މާޒިޔާގެ ކޯޗުކަމަށް ޑުކަނޯވިޗް ހަމަޖެއްސުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ ކްލަބުން ބުނީ ކޯޗުން ހަމަޖެއްސުމުގައި އެ ކްލަބްގެ ޓެކްނިކަލް އެނަލިސިސް ގޯސް ނޫން ކަމަށް --- ފޮޓޯ: މާޒިޔާ
29 އޯގަސްޓް 2024 - 13:44
ކޮންމެ ސީޒަނެއްގައި ކޯޗުން ބަދަލު ކުރަން ޖެހުނަސް ކޯޗުން ހޯދުމުގައި ޓެކްނިކަލް އެނަލިލިސް ގޯސް ނޫން ކަމަށް މާޒިޔާގެ ޖެނަރަލް ސެކްރެޓަރީ އަބްދުﷲ ވައްހާބު ވިދާޅުވެއްޖެ އެވެ.
މިދިޔަ ތިން ސީޒަނުގައި ވެސް މާޒިޔާއިން ވަނީ ވަކި ހިސާބަކުން ކޯޗު ބަދަލުކޮށްފަ އެވެ.
ވައްހާބު ވިދާޅުވީ މާޒިޔާއިން އުއްމީދުތަކާ އެއްވަރަށް މަސައްކަތް ނުވަދެވިއްޖެނަމަ ކޮންމެ ހިސާބަކުން ވެސް ކޯޗު ބަދަލު ކުރަން ޖެހިދާނެ ކަމަށެވެ.
"ކޯޗު ބަދަލުވެދާނެ މުބާރާތް ފެށުމުގެ ކުރިން ވެސް. މެޗެއްގެ ރިޒަލްޓް އަންނަ ގޮތުން ވެސް ކޯޗަކު ބަދަލުވެދާނެ. އެއީ ކޯޗު ދަށްވެގެނެއް ނޫން،" ވައްހާބު ވިދާޅުވި އެވެ.
"އެ ވަގުތަށް އެންމެ ރަނގަޅު ޑެސިޝަން މާޒިޔާއިން ނަގާނެ. މި ގޮތަށް ނެގި ކޮންމެ ޑެސިޝަނެއްގައި މާޒިޔާ އަށް ވަނީ ކާމިޔާބު ވެފައި."
އޭނާ ވިދާޅުވީ އޭއެފްސީ ކަޕްގައި މާޒިޔާ އަށް ކުރިއަށް ނުދެވުނަސް ލޯކަލް މުބާރާތްތަކުގައި އެ ބަދަލުގެ ސަބަބުން ކާމިޔާބު ލިބޭ ކަމަށެވެ.
"ޓެކްނިކަލް އެނަލިލިސް ހެދުމުގެ އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނޫޅޭނެ،" ވައްހާބު ވިދާޅުވި އެވެ.
މާޒިޔާގެ އާ ކޯޗަކަށް، ސާބިއާގެ ޑްރެގަން ޑުކަނޮވިޗް ހަމަޖައްސައިފަ އެވެ. އުމުރުން 54 ގެ ޑުކޮނަވިޗަކީ މާޒިޔާ އަށް އިރުޝާދު ދޭ، ބިދޭސީ ހަ ވަނަ ކޯޗެވެ.
ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައިވާ ވަގުތު، އެ ޓީމާ ހަވާލުވި ޑުކަނޮވިޗަށް އެންމެ ފުރަތަމަ އޮތީ އޮކްޓޯބަރު މަހު ފަށާ އޭއެފްސީ ޗެލެންޖް ލީގެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިއުނަން
29 August 2024
މި މީހުންގެ ހިތުން ކޯޗް ރަނގަޅު ވުމަކީ ހުރިހާ މޮޅު ކުޅުން ގަނެގެން ޗެލެންޖެއް ނެތި ހުރިހާ މެޗަކުން 10 ލަނޑު 7 ލަނޑު ގެ ނަތީޖާ އަކުން މުޅުވުން.
ހަލާކު
29 August 2024
އުންމީދު ކުރިޔަސް އެއުންމީދު ހާސިލް ކުރެވޭނީ އެހެން ޓީމުތަކަށްވެސް އިޚްތިރާމް ކޮށްގެން. ބައްސާމް ވަކިވީމާ ދެން ތިމީހުންގެ ފެންވަރު ފެންނަންފަށާނެ. ކުރީގެ ބޮޑެތި ކުލަބުތައް އިނދަޖައްސާލީ އެކުލަބުތަކުގެ ރެކޯޑާ ހަމަކުރެވޭނެކަމަށް. އެކަމު ދަނީ ޗޮކުން. ހިތަށްއަރާ މިމީހުން މިކުރާ ބޮޑުހޭދައަށް ފައިސާ ހޯދަނީ ކިހިނެއްބާއޭ. ތެދެއް. މަތިޖަހަން ފިހާރައެއް ހުރޭ ހުޅުވާފަ މީހަކު ނުވަނަސް. ލާރިއެއް ނުލިބުނަސް.