ފުލުހުންގެ ތަހުގީގަށް ބަންދު ކޮށްފައިވާކަން އަންގައިދޭން ޓޭޕް ދަމާފައި.--
09 ސެޕްޓެމްބަރ 2024 - 10:33
މާލޭގެ ގެސްޓް ހައުސްއެއްގައި އުޅޭ މީހެއްގެ ހަބަރެއް ނުވެގެން އޭނާގެ ކޮޓަރިއަށް ފުލުހުން ވަދެ ބެލި އިރު ޒަހަމްވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
ޒަހަމްވެފައި އޮތް މީހާއަށް ފަރުވާދޭން އައިޖީއެމްއެޗަށް ގެންގޮސްފައި ވާއިރު އެތަނާ ހަވާލާދީ ފުލުހުން ބުނީ ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ.
ފުލުހުން ބުނި ގޮތުގައި ހެންވާރުގައި ހުންނަ ގެސްޓް ހައުސްއަކުން ޒަހަމްތަކަކާ އެކު ފެނުނު މީހާ އަކީ ދިވެހި ފިރިހެނެކެވެ. އެ މީހާ އަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި އެ މީހާ ޒަހަމްވެފައި އޮތީ ކޮން ގޮތަކުން ކަމެއް ވެސް ނުބުނެ އެވެ.
ފުލުހުން ބުނީ ހާދިސާ ހިނގި ތަނުގައި ފުލުހުންގެ ތަހުގީގު ޓީމު މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޓިން ބަޝީރު
09 September 2024
އެބުނާ މަޑުމައިތި އަމަން އަމާންކަމަށް ލޯބިކުރާ ދިވެހިން އުޅުނު ގައުމު މިވީގޮތެއް. ޖައްބާރުކަން އިންތިހާއަށްގޮސް ބިރުން ފިއްކަޑައިގެން ދާވަރުވެއްޖެ. ނޭގޭ މާދަމާ ކާކު ކޮންތާކުންކަމެއް ރާހީނުކޮށް އަނިޔާކޮށްލާލާފައި މަގުމައްޗަށް އެއްލާލާނީ. ފައިސާއަށް ކޮންމެއްކަމެއްކުރަންވެސް އެއްވެސް ޖެހިލުމެއްނުވޭ. ސީދާ މަގުމަތިން ނަގައިގެންގޮސް ތަންތަނަށް ވައްދަނީ.ފިރިހެނުންނާއެއްވަރަކަށް އަންހެނުންވެސް. ކުޑަކުދިންވެސް. ބަދުއަޚުލާގަށްގޮސް ގެއްލި ހުސްވެއްޖެ!
ކޮސް ދިވެހިން
09 September 2024
ކަލޭމެން ގެނައި ޑިމޮކްރަސީ ދޮންވެ ފައްކާވަނީ..
އަލިއެގެ ހުސެއިނާ
09 September 2024
މެކްސިކޯ އާއި ކަލަމްބިއާ އަށް ވުރެވެސް ރާއްޖެ މިހާރު މިއޮތީ ކުރީގަ.. ފިޔަވަޅު ނާޅާ ތިބިއްޔާ ދެން ދުވަސްކޮޅަކުން ހެއިޓީ އޮތް ހާލަތަށް ވެއްޓޭނެ.. ގޭންގް ތަޅާފޮޅުންތައް ގެސްޓްހައުސް ކޮޓަރިތަކުން މަގުމައްޗަށް ނުކުންނާނެ.. ގާނޫން ތަންފީޒު ނުކުރެވޭތީ މިހެން ވަނީ
ނިމުން
09 September 2024
މާލެ ތެރެ މިދަނީ ދުވަހަކަށް ވުރެއް ދުވަހެއް ބިރުވެރިވަމުން. އަޅެ މީގެ ތިރީހަކަށް އަހަރުކުރިން އެހާވެސް އަމާންވެރި ތަނެކޭ. އަހަރެން ހަމަ ކޮސް
ކަންބަލާ
09 September 2024
މި ޤައުމަށް ކިހިނެއްތަ މިވަނީ؟ މަގުމައްޗަށް ނުކުންނަން ބިރުގަނޭ މިހާރު.
ޖުންޖުލާސް
09 September 2024
ގޭންގުތަކުގެ "ހިސާބުގަނޑު" ގައި ހިންގާ ވަރަށް ގިނަ ކުދި ކަންމަތީ ފިހާރަތަކާ ސައިހޮޓާތަކާ ގަރާޖާ ގެސްޓު ހައުސް ތަކަކީ އެމީހުންނާ ގުޅުން އޮންނަ މީހުންގެ ނަންމަތީ ހިންގާ މަނީ ލޯންޑަރިން ވިޔަފާރިތައް. އަދި ވަރަށް ގިނަ ބިދޭސީން މި ހިންގަނީއޭ މިކިޔާ ފިހާރަތަކަކީ އެމީހުންނާ ގުޅުން އޮންނަ ތަންތަން. ރާއްޖޭގެ ގޭނގު ހަރަކާތްތައް ނުހުއްޓުވޭނެ ޑުރަގު ފަހާ ދުވާހާ ހިނދަކު. ބޮޑެތި މީހުން ޑުރަގުގަ އަތެއް ނުލާ. ދާންވީ ފައިސާ ފަހަތުން. އެކަން ކުރަން ގަޓެއް ނެތް.
މިހާލި
09 September 2024
މިގައުމުގަ ގިނަގެސްޓްހައުސް ތަކަކީ އެއްގޮތަކައް ވެސް ރެޖިސްޓަރނުކޮއް ހިންގަނީ ކޮން ބައެއްކަން ވެސް ނޭގި ހިންގާ ތަންތަން.މޮނިޓަރ ކުރެވޭނެ ކެމެރާއެއް ނުހުރޭ.ކުރަނީ މަސްތުވާތަކެތީގެ ވިޔަފާރިއާ ހަށިވިއްކުން.
އެ އަމާން ގައުމު
09 September 2024
ގައުމުގެ ތަރައްގީވަނީ ހައްދުން ނައްޓައިފި.
ތުއްތޭ
09 September 2024
ގެސްޓް ހައުސްތަކުގަ ހުންނަން ޖެހޭނެ ވަދެނުކުމެ ހަދާމީހުންގެ މައުލޫމާތާ ވީޑިޔޯ ފުޓޭޖް. އަވަށްޓެރި ގައުމުތަކުގަ ވެސް ވަރަށް ރަނގަޅަށް ބަލަހައްޓާކަމެއް އެއީ. މި ރާއްޖޭގެ ހާލަތު ރަނގަޅުކުރެވޭނީ ތަންފީޒީ އިދާރާތައް ހަރުކަށިވެ މޫނެއް ކަނދުރަޔަށް ނުބަލާ ގާނޫނުތައް ތަންފީޒުކޮށްގެން. އެމްޕީއެއްގެ ގުޅުން އޮތީމަ ވަކި ތާކަށް ވަކި މީހަކަށް ގޮތެއް ނަހަދާ އެންމެން މައްޗަށް ގާނޫނު ހިންގައިގެން
ހާސަރު
09 September 2024
މިދިވެހި ރާއްޖޭގެ އަދުގެ ހާލާމެދު ކަންބޮޑުވެ މިނޫންހާލަތަކަށް ގައުމު ބަދަލުވާން އޮތީ މޫނަށް ކަދުރާއަށް ނުބަލާ މަސްތުވާތަކެއްޗާއި ގޭންގްތައް މައިތިރި ކޮށްގެން. މިނިސްޓަރ އިހްސާނަށް ފުރިހަމަ ބާރުދެއްވާ.
ދިޔަރެސް
09 September 2024
މާލޭ ގެސްޓްހައުސެއްގައި އުޅޭ މީހެއްގެ ޚަބަރެއްނުވާކަން އެނގުނީ ކާކަށްބާ؟ ފުލުހުންނަށް ރިޕޯޓްކޮށްގެންތާ ފުލުހުން ދާނީ! މިޤައުމަށް މިވަނީ ކީއްތޯ؟؟ ހާދަހާވާ ހިތާމައިން ފުރިގެންވާ ޚަބަރުތަކެކޭ. ތިޔަ މީހާ ޒަޚަމްވެފައި އޮންނަތާ ކިތައް ދުވަސްވެއްޖެތޯ؟ ތީކީ މިއަދަކު ވީކަމެއްހެން ހީނުވޭ.