އެމްޑީޕީގެ ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުން އެ މަޖިލިހުގެ ރިޔާސަތުން ރޭ ކުރިއަށް ގެންދަނީ.---ފޮޓޯ: އެމްޑީޕީ
23 އޯގަސްޓް 2024 - 21:21
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ބިނާވެށި ޕްލޭންކުރުމުގެ ބިލާއި އާބަން ޑިވަލޮޕްމަންޓް ބިލުގެ ސަބަބުން ލާމަރުކަޒީ ނިޒާމް މުގުރިގެން ދާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 20 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރަށް ސަރުކާރުން ހުށަހަޅައި ފާސްކުރަމުންދާ ބައެއް ގާނޫނުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ކައުންސިލްތަކަށް ގިނަ ހުރަސްތައް ކުރިމަތިވާނެ ކަމަށެވެ.
ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ގާނޫނުގެ ސަބަބުން ލާމަރުކަޒީ ގާނޫނުގައި ރަށްރަށުގެ ބިން ޕްލޭންކޮށް ހިންގުމުގައި ރަށުގެ ރައްޔިތުންގެ ބައިވެރިވުމަކާ ނުލައި ރަށުގެ ބިން ޕްލޭންކޮށް ބޭނުންކުރުމަށް މަރުކަޒީ އިދާރާތަކަށް ފުރިހަމަ ބާރު ލިބިގެންދާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
އޭގެ އިތުރުުން މި ވަގުތު ކޮމިޓީ މަރުހަލާގައި އޮތް އާބަން ޑިވޮލޮޕްމަންޓް ބިލް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްފި ނަމަ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ކަނޑައެޅި މުހިއްމު އަސާސްތައް މުގުރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް އެމްޑީޕީން ބުންޏެވެ.
އެހެންވެ، ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރުމަށް ހުރަސް އެޅިދާނެ ގާނޫނުތަކާ މެދު ކައުންސިލްތަކާއި ގުޅުންހުރި މަދަނީ ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކާ އެކު ހުޅުވާލެވިފައިވާ މަޝްވަރާއަކަށް ދިޔުމަށް ގޮވާލާ ކަމަށް އެމްޑީޕީން ބުންޏެވެ.
"...އެފަދަ މަޝްއަރާއާ އެކު މެނުވީ އެފަދަ ބިލުތައް ފާސްނުކުރުމަށް ރައްޔިތުންގެ މަޖިލިހަށް އިލްތިމާސްކުރަން." އެ ބަޔާނުގައި ބުނެފައިވެ އެވެ.
އާބަން ޑިވަލޮޕްމަންޓް ބިލާ ގުޅޭ ގޮތުން ދަ ޑިމޮކްރެޓްސް ޕާޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ އާބަން ސަރަހައްދުތައް ކަނޑައަޅައި އެފަދަ ސަރަހައްދު ތަރައްގީ ކުރުމާ ގުޅޭ ކަންކަން ހަރުދަނާ ކުރަން ގާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. އަދި އާބަން ސަރަހައްދުތަކާއި އެފަދަ ސަރަހައްދުތަކުގެ ޒޯނުތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި އެފަދަ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނިޓާކޮށް ފިޔަވަޅުއެޅުމާ ބެހޭ އުސޫލުތައް ބަޔާންކުރުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރަންޖީ
24 August 2024
ބައްލަވާ ފައްޔާޒު ލާމަރުކަޒީ ނިޒާމު މިގައުމަށް ބޭނުން ނުވާތީ އެމްޑީޕީ ބޭރުކުރީ. މިސަރުކާރަށާއި މަޖިލީހަށް ގަންނާނެ ކޮންމެ ގަނޑެއް ގަންނަށް ރައްޔިތުން އެއޮތީ މެންޑޭޓް ދީފައި. ދެން މަޑުކުރޭ އެމީހުން ހަދާނެ އެއްޗެއް ހަދަން ދެން. 5 އަހަރު ފަހުން ނިދާ ހޭލާ
ސޮލާހު މޫސާ
24 August 2024
120 ބިލިޔަނުން ގައުމު ދަރުވާލާފަ ކީކޭމިކިޔަނީ
ކަނޑުކޮހުން
24 August 2024
ބައެއް ރަށްރަށުގަ އުޅެނީ ކަނޑުކޮހުން. ދެން ކިހިނެތްތޯ ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރާއިރު އެމީހުންގެ މަޝްވަރާހޯދާނީ.
އޮނަރަބްލް ޑީޑީކާފަ
24 August 2024
އެމްޑީޕީގެ ޖަޒީރާ ރާއްޖެއަކީ ހުރިހާ ދިވެހިންގެ ހަލާކު. ދިވެހި ރާއްޖެއަށް ލިބޭ ފައިސާގެ ވަރަށްބޮޑު ބައެއް އާބަން ވިސްނުމުގައި ތަރައްޤީ ކޮށްފިނަމަ ސަލާމަތްކުރެވޭނެ. ދިރިއުޅޭ ބަޔަކަށް ވަޒީފާއާއި ވިޔަފާރީގެ ކުރިއެރުން ލިބޭނީ ބޮޑުއާބާދީތަކުގައި ދިރިއުޅޭނަމަ. 500 މީހުންއުޅޭ ރަށްރަށުގަ ދިރިއުޅޭ މީހުންވެސް ކިޔަވަންދާންވަނީ ޔުނިވަރސިޓީތަކަށް. ޓާޝިއަރީ ހޮސްޕިޓަލްތަކުންނޫނީ ޚިދުމަތެއް ބޭނުނެއްނުވޭ. އެމްޑީޕީ ބޭނުމެއްނުވާނެ ދިވެހިންނަށް ޚިދުމަތް ލިބޭކަށް.
އަބްޑޫޅް +
24 August 2024
ހޫނ. މިހާރު މިއުޅޭ ބީރަށްޓެހީންގަނޑު ވެސް ހަމަ އެހެން.
މާކުންބޭ
24 August 2024
މިފެއިލް ވެފަ އޮތް ރޭސިސްޓް އެމްޑީޕީ މެނެޖްމަންޓް ބަދަލުވެގެން ނޫނީ އަހަރެމެން އެމްޑީޕީ އަކަށް ދުވަހަކުވެސް ތާއީދެއް ދެނެއް ނުކުރާނަން. މިއީ ބިން ފޭރެން ކުޅަދާނަ ބައެއް، ދައުލަތުގެ ބިންތައް ހިތުހުރިގޮތަކަށް ހަދާލާފަ އަމިއްލައަށް ބިންތައް ފޭރި އެހެން މީހުންގެ ދިރިއުޅުމުގެ ހައްޤަށް އެރި މީހުނަށް ދިވެހިންގެ 90% ތާއީދެއް ދުވަހަކުވެސް ނުކުރާނެ.
އޮނަރަބްލް އަފީފު ދީދީ
24 August 2024
ތިރީގައި ކޮށްފައިވާ ކޮމަންޓް ތަކުގައި ބުނިކަންކަން އެމްޑީޕީ ފުރިހަމަ ކޮށްނުދިންކަމުން އެކަންކަން ބޭނުންވެފައިތިބި ދިވެހިރައްޔިތުން 2023 ވަނަ ރިޔާސީ އިންތިޙާބާއި ދުވަސްކޮޅެއް ފަހުން ބޭއްވި މަޖިލިސް އިންތިޙާބުގައި އެމްޑީޕީއަށް ނޫނެކޭ ބުނެ އެޕާޓީ ދައުލަތުގެ ބާރުތަކުގެމަތިން އެއްފަރާތްކޮށް ޕީއެންސީއަށް ވެރިކަމާއި މަޖިލިސް ދިން. # އެހެންކަމުން 2008 ގެ ކުރިން އޮތްހާލަތަށް ނިޒާމްނުގެންގޮސް ޕީއެންސީވެސް ރަނގަޅުމަގަށް މިކަންކުރުން ބުއްދިވެރިކަމަށް ދެކެން.
އޮނަރަބްލް އަފީފު ދީދީ
24 August 2024
މައުމޫނުގެ 30 އަހަރުގެ ވެރިކަންބަދަލުކޮށް މިނިވަންކަމާއިއެކު 3 ބާރު ވަކިވެފައިވާ މަލްޓިޕާޓީ ޑެމޮކްރަޓިކް ނިޒާމެއްހޯދާ ޤާނޫނުއަސާސީ އިސްލާޙްކޮށް ކ.އަތޮޅު މާލޭގައިހުންނަވާ ވަޒީރުގެ އަމުރުމަޢުރޫފު ލިބިގެންނޫނީ ތުރާކުނުން އައްޑުއަށްހިމެނޭ އެއްވެސްރަށެއްގެ މިސްކިތުވަޅުގައިއޮންނަ ދާނިވެސް ބަދަލުނުކުރެވޭގޮތަށް އޮތް އެއްރަށްދައުލަތް ސިޔާސަތު ދޫކޮށް "ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް" ރައްޔިތުން ކުރި މަސައްކަތަށް އެމްޑީޕީވެސް އެއްބާރުލުން ދީފައިނެތް.
އޮނަރަބްލް އަފީފު ދީދީ
24 August 2024
އިސްލާޙީ މަސައްކަތަށްނިކުތް "ޙަޤީޤީ އިސްލާޙީ ޙަރަކާތްތެރިންގެ ބައިވެރިވުން އޮތް" އެމްޑީޕީގެ ފުރަތަމަވެރިކަމުގައި ރައީސް ނަޝީދު ބާރުމިނުގައި މިދެންނެވިމަސައްކަތް ކުރިއަށްގެންދަނިކޮށް 30 އަހަރުގެ ޙުދުމުޙުތާރު ވެރިކަމުގެބައިވެރިންނާއި ކ.މާލޭގެ ބޮޑުންނާއި ދައުލަތުގެވަސީލަތް ނާޖާއިޒުގޮތުގައި ބޭނުންކޮށް ދުނިޔޭގެފެންވަރު ބިލިޔަނަރުންނަށް ވެފައިތިބި މީހުންގެ ނުފޫޒު ބޭނުންކޮށްގެން ނަޝީދުގެވެރިކަން އިންޤިލާބުކޮށް ދައުރު ފުރިހަމަވިޔަނުދީ ވެރިކަން ވައްޓާލި.
އޮނަރަބްލް އަފީފު ދީދީ
24 August 2024
އިސްލާޙްކުރި ޤޢ ގައި ބުނެ އަމުރުކޮށްފައިވާ "ލާމަރުކަޒީ އުސޫލަށް ރާއްޖެ ހިންގުމަށާއި" ނަޝީދު ފެއްޓެވި "އަނެއް ރާއްޖެ" އާދެ (ނިކަމެތިކަމުގައި ރައްޔިތުން ބައިތިއްބާފައި ބޮޑުން އުފަލުގައި އުޅުމުގެބަދަލުގައި) ތަފާތުކުރުމެއްނެތި ރައްޔިތުންގެމެދުގައި ވެލްތް ޑިސްޓްރިބިއުޓްކޮށް ތުރާކުނުން އައްޑުއަށްހިމެނޭ ރަށްތަކުގައިދިރިއުޅޭ އެންމެނަށް ރަށުގައިތިބެ ހިދުމަތްހޯދޭގޮތަށް ކުރާންއުޅުނުމަސައްކަތާއިގެން ކުރިއަށްދާން އެމްޑީޕީއަށް 2018 ގައި އަލުން ފުރުސަތުލިބުނު.
ތުނޑުހަސަނު
24 August 2024
ނަޝީދުގެ އަނެއް ދިވެހިރާއްޖެއަކީ ބިރަކާނުލާ މަޖާކުރާ ރާއްޖެ. އޭގެ އަސަރު މުތަމަޢުގައި މިހާރުވެސް މިއޮތީ. ލަދުޙަޔާތް ކަނޑުވާލުމުގެ އަސްލު މިފެންނަނީ. އަންނި އަކީ ގައުމު ހަލާކުކުރި މީހެއް.
އޮނަރަބްލް އަފީފު ދީދީ
24 August 2024
ފައްޔާޒުމެން ކަންބޮޑުވެ ތިޔަ ދައްކަވާ ވާހަކަތަކާއި، މަތީގައި މިދެންނެވި ހިރިހާކަމެއް ޤާނޫނުގެ ތެރެއިން ކުރުމަށްޓަކާ 2018 ވަނަ އަހަރުގެ ވެރިކަމާއި، މަޖިލިސް ސުޕަރމެޖޯރިޓީ އާއި ރާއްޖޭގެ ބޮޑެތިސިޓީތަކާއި ހުރިހާރަށެއް ކަހަލަގޮތަކަށް ރަށު ކައުންސިލް ތަކުގެ ބާރު އެމްޑީޕީއާއި ޙަވާލު ކުރުމުން "އިޙްލާސް ތެރިކަމާއި އެކުގައި" އެމްޑީޕީގެ ލީޑާރ ޝިޕް ހޯދި ގޮތަކަށް ހޯދައިގެން ތިބިމީހުން އެކަންކުރިނަމަ މިއަދު ތިތަނުގައިތިބެ ބޭޅާމެން ތިވާހަކަ ދައްކާކަށް ނުޖެހޭނެ.
އޮނަރަބްލް ޑީޑީ ކާފަ
25 August 2024
އަފީފް ދީދީގެ ވިސްނުމަކީ ދިވެހިން ވަކިވަކި ރައްރަށުގަ ތިބޭފުޅާގޮތަށް ބައިކުޅަނދު ހެދިގެން 200 މީހުންގެ ރަށެއްގަ ގަނަތެޅުން. މިހާރު ދިވެހިން ޖަޒީރާވެގެން ގޮނޑުދޮށަށް ކުއްތިޖަހަންދާ ވިސްނުމެއްނޫންހުރީކީ. އެއްފަސްވުމުގެ ވިސްނުން. ރަށްކޮޅުގަ ދިރިއުޅެ ޚިދުމަތްލިބިގަންނަ ވިސްނުން.