ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ސީޕީ އަލީ ޝުޖާއު ވާހަކަދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
01 ސެޕްޓެމްބަރ 2024 - 12:01
މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށް ވަޅިން ބިރުދައްކަމުން ދިޔަ ފިރިހެން މީހާގެ ފަރާތުން ބޮޑު އަނިޔާއެއް ނުލިބެނީސް ސަލާމަތްވީ، ފުލުސް މީހާގެ އަތް ޒަހަމްވެގެން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސީޕީ ޝުޖާއު ވިދާޅުވީ ފުލުހުންގެ މަސައްކަތަކީ އެކަމުގައި ރިސްކު އެކުލެވިގެންވާ ކަމެއް ކަން ފުލުހުންނާއި އާއިލާތަކުން ގަބޫލުކުރާ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހިނގައިދިޔަ ރަހީނުކުރުމުގެ ހާދިސާގެ މިސާލު ނަންގަވަމުން ޝުޖާއު ވިދާޅުވީ، އެ ހާދިސާގައި ހިމެނޭ މީހުންނަށް އަނިޔާއެއް ނުވެ ސަލާމަތްވީ، އެ މީހުން ރައްކާތެރިކޮށްދޭން އުޅުނު ފުލުސް މީހާއަށް އަނިޔާވެގެން ކަމަށެވެ.
"...ސަސްޕެކްޓް ވެއްޓުނު ވަގުތު އޭނާގެ އަތުގައި އޮތް ތޫނު ހަތިޔާރުން، ސަސްޕެކްޓް ސަލާމަތްކުރުމުގެ ތެރޭގައި ފުލުހަކަށް ލިބުނު އަނިޔާ އެއީ އަދި އެއްވެސް މީޑިއާއެއްގައި އޮތް ވާހަކައެއް ނޫން، އޭނާގެ [ފުލުސް މީހާގެ] އަތުގެ އިނގިލިތަކަށް ލިބުނު ޒަހަމްތައް އެއީ ސަސްޕެކްޓަށް ލިބެން އޮތް ބޮޑު އަނިޔާއަކުން ސަލާމަތްވާން މެދުވެރިވި ސަބަބު،" ޝުޖާއު ވިދާޅުވި އެވެ.
ރަހީނުކުރުމުގެ ހާދިސާ ހިނގީ، ކުލީގެ މައްސަލައެއްގައި ދެ ލޯބިވެރިންގެ ދެމެދުގައި ކުރި ޒުވާބަކަށް ފަހު އެވެ. އަންހެން މީހާ އަބަދު ގޭގެ ކުލި ނުދައްކާނެ ކަމަށް ބުނުމުން، ވަޒީފާ އަދާނުކުރާ، އާދަމް އަތުހަރު، ހިތްހަމަނުޖެހި އަނިޔާކުރަން ފެށީ އެވެ.
އަންހެންމީހާ ސަލާމަތްކުރަން އުޅުމުން، އޭނާ މަރާލާނެ ކަމަށް ބުނެ ކަރުގައި ވަޅި ޖައްސައިގެން ހުރެ ގެއިން ނެރެ، ސައިކަލަށް އަރައިގެން އަތުހަރު ފިލަން މަސައްކަތްކުރި އެވެ.
އަންހެން މީހާ ސަލާމަތް ކޮށްފައިވަނީ ސައިކަލު މަޑުކޮށްލި ދަނޑިވަޅުގައި ފުލުހަކު އޭނާގެ ބޮލުގައި މުގުރުން ޖަހައި ވައްޓާލައިގެންނެވެ. މި ހާދިސާގައި އަންހެން މީހާއަށް މާ ބޮޑު އަނިޔާއެއް ނުވެ އެވެ.
ޝުޖާއު ވިދާޅުވީ ކޮންމެ ފުލަހަކު ވެސް ކޮންމެ ދުވަހަކު ވެސް ބަލަނީ ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. މި މަސައްކަތުގެ ތެރޭގައި ތައުރީފާ އެކު ފާޑުކިޔާނެ ކަން ވެސް ގަބޫލުކުރާ ކަމަށް ސީޕީ ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
ސީޕީ ވިދާޅުވީ، ޓެކްނޮލޮޖީގެ މި ޒަމާނުގައި ފުލުހުންނާ ދިމާލަށް ވެސް އެތައް ބައިވަރު ކެމެރާތައް ހުއްޓިފައި ހުންނާނެ ކަން ގަބޫލުކުރާ ކަމަށާއި ފުލުހުން މަސައްކަތް ކުރަނީ މި ކެމެރާތަކަށް އަރާ މަންޒަރުތަކަކީ ތަހުޒީބު ޕްރޮފެޝަނަލް ފުލުހުންގެ ހުންނާނެ މަންޒަރުތަކަކަށް ހެދުމަށް ކަމަށެވެ.
ސުޖާއު ވިދާޅުވި ގޮތުގައި ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ކުށްކުރާ ގުރޫޕުތަކާއި މަސްތުވާތަކެތިން މުޖުތަމައު ސަލާމަތް ކުރުމަށް ފުލުހުން އިތުރަށް ހަރުދަނާ ވާން ޖެހެ އެވެ.
ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުން -- ފޮޓޯ: ނިޝާން އަލީ | މިހާރު
ސީޕީ ވަނީ ކުށްކުރާ ފަރާތްތަކުގެ ބިމަކަށް މިގައުމު ވިޔަނުދިނުމަށް ފުލުހުން ކުރާ ބުރަމަސައްކަތް ރައްޔިތުން ބަލައިގަންނަ ކަން ފާހަގަ ކުރައްވައިފަ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ފުލުހުން މިނިވަން، މަދަނީ މުއައްސަސާއެއްގެ ގޮތުގައި ހަމަޖެއްސި ދުވަސް ފާހަގަ ކުރުމަށެވެ. އެގޮތަށް ކަނޑައެޅުއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސެޕްޓެމްބަރު 1، 2004 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާރީ
01 September 2024
ފުލުހުންނާއި ކުށްވެރިންނާ އެއްދާން ކުރާ މައްސަލަތައް ތަހުގީގު ކުރާނީ ކޮން މުއައްސަސާ އަކުންތޯ؟
ދެކުނު ބަޢާވާތް
01 September 2024
ސަސްޕެކްޓްތަ ނޫނީ ވިކްޓިމް ސަލާމަތްކުރާ ވާހަކަތޯ؟ މިކޭސްގައި ސަސްޕެކްޓެއް އުޅެގެން ނުވާނެ އެއްނު ލޯ ކުރިމަތީގައި ހިނގި ކަމެއް.
އަޑުބަރޭ
01 September 2024
ކުރީސަފުގައި ތިބި ބޭކަލުން ވަރަށް އަންފިޓް ވައްތަރު ޖަހަނީ.
ސާބަސް..
01 September 2024
ފުލުހުން ލެމިނޭޓް ކޮށްގެން ގެންގުޅެންވީނުން
އަލި
01 September 2024
އެލީޓް ފުލުހުން ބޭނުން ކުރިނަމަ މާބޮޑު ކަމެއްނުވެ އެމީހާ ހަންމަތަ ކުރުމުގެ ފުރުސަތު އޮންނާނެންނު.
އަބުދުގެ އައްލޫ
01 September 2024
މީޙުން ޝަހީދުވެސްވޭ އަދާވާތްތެރިންގެ ފަރާތުން ގައުމު ސަލާމަތް ކުރަންއުޅުމުގައި، އެހެނޭކިޔާ އެފަހަރު ޖެހުނުކަމެއް ހާލަތު ނިޔާކުރާގޮތައް ނުކޮށް ތިބެންވީތޯ
ޕޮލިސް ލަވާރ
01 September 2024
ފުލުހުންނާއި ހިތާވެގެން އެ މީހުން ބޭނުންކޮށްގެން ކިހާ މައުލޫމާތެއް ގޭންގުތަކުންނާއި މަސްތުވާތަކެތީގެ ޑީލަރުން ހޯދާނެ!
މައިކީ
01 September 2024
ދިވެހި ފުލުހުންގެ ހިދުމަތް ވަރަށް ބަލައިގަންނަން. ގޭންގެ ކުށްތައް ހުއްޓުވުމަށް ކުރައްވާ މަސައްކަތުގަ ބަރަކާތް ލައްވާށި.
ސަސްޕިސިއަަސް
01 September 2024
ގިނައަދަދެއްގެ ފުލުހުންނާ އާންމުންކުރިމަތީ ހިނގާލި ކަމަކަށްވެސް ތިޔާކިޔަނީ ސަސްޕެކްޓޭ! ތުހުމަތުކުރެވޭ މީހާ! އެ ފެނުނީ ރޫހެއްތަ؟ ލޯކުރިމަތީ ޖަރީމާހިންގާލީމާވެސް ސަސްޕެކްޓް!
ސުހެއިލް
01 September 2024
އަނިޔާވި ފުލުސް މީހާއަށް އަވަސް ޝިފާއަކަށް އެދެން.