ކޮޓަރިއަކަށް ގެންގޮސް ކޭޝްކާޑާއި 53،000ރ. ފޭރުމުގައި އިސްކޮށް އުޅުނު އަންހެން މީހާ.-- ފޮޓޯ: ޕޮލިސް
06 ސެޕްޓެމްބަރ 2024 - 21:31
ފިރިހެނަކަށް ކޮޓަރިއަށް ދާން އަންހެނަކު ދައުވަތު ދިނުމަށްފަހު، އޭނާ އާއި އިތުރު މީހަކު ވެގެން އެ ފިރިހެންމީހާ އަތުން ބައިލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި އެވެ.
އެ މައްސަލާގައި އަންހެން މިހާގެ ވަނަވަރު ފުލުހުން އާންމުކޮށްފައިވާއިރު، ހައްޔަރުކޮށްފައިވަނީ އާއިޝަތު މަލްޖާ މޫސާ ދީދީ 27، ސ. މަރަދޫ، ކުންނާރުގެ އެވެ.
ޕޮލިހުން ބުނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު އައިޖީއެމްއެޗް ކައިރިން މަލްޖާ، ފިރިހެނަކު ހުއްޓުވާ އޭނާއަށް ކޮޓަރިއަށް ދިއުމަށް ދައުވަތު ދިނުމަށްފަހު، މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓްހައުސް އަކަށް އެ ފިރިހެން މީހާ ގެންދިޔަ ކަމަށެވެ.
ގެންގޮސް ދިވެހި އެހެން ފިރިހެނަކާ ބައިވެރިވެގެން، އެ މީހާ ރަހީނުކޮށް އޭނާގެ ފޯނާއި ކޭޝްކާޑު އަތުލައި އޭނާގެ އެކައުންޓުން 53،000ރ. ފޭރިގެންފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަަށެވެ.
މަލްޖާ މޫސާ ދީދީ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
މި ފަހުން މީހުން ތަންތަނަށް ވައްދައިގެން ފޭރުމާއި ބިރުދެއްކުމުގެ ކުށްތައް މާލެ ސަރަހައްދުގައި ވަނީ ގިނަވެފަ އެވެ. އެ އަމަލުތައް ހިންގަނީ ގްރޫޕް ހަދައިގެން ކަން ވެސް ފުލުހުން މިހާތަނަށް ހާމަކުރި މައުލޫމާތުތަކުން އެނގެ އެވެ.
މިދިޔަ ޖުލައި މަހު ވެސް ވަނީ މާލޭގެ ގެއަކަށް މީހަކު ވައްދައި، އެ މީހާ ބަރަހަނާކޮށް، ބިރު ދައްކައިގެން ކޭޝް ކާޑުގެ ޕިން ނަމްބަރު ހޯދުމަށް ފަހު އެކައުންޓްގައިވާ ފައިސާތައް ފޭރިފަ އެވެ. އެ ގެ އަކީ އެފަދަ މައްސަލަތަކުގެ ރެކޯޑު އޮންނަ ގެއެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަށި
08 September 2024
އިންވިޓޭޝާން ޤަބޫލުކޮށް ޒިނޭކުރުމުގެ ނިޔަތުގައި ކޮޓަރިއަށް ދިޔަ ފިރިހެން މީހާޔާ، މި އަންހެން މީހާ އާ އެއްބައިވި ފިރިހެން މީހާގެ ވަނަވަރު ސިއްރުކުރުމުގެ ފަހަތުގައި ވަނީ ކޮންކަހަލަ ހިކުމަތެއްތޯ؟
ކަރަމަނޖީ
08 September 2024
މާ އިނގިރޭސިވާން އުޅޭ ގޫބައްޑާތަށް މުޅި ރާއްޖެ ފަނާކޮށްފި.
ސާބަސް1
09 September 2024
ތިއަތޮޅު މީހަކު ދުވަހަކުވެސް ކުށެއް ނުކުރޭދޯ؟
މސޖނ
08 September 2024
ހަށިވިއްކާ މީހާގެ ހިދުމަތް ބަލައިގެނެ ކޮޓަރިއަށް ދިޔަ ފިފުހެން މީހަަ އަދި ފޭރުމުގައި ބައިވެރިވި ފިރިހެނާގެ ފޮޓޯ ނުޖެހީ ކީއްވެ
ގެދާނޯމޮސް
07 September 2024
ރެކޯޑް އޮންނަ ކަންވެސް އެނގިތިބެ އަޅާނެ ފިޔަވަޅު ނޭންގިތިބުމަކީ ޒިންމާދަރު ކަމެއްނޫނެވެ! މީ ވެރިންނަށް ގައްދާރު ވުމެވެ.! މުސާރަ ބޮޑުވެލާއިރަށް އުޅެގަންނާނެއެވެ.! ދެން ޚަރަދު ބޮޑުކޮށްލައިގެން ފޫނެބެއްދޭ ހިސާބުން ރެކޯޑްއޮންނަ ގެތަކާއި ކޭސްތަށް އިންތިހާއަށް ގިނަވާނެއެވެ. އެކަންވެސް މުސާރަ ބޮޑުކޮށްފެންނަން ފެށީމާ ފެންނާނެއެވެ. ޗ
ޕްރޮފެސާ އުގެއިލް ޕެރޮޑީ
07 September 2024
ކޮންމެ ރޮނގަކުން ބެލިޔަސް ހަމަ އައްޑޫ އުޅޭނީ ކުރީގަ :ޕ
ޖަމާލު
07 September 2024
އައްޑޫ، ހުވަދޫ ފުވައްމުލަކު މީހުންގެ ވަނަވަރު ހާމަކުރުން އަވަހީއެވެ. މިސާލަކަށް މިއަދު ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގި، އަދިވެސް ވަނަވަރެއްގެ ހިލަމެއް ނުވޭ.
ސާބެ
09 September 2024
އާބާދީ ބޮޑު ތަނަކުން ގިނަ ކަންކަމުގަ މީހުން އުޅޭނެކަން ނޭގޭތީ ދެރައީ. އެހެން ކޮންމެ އަތޮޅަކުން ކަމެއް ކުރިޔަސް އަތޮޅަށް ހަޖޫ ޖަހާ ތަނެއް ނުފެންނާނެ. ހަމަ އައްޑޫ ވީމަ ވަރަށް ފޯރި ހުންނާނެ
ޑައިވޭރސިޓީ އެންޑް އީލުއަލް ރައިޓްސް-
07 September 2024
ވަރަށް އުފާވެއްޖެ. އަންހެނުންނާ ފިރިހެނުންނާ ހަމަހަމަވާންޖެހޭނެއޭ އަބަދުވެސް ގޮވާ އަޑު އިވޭނީ. އެކަމަކު އެހެން ގޮވާ އަންހެން ކަނބަލުން، އަންހެނެއް ކުށެއްކުރީމަ އޭނަގެ ފޮޓޯ ޖަހާކަށް ސަޕޯރޓެއް ނުކުރާނެ. ވަރަށް އުފާވެއްޖެ މިފަހަރު އަންހެން ކުށްވެރިންނަށް ފިރިހެނުންނެކޭ އެއްގޮތަށް ހަމަހަމައަށް އަދަބު ލިބި، މުޖުތަމައުގެ އެންމެންނަށްވެސް މި މަންޖެޖެ ފޮޓޯ ފެނުނުކަން. ދެން މީނަ ދޫކޮއްލީމަ މީހުންނަށް އިނގޭނީ މީނަ ކައިރިން ސަލާމަތްވާން.
އާ ސަރުކާރު
07 September 2024
އާ ސަރުކާރު ބާ ވުމުގެ ކުރިން އާކަންތައް ތައް ތަޢާރަފް ވަމުން މިދަނީ. ސަރުކާރު ބަދަލުވެގެން ރައްޔިތު އެއްވެސްރައްޔިތަކަށް މަންފާއެއް ލިބިފައިވާނަމަ އެއީ ނަސީބުވެރި ފަރާތެއް.
އަޖާއިބާ
07 September 2024
މިކަމުގައި ބައިވެރިވި ފިރިހެން މީހާގެ ވަނަވަރު ހާމަނުކުރި ސަބަބު ފުލުހުންނަށް ބުނެދެވިދާނެތަ؟ އޭނާގެ ބައިވެރިވުމުގެ ވާހަކަ ބުނެލާފަ ނަން ހާމަނުކޮށް، އަންހެނަކު ބައިވެރިވީމާ ފިރިހެނުންގެ ސަމާލު ކަމަށްތަ އޭނަގެ ފޮޓޯއާ ވަނަވަރު ހާމަ ކުރީ؟ ދެން ތިޔަ ސިއްރުކޮށްދިން ފިރިހެންމީހާ އެހެން އަންހެނަކާ ގުޅިގެން ހަމަ ތިޔަ ޖަރީމާ ތަކުރާރު ކުރީމާ އަލުން އަންހެން މީހާގެ ފޮޓޯ އާއްމު ކުރާނީ؟؟
ކޮންކޮ
08 September 2024
ކޮއްކޯ ޒަމާނީ ގާނޫން ތަކުގަ އެޔަށް ކިޔާނީ ވިކްޓިމް ނުވަތަ އަނިޔާ ލިބުން މީހާ. ގާނޫނުންވެސް މަނާ ކަމެއް ވިކްޓިމްގެ ސިއްރު ހާމަކުރުން
ރަދީފްއޮފިޝަލް
07 September 2024
އަންހެނުންނަށް ވެސް ހުތުރު.
ރަދީފްއޮފިޝަލް
07 September 2024
ހާދަ ޗީޕް މީހެކޭ ދޯ ތި. ތިހެން ލިބޭ އިންވިޓޭޝަނަކަށް އަހަރުމެން ދުވަހަކުވެސް ނުގުޑާނެ. އެއަށްވުރެ އަހަރުމެންގެ އީމާންކަންވަރުގަދަ ވާނެ.
ކެނެޑީ
07 September 2024
ކޮމެންޓް ކުރާ ވަގުތު ހުރިހާ އެންމެންގެވެސް އީމާންކަން ވަރަށް ވަރުގަދަވާނެ.
ޑރ ވާންޗޯ
07 September 2024
އޭނަގެވެސް އީމާންކަން ހަމަ ތިހާވަރުގަދައޭ، އެހެންވެ އީމާންކަން ބާއްވާފަ އެކައުންޓް ދޮވެލީ!!!!!.