ފްލެޓެއް ތެރޭ ރޮމުންދިޔަ އަންހެނަކު ސަލާމަތްކޮށް، އެ މައްސަލާގައި ހައްޔަރުކުރި ދެ މީހުން. -- ފޮޓޯ | ޕޮލިސް
13 ސެޕްޓެމްބަރ 2024 - 22:56
ހިޔާ ފްލެޓެއްގެ ތެރޭގައި އަންހެނަކު އެހީއަށް އެދި ރޮމުން ދިޔަ އަޑު އިވިގެން ފުލުހުން އެ ތަނަށް ވަދެ އޭނާ ސަލާމަތްކޮށް ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ހިޔާގެ އެޕާޓްމެންޓެއްގެ ތެރޭގައި އަންހެނަކު ސަލާމަތަށް އެދި ގޮވަމުން ދިޔައީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އޭނާ ރޯ އަޑު އިވިގެން އެތަނަށް ދިއުމުން، ފިރިހެނަކު ދޮރު ހުޅުވުމަށް ފަހު އެއްވެސް ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރު ލައްޕާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އޭގެ ފަހުން ވެސް އަންހެންމީހާ ސަލާމަތަށް އެދި ހަޅޭއްލަވާ އަޑު އިވުނު ކަމަށެވެ.
އަންހެން މީހާ ރޯ ސަބަބެއް ބަލަން ދޮރު ހުޅުވަން ތަކުރާރުކޮށް އެދުމުން ވެސް ފަހުން ދޮރެއް ނުހުޅުވި އެވެ. އެހެންވެ، ފުލުހުން އެތަނަށް ވަނީ ބާރުގެ ބޭނުންކޮށްގެން އެޕާޓްމެންޓްގެ ދޮރު ހުޅުވައިގެންނެވެ.
ފުލުހުން ބުނީ އަންހެން މީހާ ސަލާމަތްކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ލާމިޔާ، އަހުމަދު އުވައިސް އަދި މއ. ތްރީމޫންސް، މުހައްމަދު މުމީތެވެ.
މި ދެ މީހުންނާ އަންހެން މީހާއާ އޮންނަ ގުޅުމެއް އަދި އަންހެން މީހާއަށް އަނިޔާދިން ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
14 September 2024
ކޯޓް ލާފަ ހުންނަ މީހުންނަށް މިކަހަލަ މީހުންގެ ފަރާތުން ކޯޓް އަށް ދިޔައީމަ ވ ގިނަ ފައިސާ ލިބެ އެވެ.
ޝުކޫ
14 September 2024
ތިޔަ ދެ މީހުން ގެންގޮސްފައި ހުދުފޮށައެއް ތަޅާލާހެން ނިކަން ދޮވެލަބަލަ. ސަލާމަތްކުރާށޭ ކިޔާފައި ރޯވަރުކޮށްލަބަލަ. ހިންދީ ފިލްމުތަކުގައި އުޅޭ އިންސްޕެކްޓަރުންނާ ހަވާލު ކުރަންވީ
ރާއްޖެ
14 September 2024
އެންމެ ފުރަތަމަ އެތަނަށް އެޓެންޑްވި ގޮތަށް އަންހެން މީހާގެ ބަހެއް ހޯދުމެއް ނެތި ފުލުހުން ސީން ދޫކޮށް ގޮސްގެން ނުވާނެ. ތި ދެމީހުންގެ ސިފައަށް ބެލީމާވެސް އެނގެންވާނެ ކަމެއް ގޯސްވެއްޖެ ކަން.
ގަރޭބެ69
14 September 2024
މޮންޑެކްސް ދެން ތި އުޅުން ދޫކޮށްލާފަ، ތިއޮތް ބޮޑު މަތިމަހުން ފެންކުލަ ޖައްސަން ދަސްކޮށްގެން ތާހިރު ދިރިއުޅުމެއް ފަށާބަލަ.
އޮނަރަބަލް އަފީފު ދީދީ! އައި މިސް ޔޫ!
14 September 2024
މުޤައްދަސް މާލޭ ދެ ބޭފުޅުން ގެ ޚަބަރެއް!
އެޑްމުންޑޯ
14 September 2024
ކޮންމެ ދުވަހަކުވެސް ނޫސްތަކުގެ ސުރުޚީތަކުގެ ވައްކަމާއި ފޭރުމާއި މާރާމާރީއާއި މަސްތުވާތަކެތީގެ ވާހަކަ ނެތް ދުވަހެއް ނުދޭ ،
ދުރުމީ 2
14 September 2024
ތިޔަ ލާމިޔާސޮރު(ހިނި) ތީ ޖަލަށްލާފަ ދޫކުރާ މީހެއް. ޙެންވޭރު މީހުނަށް އުދަގޫކޮށްފަ މިހާރު ހިޔާ މީހުންނަށް ދޯ މިއުދަގޫކުރަނީ. މައިންބަފައިންގެ ޒިންމާ އެއްނެތީމަ ތިވަރު ވެފަ ތިހުރީ
މޯޑުބޭ
14 September 2024
ތިޔަ އުވެއިސްއަކީ ކުޑައިރުއްސުރެ ތިޔަ ކަންކަމުގަ ބޮޑުވެފަ ހުރިމީހެއް. ކާކު ޒިންމާ ނަގާނީ؟
ޖާދޫ
14 September 2024
މިގައުމުން ކުއްތައް މަދުކުރަން ބޭނުންނަމަ ކުށައްއަރއަިގަންނަ ހުރިހާ މީހުން ވަކިރަށަކަށް ގެންދަންފެނޭ އަދި ވަކި މުއްދަތެއް ހަމަވީމަ އެސެސްމެންޓެއް ހަދާފަ ފާސްވެއްޖެނަމަ އަބުރާ މުޖުތަމައަށް ނެރޭނީ،
މަބުނީ
14 September 2024
ނެރޭނެކަމެއްނެތް
ގަޒީ
14 September 2024
ގަޒީ: "ތިޔަ ހައްޔަރުކުރި 2 މީހުންދޫކޮށްލާ ބާރުގެ ބޭނުންކޮށްގެން ދޮރުހަލާކު ކުރުމުގައި ހިމެނޭ ހުރިހާ ފުލުހުންނަށް ފިޔަވަޅު އަޅަން ގޮވާލަން"
raajje
14 September 2024
ގަޒީ: ގާޒީގެވާހަކަ ފުރިހަމަކޮށްލެވޭތޯ އަޅުގަނޑުބަލާނަން، މިހާލަތުގައި އަންހެނަކަށް އެޓެންޑުވާންޖެހޭނީ އަންހެންފުލުހުން، މީއަސްލު ރުއިމެއްކަމެއް ނުވަތަ ފުލުހުން މިގޭތެރެއަށްވައްދަން ރުއިރުއިމެއްކަމެއް އޭރުނޭންގެ، ދޮރުވައްޓާލައިގެން ވަތްފުލުހުން ތިމަންނަގެގައިގާގޯސްކޮށް އަތްލައިފިޔޭބުނެފިއްޔާ ފުލުހުން ކޮންތާކަށްތޯވަންނާނީ! ދެވަނައީ މިހާލަތުގައި ފުލުހުން ނޮކުކުރަންވާނީ ހާލަތުވަންޒަންކޮށް ތައްޔާރުވެގެން، ހުޅުވާލުމަށްފަހު ދޮރުލެއްޕިގެންނުވާނެ