ފުވައްމުލަކުގައި މިއަދު ބިއްލޫރި ޝީޓުތަކެއް ތަޅައިގެން ދިޔަ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ.-- ފޭސްބުކް ފޮޓޯ: ޒިޔާ އަހުމަދު
14 ސެޕްޓެމްބަރ 2024 - 13:06
ފުވައްމުލަކުގައި ދޯންޏަކުން ބާލަން އުޅުނު ބިއްލޫރި ޝީޓުތަކެއް ވެއްޓި މިއަދު ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
މީގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުވައްމުލަކުގައި އޮތް ދޯންޏަކުން ހެނދުނު 9:30 ހާއިރު ބިއްލޫރި ޝީޓުތަކެއް ބާލަން އުޅުނު ދެ ބިދޭސީއަކާއި ދެ ދިވެއްސަކަށް އަނިޔާވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަނިޔާވި ހަތަރު މީހުންނަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުންޏެވެ.
ޒަހަމްވި އެކެއްގެ ހާލު ސީރިއަސް ކަމަށް ބުންޏަސް މި ވަގުތު ފަރުވާގެ ކަންކަން ކުރިއަށް ގެންދާތީ އަދި ތަފްސީލެއް ނުލިބެ އެވެ.
އެނގިފައިވާ ގޮތުގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން ބިދޭސީއެއްގެ ފައި ވަރަށް ފުންކޮށް ކަނޑައިގެން ގޮސްފައިވެ އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ބިއްލޫރި ޝީޓުތައް ހުރީ އެއްކޮށް ފުނޑުފުނޑުވެފަ އެވެ. ބިއްލޫރިތައް ހުރި ޕެލެޓް ކަމަށް ބެލެވޭ އެއްޗަކާއި ފުނޑުފުނޑުވި ޝީޓުތައް ވެސް ހުރީ ދޯނި ތެރޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
15 September 2024
ދިވެހިން މީ ކުރިނާރާ އަމިއްލަ ބުއްދިއް އެއްޗެއް އުފައްދާ ރައްކާ ތެރިކޮއް ކަމެއް ކުރަން އެނގޭބައެއްނޫން! އަހަރަކު އެތައް ކުޑަކުދިނެއް ފެންނަގާ ވަޅައް ވެއްޓި މަރުވިފަހުން މައުމުނު ވެރިކަމައް އަރާވަޅުތައް އުސްކޮއްދިނީވެސް!
ފަރުހާދުބެ
14 September 2024
ދެން އެވީ ރައީސް މުއިއްޒު އަރިހައް ޕުލާސްޓިކު ޕުރޮމޯޓު ކުރާ ޖަމިއްޔާތަކުން ބައްދަލުކޮއް އެ މަނާކުރަން.
ކޮންބެއްޔާ
14 September 2024
ނިދާފަ އޮވެ ކޮމަންޓުކުރާތީ ބިއްލޫރި އާއި ޕްލާސްޓިކުވެސް ވަކިކުރަން ނޭންގޭނެ. މީގަ ލިޔެފަ އޮތީ ބިއްލޫރު. ނިދީގައި ފެންނާނީ ޕްލާސްޓިކު. ބޯހަލާކު މި ނިިދިކޮމަންޓު ގްރޫޕާ ހެދި.
ދަހިކަން
14 September 2024
މާލެއާ ރަށްރަށާ ދޭތެރޭ ދަތުރުކުރާ އޮޑިދޯނިފަހަރުތަކުން ކަންކުރާލެއް ފަރުވާކުޑަކަމުން މިހެން ވަނީ. ބިއްލޫރި ޝީޓު އަރުވާ ބާލަން އޭގައި ލާފައި ހުންނަ ސަލާމަތީ އެއްޗެތި އެބަ ރިމޫވް ކޮށްލާ އޭގެ ވެރިފަރާތަށް ނޭނގި. އެއްޗެއް ހަލާކުވިޔަސް ގެއްލުނަސް ޒިންމާވާ ބައެއް ނޫން މީހުނަށް މިކަހަލަ ގެއްލުން ލިބެނީ މަދުބައެއްގެ އަމިއްލަ އެދުމާއި ދަހިކަމުން.
ދެރަކަމެއް
14 September 2024
މިކަލަ ކަންތަޢް މަދުކޮށް މަސަތްކަތް ތެރިން އަހުލުވެރި ކޮށް އެމީހުން ގެ ސަލާމަތާ ރައްކާ ތެރިކަން ކަށަވަރުކުރަން ގާނޫނު ހަދަން ވެއްޖެ އެއްނު
މައިސް
14 September 2024
ޤާނޫނު މިހާރުވެސް އޮވޭ ޢަމަލެއް ނުކުރޭ