ރައީސް ޑރ. މުހައްމަދު މުއިއްޒު: ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލާއި ލާ މަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވަނީ ތަސްދީގު ކުރައްވާފައި --- ފޮޓޯ/ރައީސް އޮފީސް
08 ސެޕްޓެމްބަރ 2024 - 16:31
ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލާއި އިދާރީ ދާއިރާތައް ލާ މަރުކަޒީ އުސޫލު ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ބިނާވެށި ޕްލޭން ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. މި ބިލަށް އިދިކޮޅު އެމްޑީޕީގެ އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
ބިލްގައިވާ ގޮތުން ބިނާވެށި ޕްލޭން ކުރުމާއި ހިންގުމާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސެވެ. އަދި އެ ގާނޫނު ތަންފީޒު ކުރުމުގެ އިސް ޒިންމާ އަދާކުރާނީ ޕްލޭނިން މިނިސްޓަރު ކަމަށް އެ ބިލްގައިވެ އެވެ.
ބިނާވެށި ޕްލޭން ކުރުމުގެ ބިލްގެ މަގުސަދަކީ:
- އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަދި ތިމާވެށީގެ ގޮތުން އެކަށީގެންވާ ގޮތެއްގައި ބިން ތަރައްގީކޮށް ބެލެހެއްޓޭނެ ފަދައިން ބިނާވެށި ޕްލޭން ކުރަން މަގުފަހިކުރުން.
- ދެމެހެއްޓެނެވި ގޮތެއްގައި ބިމުގެ ބޭނުން ހިފޭނެ ގޮތަކަށް އަދި ހެޔޮ ގޮތުގައި ބިން ބޭނުން ކުރުމަށް މަގުފަހިވާނެ އުސޫލަކުން ބިނާވެށި ޕްލޭން ކުރުމުގެ އުސޫލުތައް ކަނޑައެޅުން
- އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ތަރައްގީ ކުރުމަށް މަގުފަހިވާނެ ގޮތަކަށް ބިނާވެށި ޕްލޭންކޮށް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން
- ބިނާވެށި ޕްލޭންކޮށް ތަަރައްގީ ކުރުމުގެ މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަން މަގުފަހިކުރުން. ލާ މަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ރަށްރަށުގެ ތަރައްގީ އާއި ބިންތައް ބޭނުން ކުރުމާބެހޭ ޕްލޭންތައް އެކުލަވާލުމާ ބެހޭ އުސޫލުތައް ހިމަނާފައިވާ ބިލެކެވެ.
ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލަށް އިދިކޮޅު އެމްޑީޕީއިން ވަރަށް ބޮޑަށް ފާޑުކިޔައިފައިވެ އެވެ. އަދި އެ ބިލުގެ ސަބަބުން ލާ މަރުކަޒީ އުސޫލާ ހިލާފަށް، ރައްޔިތުންގެ ބައިވެރިވުމެއް ނެތި ރަށްރަށުގެ ބިން ޕްލޭންކުރަން ސަރުކާރަށް ފުރުސަތު ލިބިގެންދާނެ ކަމަށް އެ ޕާޓީން ކުރިން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނީފް އިމްތިޔާޒް
08 September 2024
މި ބިލްގެ ހުރި ކަންކަމުން އިތުރަށް ރައްޔިތުންގެ ބަސް އިއްވޭނީ. އެމްޑީޕީ އިން މި ކިޔާ އެއްޗެއް ނޭނގޭ
ނުޖެހޭނެއޭ
08 September 2024
ރާއްޖެތެެރޭ ރަށެއްގައި ކައުންސިލަރުން ތިބެން ޖެހޭނެއޭ ރަށުއޮފީހުގައި އެންމެ މީހަކު ހުރުމުން ވާނެއޭ އެކަން އެގޮތަށް ނުވާ ބަޔަކު ތިބި ނަމަ ގެއަށް ކަނޑާލަންވީއޭ ޒަމާން ކުރިއަރައިގެން ގޮސް އައިއޯޓީ މެދުވެރިކޮށް ގިނަ އިދާރީ ކަންކަން ކުރެވޭނެއޭ ދެން ރާއްޖެތެރޭ ރަށެއްގެ ރަށުއޮފީސް ގައި ކުރަން މާބޮޑު ކަމެއް ނޯވެއޭ ކިއެއްކުރާ ކައުންސިލަރުންތޭ ރާއްޖެތެރޭ ރަށްތައް އެއީ ދައުލަތުގެ ބަޖެޓަށް ދިމާވެފައިވާ ބޮޑުދުއްޕާނެކޭ ހުރިހާ ރަށްތައް ފަޅުކޮށް އެކަން އިއުލާން
ކުރާކަމަކީދޯ
08 September 2024
ފުރަތަމަ ކަމަކީ ލާމަރުކަޒީ ނިޒާމް އެއީ އޮންނާން ޖެހޭނެ ނިޒާމެއް ނޫނޭ އެ ނިޒާމް ގެނައި ފަހުން ޔަގީނުން ވެސް މާލޭގެ ކަންކަން ދަނީ ގޯހުން ގޯހަށޭ މާލޭގައި އުޅޭ ބުޅާ ތަކަށް ދެ މޭޔަރުންނަށް ވެސް ހައްލެއް ނުގެނުވެނޭ މިސަރުކާރަށް ހީވަނީ ގަވާއިދާއި ގާނޫނު ނެތިގެން ކަމަށް ކަން ނުކުރެވިގެން އުޅެނީ ނޫން އެގޮތަށް ނޫން އެކަން އޮތީ މާލެ ސިޓީ ކައުންސިލް މެމްބަރުން އެކަމަށް ކުފޫވެސް ހަމަނުވަނީ އަދި އެމެން ކަންނެތް ވެފައި ކޮރަޕްޓީ އިންތިހާ އަށް މަގުވިއްކަނީ އެއީ
މަހުވެއި
08 September 2024
ބިނާވެށި އާއި ތިމާވެށީ މިއީ ދެ ބޫނުންގެ ދެދަރިތައް. ބަސް ހަދާބޭފުޚުންގެ މުސާރަ ބޮޑުވީތަ؟
އަމާން ރައްޖެ
08 September 2024
އެންމެ މުހިންމު ބިލަށް އަދިވެއް އެއްވެސް ސަމާލުކަމެއް ނުލިބޭ. އަމާންވެށި ބިލް. މިބިލްގެ މަގުސަދަކަށް ވާންވާނީ ގައުމުން ގޭންގާ ޕާޓޭން ނައްތާލުން. ދައި މިހެން ކިތަންމެ ބިލެއް ފާސްކުރިޔަސް އެކަމުން ރައްޔަތުންނަށް ލިބޭނެ ހިތްހަމަޖެހުމެއްނެތް މިކަން ނުކޮށް.
ބިގް މިސްޓޭކް
08 September 2024
ބިގް މިސްޓޭކް!
100%
09 September 2024
100%