މިރޭ އަލިފާނުގެ ހާދިސާ ހިނގި ތަން: އަނިޔާވި ދެ މީހަކަށް އަންނަނީ ފަރުވާދެމުން.
25 އޯގަސްޓް 2024 - 22:48
މާލޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު ދެ ބިދޭސީއަކަށް ފަރުވާދޭން ފަށައިފި އެވެ.
އަލިފާނުގެ ހާދިސާ ހިނގީ ގ. ރަނައުރާވިލާގައި ހުންނަ ވޯކްޝޮޕެއްގަ އެވެ. އަލިފާން ރޯވިތާ މާގިނައިރުތަކެއް ނުވެ ކޮންޓްރޯލް ކުރި ނަމަވެސް އެ ތަނަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.
އަލިފާނުގެ ހާދިސާގައި ފިހިފައިވަނީ ބަންގްލަދޭޝް އަދި އިންޑިއާ މީހެކެވެ.
އިންޑިއާ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ އިރު އޭނާގެ ގައިގެ ހަ ޕަސެންޓް ފިހިފައިވާ ކަމަށް އެންއެންޑީއެފް އިން ބުންޏެވެ. އޭޑީކޭގައި ފަރުވާދެމުން އަންނަ ބަންގްލަދޭޝް މީހާގެ ތިން ޕަސެންޓް ވަނީ ފިހިފަ އެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރި ގޮތެއް އަދި ސާފެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
27 August 2024
ގަވައިދާހިލާފަށްއުޅޭ ބިދޭސީންތައް މަސައްކަތްކުރުމުގައިވެސް އެއްވެސް ގޮތެއްފޮތެއްނުހުރޭ ސަލާމަތީގޮތުން ބަލަންވާކަންކަމަށްނުބަލާ އެހެންމީހުންވެސް ނުރައްކަލުގެގެރެއަށްވެެއްޓޭގޮތައް މިބައިމީހުންގެކަންކަން ހުންނަނީ، ގިނައީއެއްޗެއްނުކިޔަވާ ކުޅެގެން މަސައްކަތްދަސްކޮށްގެން އުޅޭމީހުން، ބިދޭސީންގެ މައްސަލަކޮންޓުރޯލުކޮށް ރަނގަޅަށް މޮނީޓަރކުރެވޭނެ ނިޒާމެއްގާއިމުކުރުން ވަރަށްމުހިންމު
އިބުރާ
26 August 2024
ފޮޓޯއިން ފެންނަ ގޮތުން ތިއީކީ ކޮޓަރިއެއް ނޫން، އެކަމަކު ބޮޑު ކާރުޚާނާއެއް. ސްޓާޓިންގ މޯޓަރާއި، އޯލްޓަނޭޓަރާއި، ކަރަންޓް މޯޓަރާއި، ލޭޓް މެޝިނާއި ބަހައްޓާފައި ހުރޭތަ ކޮޓަރިތަކުގައި؟ އިހަށްދުހު ބުޅާ ފެކްޓްރީ ބަންދުކުރި ގެ ތިޔައީ. ތިގެ ވެއްޖެ އެއް ނޫންތަ އެއްބުރުން ބަލައި ފާސްކުރަން. އަދި ހުރެދާނެ ތިކަހަލަ ކިތަންމެ ކިތަންމެ ތަނެއްވެސް.
އަދުނާނުބެ
26 August 2024
ތީ ކޮޓަރިއެއްތަ؟ ތިކަހަލަ ވޯކްޝޮޕްތަކުގެ ސޭފްޓީ ރެގިއުލޭޓްކޮށް ޗެކް ކުރަނީ ކޮންބައެއްބާ؟ އެއްވެސް ކަމެއް އޮތް ގައުމެއް ނޫން މީ.
ސެންސްމޭކް
26 August 2024
ވޯކްޝޮޕެއް ތިޔައީ.
ލޮލްް
26 August 2024
ރަނައުރާގެ ތިކިޔަނީ ކާރުޚާނާއަކަށްތަ؟
އެމްސް
26 August 2024
ކުދި ގޮޅި/ތަންތަން ކޮޅު، ހަނި މަގު/ސިޑި މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ! ބިލްޑިންކޯޑްވެސް އޮތީ މުސާބާތްތަކަށް ފަހިކޮށެވެ!
ދދދ ދދ
25 August 2024
މިގޭގައެއް ނޫންތަ ބުޅާ މަހުން އެއްޗެހި ހެދީ! ގ.ފިތުރޯނުވިލާ ކުރިމަތިން މިގެ ހުންނާނީ! ހަނި ގޯޅިއެއްގައި އަލިކިލެގެފާނު މަގުން ކުރީގެ ޔާމީނުގެ ގެ ދޫކޯށް މަޖީދީ މަގާ ދިމާލަށް ދާއިރު އިންނަ ފުރަތަމަ ގޯޅީގައި!
ލޮޖިކް
25 August 2024
ކޮޓަރީގައި ލޭތު މެޝިން އާއި އެހެނިހެން ސްޕްއަރ ޕާރޓްސް ހުރޭތަ؟
ރަނޭ
25 August 2024
މަވެސް ތިހެން ހިތައްއަރައިފި..
ގުލް
26 August 2024
ހަތަރު ފާރު ހުރެއްޖެއްޔާ ވާނީ ކޮޓަަރިއަކަށް ދޯ