ވިޔަފާރި / ފިނޭންސް މިނިސްޓްރީ

ރާއްޖޭގެ ސުކޫކުގެ އަގު ދަށަށް!

ފިނޭންސް މިނިސްޓްރީ. ސުކޫކުގެ އަގު ވަރަށް ބޮޑަށް ވަނީ ވެއްޓިފައި -- ފޮޓޯ: މިހާރު

މާކެޓުގައި ރާއްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ.

މީގެ ކުރިން ސުކޫކް ނުވަތަ އިސްލާމިކް ބޮންޑެއް ޑިފޯލްޓްވެފައި ނުވާއިރު ރާއްޖޭގެ ސްކޫކާ މެދު ޔަގީންކަން ކުޑަވީ ދަރަނީގެ މައްސަލަ އާއި ޑޮލަރުގެ ދަތިކަމާ ހެދި އެވެ.

ކުރީ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކު ލިސްޓުކޮށްފައި ވަނީ އަބޫ ދާބީގެ ސްޓޮކް މާކެޓުގަ އެވެ. މަޝްހޫރު ވިޔަފާރި ނޫސް "ބްލޫމްބާގް" ގައިވާ ގޮތުން ސުކޫކުގެ އަގު ވެއްޓުނީ ރާއްޖޭގެ ދަރަނީގެ މައްސަލަ ބޮޑުވުމުންނެވެ.

ސުކޫކުގެ އަގު ހުރީ ޑޮލަރަކަށް 70 ސެންޓުގަ އެވެ. އެއީ މި މަހު ޑަބަލް ޑިޖިޓުގެ ވެއްޓުމެކެވެ. މިއީ ސުކޫކު ލިސްޓު ކުރި ފަހުން އޭގެ އަގު އެހާ ބޮޑަށް ވެއްޓުނު ފަހަރެވެ. މީގެ ކުރިން ސުކޫކުގެ އަގު އެންމެ ބޮޑަށް ވެއްޓުނީ 2022 ވަނަ އަހަރު އެވެ.

ޑޭންސްކް ބޭންކްގެ ޕޯޓްފޯލިއޯ މެނޭޖާ ސޯރެން މޮއާޝް ވިދާޅުވީ، އެހާ ބޮޑަށް ސުކޫކުގެ އަގު ވެއްޓުނީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ރިޒާވް ދަށްވުމާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ސުކޫކް ނުވަތަ އިސްލާމިކް ބޮންޑެއް ޑީފޯލްޓް ނުވާ ކަމަށާއި އެހެންވެ، މުސްލިމް ގައުމުތަކުން އެކަން އެގޮތަށްވާން ދޫކޮށްލާނެތޯ އެއީ އުފެދޭ އެންމެ ބޮޑު ސުވާލު ކަމަށެވެ.

މިދިޔަ ހަފްތާގައި ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ތިން މަހުން ތިން ދަރަޖައަށް ދަށްކޮށްފަ އެވެ. އެއީ "ސީސީސީ" އިން "ސީސީ" އަށެވެ.

ސުކޫކު އެއްކޮށް ދެއްކުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރު އެވެ. ނަމަވެސް އަންނަ މަހު ކޫޕަން ޕޭމަންޓް ނުވަތަ އިންޓްރެސްޓުގެ ގޮތުގައި އިންވެސްޓަރުންނަށް ދައްކަން ޖެހޭ ފައިސާގެ ގޮތުގައި ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ. އަދި އަންނަ އަހަރު ކޫޕަން ޕޭމަންޓުގެ ގޮތުގައި 50 މިލިއަން ޑޮލަރާއި އޭގެ އަނެއް އަހަރު ވެސް ކޫޕަން ޕޭމެންޓުގެ ގޮތުގައި 25 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ރިޒާވްގައި މިވަގުތު ހުރީ 395 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވްގައި ހުރީ 45 މިލިއަން ޑޮލަރެވެ. އެމްއެެމްއޭ އިން ބުނެފައި ވަނީ މިދިޔަ މަހުގެ ޔޫޒަބްލް ރިޒާވް ރަނގަޅު ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ސަރުކާރުން އަންނަނީ އިންޑިއާގެ ސެންޓްރަލް ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އަދި ގްރީން ބޮންޑެއް ވިއްކުމުގެ މަސައްކަތް ވެސް ކުރެ އެވެ.

20 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 81%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު11

06 September 2024

މިއީ ޔާމީނާ ކޮސް އިބޫ ދިވެހިންގެ ބޮލުގައި އަޅުވާފައިވާ ބ

The name is already taken The name is available. Register?

ބޒބޒބބ

05 September 2024

ސުކޫކު ނުވިއްކައި ދިރިއުޅެން ހިނގާބަލަ. އެތޭރޭގެ މަސައްކަތްތައް އިތުރުކޮށްގެން. ރައްޔިތުން ފުދުންތެރިވީވަރަކަށް ތިޔަ ސުކޫކުގެ އަގުވެސް މަތިވާނެ.

The name is already taken The name is available. Register?

ބަބްސް

05 September 2024

ސޯލިހުއަށް ލިބޭ އިނާޔަތްތަކާއި މުސާރަ ވަގުތުން ހުއްޓާލަން ޖެހޭ. ގައުމު ދަރުވާލާފަ ގޮސް އަރާމު ދިރިއުޅުމެއް އުޅެވިގެން ނުވާނެ.

The name is already taken The name is available. Register?

ބިސްއަހްސަން

05 September 2024

500 މިލިޔަނުގެ ސުކޫކު ވިއްކައިގެން އިބޫ ކުރި ކަމަކީ ކޮރަޕްސަނުން ފުލުހުންނާ އެމްއެންޑީއެފަށް ވޯޓު ހޯދަން ޕްރޮމޯޝަންދީ މުސާރަ ބޮޑުކޮށް ނެތް ވަރުން ސަރުކާރުގެ ކުންފުނިތައް މަތިމައްޗަށް އުފައްދާ ބޮޑެތި ހައުސިން ފްރޯޑުތައް ހިންގުން ދެއްތޯ؟ މި 500 މިލިޔަން ރުފިޔާ ހަރަދު ކުރި ގޮތެއްގެ އޮޑިޓެއް ހަދާބަލަ ޖެނެރަލް އޮފް އޮޑިޓްސް.

The name is already taken The name is available. Register?

މަބުނީ

05 September 2024

500 މިލިޔަން "ޑޮލަރު.." 7.7 ބިލިޔަން ރުފިޔާ ކެމްޕޭންގަ ބަހާހުސްކުރީ ތޯއްޗެއް.

The name is already taken The name is available. Register?

ކަނބިލި

05 September 2024

ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް ނޭޅޭ. ސިޔާސީ މީހުން މަދެއް ނުކުރެވޭ. އަދިވެސް ދަނީ ބޮޑެތި މުސާރާގައި ސިޔާސީ މީހުންތައް ލަމުން. ބަޖެޓު ތާށިވެގެން ކުރާނެ މަސައްކަތެއްނެތް އިރު 2:00 ގައި އޮފީސް ބަންދުކުރަންވީނޫންތޯ. އޭރުން ކަރަންޓާއި ފެންބިލު ކުޑަވާނެ. އިތުގަޑިއަށް މުވައްޒަފުންނަށް ދޭ ފައިސާ ސަލާމަތްކުރެވޭނެ

The name is already taken The name is available. Register?

ފެންސިކް

05 September 2024

އެކަމަކު ޓޫރިޒަމް 10 މަސަންޓު މަތީގަ. މި ވާގޮތެއް ބަލާލަން ޖެހޭ އެބަ. ސަރުކާރަށް މިވާހަކަ ދައްކަން ނުކެރޭނެ ރައްޔިތުން މަޖިލިހަށް މަހުޖަނުން ވައްދާހާ ހިނދަކު.

The name is already taken The name is available. Register?

ކޮރަލް

05 September 2024

އެމްޑީޕީ އަށް ވެރިކަން ލިބޭ އިރަށް ދަރަނި އިންތިހާ އަށް ބޮޑު ވެއެވެ. ވޯޓް ލާ މީޙުން ވިސްނަން ޖެހޭ ކަމެކެވެ. އިތުބާރު ގެއްލި އާ ޕާޓީ އެއް ގެ މުހިއްމު ކަން ބޮޑުވެ ފަ އެވެ.

The name is already taken The name is available. Register?

އަފްރާސިޔާބު

05 September 2024

ތިބުނާ ޕާޓީން ކުރިކަންތަކުން އަހަރެމެންގެ މުސާރަ ވެސް ބޮޑުވީ. އެކިއެކި ނަންނަމުގައި ފައިސާ ރައްޔިތުންގެ އަތްމައްޗަށް އެރީ. އެކަނިވެރި މައިން، އާސަންދަ، 65 ވުމުން އަސާސީ ޕެންޝަން. މި ފައިސާގަނޑު ބަހާތީ އަހަރެމެން އަތުން ޓެކްސް ނެގީ.

The name is already taken The name is available. Register?

ސުންދުސް

05 September 2024

ފައިސާ ހޯދަން ޓޫރިޒަމް ޓެކްސް ބޮޑުކުރީ 2023 ގައި. ޖީއެސްޓީ ވެސް ބޮޑުކުރީ 2023 ގައި. އެ ހުރިހާކަމެއްގެ ފައިދާ ލިބިހުރެ، އާމްދަނީ %33.3 އަށް އިތުރުވީއިރު ޚަރަދަށް %50 އިތުރުވީ. އަނެއްކާ ވެސް 95 ބޭފުޅުންގެ ވަފުދަކާ ޕްރައިވެޓް ނޫސްވެރިން ގޮވައިގެން ދުނިޔެބަލާފަ، އިންޑިއާ އައުޓް ގޮވާ. 2023 ގައި އޮގަސްޓަމަހު އިންޑިއާގެ 136،000 ޓޫރިސްޓުން އައި. މިއަހަރު އައީ އެންމެ 70،000 ޓޫރިސްޓުން. ޑެޕިއުޓީންނަށް މޮޔައިން ނަގާފަ އެމީހުން ބޭރުނުކޮށް ރާއްޖެ ބަނގުރޫޓް!

The name is already taken The name is available. Register?

އަދީބްބްރޯ

05 September 2024

އެއްމެ ބޮޑަށް ބޭރުފައިސާ ބޭނުންވަނީ ތެލަށް. ތެޔޮނެތިއްޔާ އިންޖީނުތަށް ހުއްޓިއްޖިޔާ ދެންވާނެގޮތް އިހްސާސްކޮއްލާ. ހަމަ ލަންކާއަށް ދިމާވިގޮތަށް މިދަނީ.

The name is already taken The name is available. Register?

އާދިލު ސަލީމު

05 September 2024

2022 ވަނަ އަހަރު ދަށަށް ގޮސްފައިވާ މިންވަރުން މިއަދާ ހަމައަށް އަރައި ނުގަނެވޭނެތާ 2022 ވަނަ އަހަރުގެ ދަރަނި ނުދައްކާ 2023 ވަނަ އަހަރު މަތިމައްޗަށް ސިއްރުންނާ ފާޅުގައި ހެސް ކިޔާފަ މީހުންނަށް ދައުލަތުގެ ފައިސާބބަހާ ބަދަލުދީ ލިޔެކިއުންތައް ކޮމްކްރީޓް މެޝިނަށް އަޅާ ދޮވެ ގަށާ ސިމެންތިޔަށް ހަދާ އެޅިތާކަށް އެލީމަކާ. ނުވިތާކަށް ދަރަނިވެސް ނެގީ ބޯވެސް ހިއްލާނުލާ. މެނޭޖު ކުރާށޭ ކިޔާފަ ރުފިޔާ ޗާޕުކުރިޔަސް ޑޮލަރ ނުލިބޭނެކަންވެސް ނޭނގުނުބައެއްއެއީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454