވެގެން ދިޔުމަކީ، އެ ފަރާތްތަކުގެ ކާމިޔާބީ އާއި ކުރިއެރުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރާއްޖޭގައި ކްރިއޭޓިވް ނުވަތަ ފަންނީ ސިނާއާތްތަކަށް ފަހިވާ އިކޮނޮމީއެއް ގާއިމްކުރުމަށްޓަކައި އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް، ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މި ކަން ކުރުމަށް ކެބިނެޓުން ވެސް ނިންމާފައިވާ އިރު، އަންނަ މޭ މަހުގެ ކުރިން އީވޮލެޓުގެ ހިދުމަތް ފަށާނެ ކަމަށް ރައީސް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަން ސީދާ އެމެރިކާގެ ސަރުކާރާ އެކު މަޝްވަރާކުރަން ކެބިނެޓުން ވަނީ ނިންމައިފަ އެވެ. ޕޭޕާލްގެ އިތުރުން ޕެޔޮނިޔާ، ސްކްރިލް، ސްޓްރައިޕް އަދި ނެޓެއްލާ ރާއްޖެއަށް ގެންނަން ރައީސްގެ މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.

44 ކޮމެންޓް, 58 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 0%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދުއަލޯ

01 April 2024

މިހާ ވަކަ ސަރުކާރެއް އަދި ނުދެކެން. ގަމާރުން ގުނބޯ ހައްދަންވެސް ނޭނގޭ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

01 April 2024

ހަމަ ހަގީގަތުގަވެސް މުއީޒަކީ އޮޅުވާލުމެއް ތެރެއިން ނުވިސްނޭ ރައްޔިތުންގެ ނަޖާއިސު ފައިދާނަގާ މީހެއް ! މަހީކުރީ މުއިޒު އެޅި ފިއަވަތަކުން ޑޮލަރުގެ އަގުވެއްޓި ދިވެހިފައިސާ އެކައުންޓުގަ ހުރީމަ އެމިރީކާގަ ހުންނަމީހަޔައްވެސް އޭޓީއެއްތަކުން ރުފިޔާއަކައް ތިންޑޮލަރު ރޭޓުން ޑޮލަރުނެގޭކަމައް! ރަނގަޅައް ބެލިއިރު ވާގޮތަކީ ބުލެކުމާކެޓުން އަގުބޮޑުކޮއް ޑޮލަރުގަގެންނޫން ގޮތަކައް އެއްވެސް މުއާލާތެއް ނުކުރެވޭކަން

The name is already taken The name is available. Register?

އާދަނު33

01 April 2024

އީވޮލެޓް ނެތަސް ބޭރުފައިސާގެނޭވޭ އެކައުންޓަށް ޓްރާންފާކޮށްގެން. އީވޮލެޓް ބޭނުންކުރަނީ ޓްރޭޑްކުރާ ކުދިންނާއި ކްރިޕްޓޯ ގަނެވިއްކާމީހުނާއި އޮންލައިން ޕޮކާ ( އޮންލައިން ޖުއާ) ކުޅޭ ކުދިން.

The name is already taken The name is available. Register?

ކަބުރު

01 April 2024

ކޮބާހޭ ޕޭޕާލް؟ މޮޅު ވާހަކައޭ ދައްކަނީ. ހަމަ ކަމަކަށް ކަމެއް، ހެޑްލައިންއަށް އަރުވަން.

The name is already taken The name is available. Register?

ހާމަދޯ

31 March 2024

މިބުނާއެއްޗެއް އެގޭ ދިވެއްސަކު އެބަހުރިތޯ؟ ނަންހާމަ ނުކުރެވޭ ޕްލެޓްފޯމްތަކެއްތޯމިއީ؟ކިހިނެއްތޯ މިހިދުމަތް ބޭނުންކުރަނީ؟

The name is already taken The name is available. Register?

ފްރީލެންސާއެއް

31 March 2024

ވަރަށް މޮޅު އޮލުވާލުމެއް! ފަހު ޕެރެގްރާފްގައި އެއޮތީ ހަގީގަތް! ދުނިޔޭގައި ބޭނުންކުރާ ހުރިހާ އީވޮލަޓުތަކުގެ ނަން ލިސްޓުކޮށް އެ ތަންތަނާ އަދިވެސް މަޝްވަރާ ކުރަނީއޯ ބުނެފަ.ސާފުކޮއްލަދީބަލަ؟ދުނިޔޭގެ ބޭރު ކޮން އީ ވޮލަޓަކުން ތި ކާޑަށް ލާރި ފޮނުވެނީ؟

The name is already taken The name is available. Register?

ސްކްރީލް

01 April 2024

މިކަމެއްގެ ކުރިންވެސް އެމްއައިބީ ޑޮލާ އެކައުންޓްއިން ސުކްރީލްއަށް ލާރި އެޅޭ

The name is already taken The name is available. Register?

ކޮރަލް

31 March 2024

ދިވެހީންގެ ނަމުގަ ދިވެހީންނަށް ދީފަ ހުންނަ ވިސާ މާސްޓަރ ކާޑް ބިދޭސީން އަތައް ވިޔަފާރި ކުރަން ދޭ މައްސަލަ ވ ރަނގަޅަށް ބަލަން ޖެހެ އެވެ. އޭޓިއެމް އިން ޑޮލަރު ނަގާއިރު ވެސް ދިވެހި މީހާގެ ކާޑް ބޭރު މީހާ ބޭނުން ކުރޭތޯ ބަލަން ވީ އެވެ.

The name is already taken The name is available. Register?

ގައުމިއްޔަތު

31 March 2024

ޖުވާ ކުޅޭ ކުދިންގެ ވޯޓް ކޮޅު ތި ލިބުނީ.

The name is already taken The name is available. Register?

ބާލިދީ

31 March 2024

ދިވެހިރާޖްއަށް ލިބުނު ކުރިއެރުމެއް.

The name is already taken The name is available. Register?

ހޮޅި ބޮޅި

31 March 2024

ހުސް ދޮގު. ތީ މިހާރުވެސް ކުރެވޭ ކަމެއް ޑޮލަރަށް ލިންކް ކޮށްފަ ހުންނަ ޑެބިޓް ކާޑާއި ޑޮލަރު ކްރެޑިޓް ކާޑުން. އަދިވެސް އާދައިގެ ޑެބިޓް ކާޑުތައް ހުރީ ބްލޮކްކޮށްފައި. ތީ ދެން ވައުދު ފުއްދުމެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454