ރިޕޯޓް

ވޭޕާ ދެކޮޅަށް ފިޔަވަޅެއް އަޅަން ކެރޭނީ ކޮން ބަޔަކަށް!؟

މިނިސްޓަރު ވިދާޅުވީ، ވޭޕްގެ މައްސަލަ އަށް ހައްލެއް ގެނައުމަށް ހެލްތާއި ހޯމް މިނިސްޓްރީ އާއި ޓޮކޭބޯ ކޮންޓްރޯލް ބޯޑު ގުޅިގެން ރައީސްގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރާ ކަމަށް.

މީހަކު ވޭޕްކުރަނީ. ވޭޕްގެ ސަބަބުން ފުއްޕާމެއަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށް އެތައް ދިރާސާއަކުން ވަނީ ދައްކާފައި.-

12 ސެޕްޓެމްބަރ 2024 - 09:11

34 comments

ވޭޕްގެ ސަބަބުން ލިބޭ ގެއްލުންތައް އިންތިހާ އަށް ބޮޑުވުމުން އެއާ ދެކޮޅަށް ފިޔަވަޅު އަޅާ ސަރުކާރުތައް މަދެއް ނޫނެވެ. ރާއްޖެ އަށް ވުރެ މާ ބޮޑެތި ގައުމުތަކުން ވެސް ވޭޕް މަނާކޮށް އޭގެ ނުރައްކާތެރިކަން އަންގަމުން އަންނައިރު ދިވެހިން ތިބީ ހިމޭނުންނެވެ. އެކަން ދޫކޮށްލެވުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި މުޖުތަމައަށް ވެސް ވޭޕްގެ ނުރައްކާތެރިކަން ބޮޑުވެ، ހާއްސަކޮށް ޒުވާނުން މިއަދު ވެފައި ވަނީ އެއާ ނުލައި ނޫޅެވޭ ބައެއްގެ ގޮތުގަ އެވެ.

ކިޔަވާ ކުދިން ވެސް އެއީ ޒަމާނީ ފެޝަން ކަމެއްގެ ގޮތުގައި ދެކި ސްކޫލް މާހައުލަށް ވެސް އެ ތައާރަފު ކުރަން ފަށައިފި އެވެ. ބެލެނިވެރިން އެ ކުދިންނަށް ހަދިޔާއެއްގެ ގޮތުގައި ވެސް މިއަދު ދެނީ ވޭޕް ކާޓްރިޖެވެ. އެހާ ވެސް ވަރަށް މިކަން ވަނީ ދޫވެފަ އެވެ.

މި ހުރިހާ ކަމެއް ވާއިރު، ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް ކަމެއް ވެގެން އުޅޭ ހެން ވެސް ހީއެއް ނުވެ އެވެ. އެންމެ ކުޑަމިނުން ވޭޕް އެތެރެކުރުން ހަރުކަށި ކުރުމުގެ ވާހަކަތަކެއް ވެސް ގައުމީ ފެންވަރުގައި ދައްކަން ކެރޭ ބަޔަކު ނެތެވެ. ވޭޕްގެ ސަބަބުން ލިބޭ ގެއްލުންތައް އެހެން ގައުމުތަކުގައި ބޮޑު ކެމްޕެއިނެއްގެ ގޮތުގައި ކިޔައިދޭއިރު އެ ވަރުގެ ކަމެއް އެހާ ފުޅާކޮށް ހިންގަން ވެސް ނުކެރެ އެވެ. މިދިޔަ ހުރިހާ ސަރުކާރެއްގައި މިކަން އޮތީ މިހެންނެވެ.

ދާދި ފަހުން އިނގިރޭސި ވިލާތުގައި އިސް ޑޮކްޓަރުންގެ ޓީމަކުން ވެސް އެ ގައުމުގެ ސަރުކާރަށް ގޮވާލާފައި ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމަށް އިނގިރޭސި ވިލާތުގައި އަޅަމުން ގެންދާ ފިޔަވަޅުތައް ވޭޕާ ދެކޮޅަށް ވެސް އެޅުމަށެވެ. ހާއްސަކޮށް ޒުވާނުން އެކަމުން ސަލާމަތް ކުރުމަށް، ޑިސްޕޮސަބުލް އީސިގިރެޓާއި އޭގެ ފްލޭވާތައް މަނާކުރުމަށް ޑޮކްޓަރުންގެ ހާއްސަ ޓީމުން ގޮވައިލި އެވެ.

ޒަމާނާއެކު ދުންފަތް ބޭނުންކުރުމުގެ ވައްޓަފާޅި ވެސް ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. އެއާއެކު، ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުން ދަނީ ފޯރީގައި ވޭޕް ބޭނުންކުރުމާއި އެތެރެކުރުން މަނާކުރަމުންނެވެ. ރާއްޖެއާ އަވަށްޓެރި އިންޑިއާ އަދި ތައިލެންޑުގައި ވޭޕާއި އީ-ސިނގިރޭޓް ބޭނުންކުރުން މަނާކުރީ ސަބަބެއް ނެތި އެއް ނޫނެވެ. ހުރިހާ ކަމެއްގައި ސިންގަޕޫރު މިސާލު ނަގާ ނަމަ ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރިތާ އެތައް ދުވަހެއް ވާނެ އެވެ.ެ.

ވޭޕާ ދެކޮޅަށް ރާއްޖޭގައި ފިޔަވަޅުތައް ނޭޅުމުގެ ނާޖާއިޒު ފައިދާ ދިވެހިން މިހާރު ވެސް ނަގައިފި އެވެ. އެއްވެސް ހައްދެއް ނެތި އެ ބޭނުންކުރުން އާންމުވެ، އޭގެ ތެރެއަށް މަސްތުވާތަކެތި އަޅައިގެން ވެސް ބޭނުންކުރެ އެވެ. މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އިންފިއުޒް ކޮށްފައި ހުންނަ ވޭޕް ވެސް ރާއްޖޭގައި ގެންގުޅެ އެވ.

ބައެއް ބެލެނިވެރިން އެބަދޭ ދަމުން ކާޓްރިޖް ގަނެގެން ކުދިންނަށް ދޭން. ބެލެނިވެރިން ވެސް ވިސްނަންވީ ކަމެއް މިއީ. އާއްމު އުސޫލުން ބޭނުންކުރާ ވޭޕެއް ނޫން ރާއްޖޭގައި މިހާރު މި ފެންނަނީ. އޭގެ ތެރޭގައި އެބަ ގިނަވޭ މަސްތުވާތަކެތި ވަދެގެންދާތަން،"--- އިހުސާން

ފުއްޕާމޭގެ ބަލިތަކުގެ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި، ވޭޕް ބޭނުންކުރުމާއި އެތެރެކުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި މަނާކުރަމުން އަންނަ ގޮތަށް ރާއްޖެ އިން ވެސް މަނާކުރަންޖެހޭ ކަމަށެވެ. އޭގެ ސަބަބުތައް ވެސް، މައްސަލައިގެ ގޮތުން ނަން ނުޖަހަން އެދި ވާހަކަ ދެއްކެވި ޑޮކްޓަރު ކިޔައި ދެއްވި އެވެ.

"ވޭޕްގެ ސަބަބުން ފުއްޕާމެއަށާއި ސިއްހަތަށް ކުރާ ނޭދެވޭ އަސަރަކީ އޭގެ އެއް ހެކި. އެނގިގެން އަދި ނޭނގި ނަމަވެސް އެ ކުރާ އަސަރުތަކަކީ ގައުމުތަކުން ވޭޕް ބޭން ކުރާ ސަބަބު،"އޭނާ ވިދާޅުވި އެވެ.

"މި އަށް ވުރެ ސީރިއަސްކޮށް މިކަން އެބަޖެހޭ ނަގަން."

ޑޮކްޓަރު ވިދާޅުވި ގޮތުގައި ވޭޕް ބޭނުންކުރުމުގެ ސަބަބުން ސިއްހަތަށް ދިގު މުއްދަތަކަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި ވަރަށް އަލެވެ. އެކަމަކު ވޭޕް ކޮށްގެން ކުއްލިއަކަށް މީހުންގެ ފުއްޕާމޭ ޕަންޗަރަށް ގޮސް، ދިޔަ އާއި ލޭ ފުއްޕާމެއަށް އަށް ލީކުވެ، ކުއްލިއަކަށް ނޭވާލާ ނިޒާމު ފެއިލްވުމުގެ ސަބަބުން ފަރުވާ އަށް ވެންޓިލޭޓަރުގެ އެހީތެރިކަން ބޭނުންވެ އެވެ.

ސިނގިރޭޓަށް ވުރެ ގެއްލުން ކުޑަ ކަމަށް ހީކޮށް ގިނަ މީހުން ބޭނުންކުރާ ވޭޕުން ވެސް މީހާގެ ނޭވާލާ ނިޒާމާއި ފުއްޕާމެއަށް ހީނުކުރާ ގެއްލުން ލިބޭ ކަމަށް އެ ޑޮކްޓަރު ވިދާޅުވި އެވެ.

"ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިނގިރޭޓުން ލިބޭ ގެއްލުމާ އަޅާބަލާއިރު ވޭޕް ކުރުމުގެ ސަބަބުން މައްސަލަތައް ގޯސްވާ ތަން އަޅުގަނޑުމެންނަށް ފެނިއްޖެ. ވޭޕަކީ އަދި ވެސް އާ އެއްޗެއް، ވީމާ އޭގެ ސަބަބުން ދިގު މުއްދަތަށް ކުރާ އަސަރުތައް އަދިވެސް އެއްކޮށް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު ސިނގިރޭޓް ބުއިމަށް ވުރެ ވޭޕް ކުރުން ރަނގަޅެއް ނޫންކަން ޔަގީން. ސިނގިރޭޓުން ދިގު މުއްދަތަކަށް ލިބޭ ގެއްލުންތައް ދެނެގަންނަން އެތައް އަހަރެއް ނެގި. ވޭޕް ކޮށްގެން އެ އަށް ވުރެ ގޯސްވެދާނެ."

މޭގައި މާ ބޮޑަށް ފެން ހެދިއްޖެ ނަމަ ނުވަތަ ލޭ ހުރެއްޖެ ނަމަ އެ ފެންތައް ނުވަތަ ލޭތައް ބޭރުކުރަން މެއަށް ހޮޅިއެއް ލައްވަން ޖެހެ އެވެ. "މިހާރު" އާ ވާހަކަ ދެއްކެވި ޑޮކްޓަރު ވިދާޅުވި ގޮތުގައި ވޭޕް ކުރުމުގެ ސަބަބުން ވެސް ފުއްޕާމޭ ފަޅައިގެން ގޮސް އެގޮތަށް މެއަށް ލޭ ފައިބަ އެވެ. ރާއްޖޭގައި ފާއިތުވި ދެ އަހަރުގެ ތެރޭގައި ދެ ޒުވާނަކަށް ވަނީ އެ ފަރުވާ ދޭން ޖެހިފަ އެވެ.

"ހިސްޓްރީ ބަލާލިއިރު ވަރަށް ގަދައަށް ވޭޕް ބޭނުންކުރާ ދެ މީހުންނަށް ވަނީ،" ޑޮކްޓަރު ވިދާޅުވި އެވެ.

ވޭޕްގެ ސަަބަބުން ކުރިމަތިވާ ސިއްހީ ގެއްލުންތަކުގެ ވާހަކަ ޑޮކްޓަރުންނަށް އެނގެ އެވެ. ބައެއް ޑޮކްޓަރުން ފާޅުގައި އެ ވާހަކަތައް ދެއްކެވިޔަސް ސިޔާސަތު ރާވާ އިދާރާތަކާއި ވެރިންގެ ވިސްނުން ސާފު ނުވާތީ ގިނަ ޑޮކްޓަރުން ތިއްބެވީ ހިމޭނުންނެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިދިޔަ ޖުލައި މަހު ފަހުކޮޅު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ 50 ގައުމެއްގައި މިހާރު ވެސް ވޭޕް މަނާކޮށްފައިވާ ކަމަށެވެ. މި ސަރަހައްދުގެ 11 ގައުމުގެ ތެރެއިން ހަތް ގައުމަކުން ވޭޕް ބޭން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސަރުކާރުން އެ ޑިސިޝަން ނަގަން ތައްޔާރުވަމުން ދަނީ. އަޅުގަނޑުގެ ޕާސަނަލް ވިސްނުމަކީ ވޭޕް ބޭން ކުރަންޖެހެއޭ. އެކަމަކު، އެ ޑިސިޝަން ނަގާނީ ރާއްޖޭގެ ކެބިނެޓުން. އަޅުގަނޑު ހުށަހަޅާނަން އިރާދަކުރެއްވިއްޔާ އެ ޑިސިޝަން ނެގުމަށްޓަކައި،" އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ވޭޕް މަނާކުރުމަށް ހޯމް މިނިސްޓްރީން އިސްނަގަނީ ވޭޕް ކާޓްރިޖްގެ ތެރެއަށް ޑްރަގް އަޅައިގެން ބޭނުންކުރާތީ އެވެ. އެކަމުގެ ތެރެއަށް ކުޑަކުދިން ރެކްރޫޓް ކުރަން ފުރުސަތުގައި ލިބޭ ކަމަށާއި މިހާރު ކުރިއަށް ގެންދާ ޑްރަގް އޮޕަރޭޝަންތަކުގައި ވޭޕް ސްޓިކްގައި ޑްރަގް ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ބެލެނިވެރިން އެބަދޭ ދަމުން ކާޓްރިޖް ގަނެގެން ކުދިންނަށް ދޭން. ބެލެނިވެރިން ވެސް ވިސްނަންވީ ކަމެއް މިއީ. އާއްމު އުސޫލުން ބޭނުންކުރާ ވޭޕެއް ނޫން ރާއްޖޭގައި މިހާރު މި ފެންނަނީ. އޭގެ ތެރޭގައި އެބަ ގިނަވޭ މަސްތުވާތަކެތި ވަދެގެންދާތަން،" މިނިސްޓަރު ވިދާޅުވި އެވެ.

"ވޭޕްގެ މައްސަލަ އަށް ހައްލެއް ގެނައުމަށް ހެލްތު މިނިސްޓްރީ އާއި އަޅުގަނޑުމެންނާއި ޓޮކޭބޯ ކޮންޓްރޯލް ބޯޑާއި ހުރިހާ އެންމެން މަސައްކަތް ކުރެ އެބަ ރައީސުލްޖުމްހޫރިއްޔާގެ ޑައިރެކްޝަނާ އެކު."

އެކަމަކު ސިނގިރޭޓް ބުއިމަށް ވުރެ ވޭޕް ކުރުން ރަނގަޅެއް ނޫންކަން ޔަގީން. ސިނގިރޭޓުން ދިގު މުއްދަތަކަށް ލިބޭ ގެއްލުންތައް ދެނެގަންނަން އެތައް އަހަރެއް ނެގި. ވޭޕް ކޮށްގެން އެ އަށް ވުރެ ގޯސްވެދާނެ."---- ޑޮކްޓަރެއް

މިނިސްޓަރު އިހުސާން އެ ވިދާޅުވާ ކަންކަން މިހާރު ބޭނުންވަނީ އަމަލީ ގޮތުން ކުރުމެވެ. ކިތަންމެ ގިނައިން ވާހަކަތައް ދެއްކިދާނެ އެވެ. އޭރުން ވަގުތު ފާއިތުވާނީ އެވެ. އިހުސާންގެ ވާހަކަތަކަށް އެކަނި ބެލިޔަސް ކަންކަން މި ވަނީ ބޮއްސުންލައިގެން ގޮސްފަ އެވެ.

ކަސްޓަމްސް އިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު 2018 އިން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް 124،342،915ރ. ގެ ވޭޕާއި އީ-ސިނގިރޭޓް ރާއްޖެއަށް އެތެރެކޮށްފައިވެ އެވެ. އެ އަދަދު، މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް ހުރީ 19.7 މިލިއަން ރުފިޔާ އެވެ. އަދި 2018-2023 އަށް ހުރީ 104،564 މިލިއަން ރުފިޔާގަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަންދާޒާކުރާ ގޮތުގައި ހަތަރު ލައްކަ މީހުން ވެސް ހަމަނުވާ މި ކުޑަ އާބާދީގައި ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން ކޮންމެ އަހަރަކު 150 މީހުން މަރުވާނެ އެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމުގައި ސަރުކާރުތަކުން ވަނީ ފަހަތު ފަޔަށް ބުރަވެފަ އެވެ. ދުންފަތާއި ވޭޕް ބޭނުންކުރާވަރު އިތުރުވެ، އާއްމުންގެ ސިއްހަތަށް އެތައް ގެއްލުމެއް ލިބޭއިރު ވެސް ސީރިއަސް ގޮތެއްގައި މިކަން ނަގާ ތަނެއް ނުފެނެ އެވެ. އެހެން ނޫން ނަމަ ނުރައްކަލުގެ ރަނގަބީލުގެ އަޑު ކަނޑައިގެން ދިއުމުގެ ކުރިން ކޮންމެ ވެސް ފިޔަވަޅެއް އަޅާނެ އެވެ.

34 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 43%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 43%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދުންޔާ122336

14 September 2024

ވޭޕް މަނާ ނުކުރެވޭނެ، ސިގުރޭޓް މަނާނުކުރެވުން ބަޔަކަށް. ވަރަށް ސަލާމް

The name is already taken The name is available. Register?

ސިންދު

12 September 2024

މި ބޯ އަންހެންކުދިން ތިބެނީ މަވަރެއް ނެތިފަ.

The name is already taken The name is available. Register?

ތިމާވެށި

12 September 2024

ރާއްޖެ އަކީ ވ ކުޑަ އާބާދީ އެކެވެ. ސަރުކާރުން ބޭނުން ވީމަ ވޭޕް ވެސް މަނާ ކުރެވޭނެ އެވެ. މިއީ އެކަން ކުރަން ފަސޭހަ ވާނެ ވަގުތެކެވެ. އިންތިހާބެއް ވެސް ނެތެވެ.

The name is already taken The name is available. Register?

މޯޑް

12 September 2024

ސުކޫލުކުދިން އެއްމެ ގިނައިން ބޭނުން ކުރަނި އަންހެން ކުދިން ބޯހެން ގިނަހެން ހީވޭ. އާންމް ތަންތާވެސް ބޮނީ ހަޔާތެއް ނުހުރޭ

The name is already taken The name is available. Register?

އާަރިފް

12 September 2024

ޒުވާނުން މިއަދު މިވަނީ އެއާނުލާ ނޫޅެވޭބަޔަކަށްވެފަ. ކިޔަވާ ކުދިންވެސް އެއީ ޒަމާނީ ފެށަނެއްގޮތުގަ ދެކި ސުކޫލް މާހައުލަށްވެސް ވޭޕް ތައާރަފްކޮށްފި.

The name is already taken The name is available. Register?

ކޮރަލް

12 September 2024

މަޖިލީސް މެމްބަރުން ވިޔަފާރިވެރިންނަާ ގުޅިގެން ކުރާ ކަންކަން. ކިހިނެއް ހުއްޓުވާނީ؟

The name is already taken The name is available. Register?

ޅަހުއްތުބެ

12 September 2024

ވޭޕު މަނާ ކުރަންޏާ ސިނގިރެޓުވެސް ޖެހެނީ މަނާ ކުރަން.

The name is already taken The name is available. Register?

ޑރ މާދަރީ އިދްެީސް

12 September 2024

މި ސަރުކާރުން ފިޔަވަޅު އަޅަން ނިންމިކަމުގެ ސިގްނަލެއް

The name is already taken The name is available. Register?

ޙަޒްނާ

12 September 2024

މަގުމަތީގައި ވެސް މި ދުމުގެ ދުއްޕާން ޖެހޭ.މަނާ ކުރޭ

The name is already taken The name is available. Register?

ލަތީފާ

12 September 2024

އެއްކަމެއްވެސް ނުކުރާނެ! ބަލަން ތިބޭ! ކީއްވެ؟ ކަންކަން ކުރަންވެސް ނޭގެނީ. ފޮލިސް، ހެލްތް މިނިސްޓްރީ ކަހަލަ ތަންތަން ހަމަ ކަންނެތްވެފައި ނާގާބިލްއީ! ރައީސް (މިހާ ތަނަށް އައި ހުރިހާ) އުންވެސް އިހްލާސްތެރިކަން ނެތީ! ތައުލީމީ، ތަޖުރިބާހުރި، ހިއްވަރު ހުރި ގާބިލް މީހުންނަށް ވުރެ ސޯޝަލް މީޑިޔާގަ އަޑުގަދަކުރާ މީހުން ރައީސް އާއި ގާތްވުން އަދި އަދަބު އަހްލާގު ނެތުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454