ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް
11 ސެޕްޓެމްބަރ 2024 - 21:21
ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީ އައްބާސް ޝަރީފު އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފި އެވެ.
މަޖިލީހުގައި ދައުރުން ބޭރުން މިރޭ ބޭއްވި ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު އިއްވައިފަ އެވެ. އެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ޕީޖީގެ މަގާމް މިދިޔަ މަހު 22 ގައި ހުސްވެފައިވާތީ އެ މަގާމަށް އައްބާސްގެ ނަން އެކަނި ހުށަހަޅާ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ވެސް ސިޓީގައި ހިމަނާފައިވެ އެވެ. އެ ބޭފުޅުންނަކީ؛
- މަރްޔަމް ނިހާޔަތު، މ. ތާޖް
- އަހްމަދު ހައިލަމް، އޯޝަންލީޑް/ހިތަދޫ
- އަލީ ސަމީރު، މއ. ވޭސައިޑް 610 ފްލެޓް
- އަހްމަދު ޔާމީން، ހ. ދިއްލީގެ
- އިބްރާހިމް އަލީ، ހުޅުމާލެ ހިޔާ 6-13-02
ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީ އަށް ފޮނުއްވައިފަ އެވެ.
އެ މަސައްކަތް ނިންމަން މިރޭ 9:30 ގައި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.
ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ފުރަތަމަ ފަހަރަށް ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމަށް 50 މެންބަރުން ސޮއި ކުރައްވައި ހުށަހެޅުމުން މިރޭ ބޭއްވި ފުރަތަމަ ޖަލްސާގައި ޕީޖީ އައްޔަން ކުރަން ނަން ފޮނުވުމުގެ އިތުރުން ކުންފުނީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުން ވަނީ ހިމަނާފަ އެވެ.
އެ މައްސަލާގައި އިތުރު ޖަލްސާއެއް މާދަމާ ބާއްވާނެ ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި އެވެ.
އައްބާސަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލުކުރައްވާފައިވާ އަދި ބޮޑެތި ގިނަ މައްސަަލަތަކެއްގައި މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ވަކީލެކެވެ. އޭނާ ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުއްގައްޔޫމާއި އަބްދުﷲ ޔާމީންގެ ވަކީލުކަން ވެސް ކުރައްވައިފަ އެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވި އެވެ.
މިހާތަނަށް ރާއްޖޭގެ އެއްވެސް ޕީޖީއަކަށް ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. ކުރީގެ ޕީޖީ އަހުމަދު މުއިއްޒާއި މުހުތާޒު މުހުސިން އަދި އައިޝަތު ބިޝާމް ވެސް ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅޮސް
12 September 2024
ކުރިން ފަނޑިޔާރުކަން ކޮށްފަ ހުއްޓަސް މިއީ ކޮލިފައިޑް މީހެއް ނޫން. 2015 ގައި ރިޓަޔަރ ކުރި ފަހުން ކީއްބާ ކުރީ؟
ކަރީމާ އަބުދުލް ކަރީމް
12 September 2024
ހައި ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އައްބާސް ޝަރީފު އަމިއްލަފުޅަށް ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވައި ރިޓަޔަރމަންޓް ޕެކޭޖް ހޯއްދެވުމަށްފަހު އަލުން ދައުލަތުގެ މަގާމަކަށް އައުމަކީ ބޮޑު މައްސަލައެކެވެ. ރިޓަޔަރމަންޓުން ނެގި ފައިސާ އަނބުރާ ދައުލަތަށް ދައްކަންޖެހޭނެކަމަށް ދެކެމެވެ.
ސިމާ
12 September 2024
ރައީސް އޮފީހުން ޕީޖީގެ މަގާމަށް އައިމަ މިނިވަންވާނެ ވަރުން ދުލުން ގަލަމުން ބަޔާންކުރަން ދަތިވާނެ. އައްބާސް އެއްވެސް ޖިނާއީ މައްސަލައެއްގަ މިފަހުން ވަކާލާތު ކުރިބާ؟ ދައުލަތުން އެންމެ މަތީ ޕްރޮސެކިއުޓަރަށް ހުންނަންޖެހޭނީ މަސައްކަތުގެ ތަޖުރިބާ ހުރި ޤާނޫނަށް ފަރިތަ މީހެއް. މީގެ އެތަށް އަހަރެއް ކުރިން ފަނޑިޔާރަކަށް ހުރުމަކީ ގާބިލުކަން ސާބިތުކޮށްދޭކަމެއްނޫން. މިސަރުކާރުންވެސް ސިޔާސީ ދައުވާތަކެއް ކުރާނެކަމުގެ ކޮޅުމަތި މިފެންނަނީ
ކުޑަވަކީލު
12 September 2024
ސިޔާސީ މަގާމެއްގަ ހުރި ބޭފުޅަކު ޕީޖީގެ މަގާމަށް އައްޔަންކުރުމަށް މަސައްކަތްކުރުމަކީ ވަރަށް ބޮޑު ނުރައްކަލުގެ ނިޝާނެއް. ސަރުކާރުގެ ކޮންޓްރޯލް އޮވެ ޖުޑިޝަރީއަށް ދެން އަންނާނީ ހަމަ އެމްޑީޕީގެ ބާރުގައި ކަން ހިނގިގޮތަށް ސިޔާސީ ނުފޫޒާއި ބާރުގަ އަންނަ މީހުންކަމަށް ބެލެވޭ. ގާބިލު އެހެން ބޭފުޅުން ތިއްބާ އާ ގާނޫނުލްއުގޫބާތާއި ޖިނާއީ އިޖުރާއަތުގެ އެއްވެސް ތަޖުރިބާއެއް ނެތް ސިޔާސީ ބޭފުޅެއް މިމަގާމަށް ގެނައުމަކީ ޕީޖީގެ މިނިވަންކަން ނޯންނާނެކަމުގެ ހެއްކެއް
ބަޖިޔަލެއް
12 September 2024
ކަލޯ އަލަށްތަ ސިޔާސީ މީހަކު ޕީޖީ ކަމަށް އައީ
ގުޅައެއް
12 September 2024
ބަޖިޔަލާ، ސިޔާސީ މަގާމެއްގަ ހުރެފަ ސީދާ އައުމާ ސިޔާސީ މީހަކު އައުމާ ތަފާތުދޯ. އައްބާސްއަކީ ވެސް މާ ސިޔާސީ މަސައްކަތްތަކެއް ކުރާ މީހެއްނޫން. ސިޔާސީ ސިޔާސީ މީހެއް ނާދެ އަދި ޕީޖީއަކަށް. އެކަމު ސިޔާސީ މަގާމެއްގަ ހުރެ އައުން ކަމުނުދަނީ. މާނިއު ފަނޑިޔާރަކަށް ދިއުންވެސް ކަމުނުދަނީ ޖޭއެސްސީ މެންބަރަކަށް އިނދެ ހައިކޯޓަށް ފުންމާލީމަ. އެވެސް ތަޖުރިބާއެއްނެތި
ކަވާބެއް
12 September 2024
ކަލޯ. ސިޔާސީ މަގާމެއްގެ ހުރެފާ ބިޝާމްވެސް ދިޔައީ . ނޭނގޭ ވާހަކަ ނުދައްކަބަލަ.