ޚަބަރު / ޕީޕަލްސް ނެޝަނަލް ކޮންގްރެސް

16 އަހަރަށް ފަހު މާރަންދޫން ޕީއެންސީގެ ފުރަތަމަ ކާމިޔާބީ

މާރަންދޫ ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވި އަބްދުލްހަމީދު އަބްދުލްސައްތާރު.

15 ސެޕްޓެމްބަރ 2024 - 10:28

26 comments

ހއ. މާރަންދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑި އަށް މެންބަރަކު ހޮވަން އިއްޔެ ބޭއްވި ބައި އިލެކްޝަންގެ ނަތީޖާ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ތާރީޚީ ކާމިޔާބީއަކަށް ވެއްޖެ އެވެ.

އެ އިންތިހާބު ކާމިޔާބު ކުރެއްވީ އެ ރަށު އަބްދުލްހަމީދު އަބްދުލްސައްތާރެވެ. މިއީ، 2008 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި، މާރަންދޫން ޕީއެންސީ އަށް ނުވަތަ ޕީޕީއެމް ފިކުރުގެ ބަޔަކަށް ހޯދުނު ފުރަތަމަ ކާމިޔާބީ އެވެ.

މީގެ ކުރިން، މާރަންދޫގައި ނެގި ހުރިހާ ވޯޓެއްގައި ވެސް ކުރި ހޯދާފައި އޮތީ އިދިކޮޅު އެމްޑީޕީންނެވެ.

އަބްދުލްހަމީދު ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ 285 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުހައްމަދަށް ލިބުނީ 250 ވޯޓެވެ.

ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަންގައި 736 މީހުންނަށް ވޯޓުލެވޭއިރު، އިއްޔެ ވޯޓުލީ 560 މީހުންނެވެ. އޭގެ ތެރެއިން 25 ވޯޓަކީ ބާތިލު ވޯޓެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު 2008ގެ ފަހުން ބޭއްވި ހުރިހާ އިންތިހާބުތަކެއްގައި މާރަންދޫން ކާމިޔާބު ހޯދީ އެމްޑީޕީ އެވެ. މީގެ ހަ އަހަރު ކުރިން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބާއި ޖެހިގެން އައި 2019 ގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އަދި 2021 ގައި ކައުންސިލް އިންތިހާބުގައި މާރަންދޫގެ ތިން ގޮނޑި ހޯދީ އެމްޑީޕީންނެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރު އަދި މި އަހަރުގެ މަޖިލިސް އިންތިހާބުގައި ވެސް މާރަންދޫގެ ވޯޓު ބުރަވީ އެމްޑީޕީ އަށެވެ.

އެހެންވެ، އިއްޔެ ބޭއްވި މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަނަކީ މި ސަރުކާރު އަދި ޕީއެންސީގެ ކާމިޔާބީގެ ލިސްޓުގައި މުހިންމު ނަތީޖާއެއް ކަމަށް އެ ޕާޓީގެ އިސްވެރިން ވިދާޅުވި އެވެ. މި ބައި-އިލެކްޝަންގައި ވެސް ޕީއެންސީ އާއި އެމްޑީޕީގެ ލީޑަޝިޕުން ނުކުމެ ކެމްޕެއިން ކުރި އެވެ.

މި ބައި-އިލެކްޝަން ބޭއްވީ މާރަންދޫ ކައުންސިލްގެ ނައިބު ރައީސަކަށް ހުންނެވި އަހުމަދު ރަމީޒު މިދިޔަ ޖުލައި މަހުގައި ކުއްލި ގޮތަކަށް ނިޔާވުމުންނެވެ.

ބައި-އިލެކްޝަން އަބްދުލްހަމީދު ކާމިޔާބުކުރެއްވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޕީއެންސީގެ ހަމީދަށް ރޭ މަރުހަބާ ވިދާޅުވެފަ އެވެ. އަދި އޭނާއަށް އެ އިންތިހާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތްކުރި މީހުންނަށާއި ވޯޓުލީ މީހުންނަށް ވެސް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާއި އޭގެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގެ އިތުރުން މި ފަހަކަށް އައިސް ބޭއްވި އެކިއެކި ބައި-އިލެކްޝަންތަކުން ބޮޑު ކާމިޔާބީއެއް ހޯދާފައި ވަނީ ވެސް ޕީއެންސީ އެވެ.

26 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 4%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 46%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަކަންދޫ

17 September 2024

16 އަހަރު ވަންދެން އެމް،ޑީ.ޕީ އަށް ވޯޓު ދީގެން އެމް.ޑީ.ޕީ މެމްބަރުން ހޮވައިގެން މާރަންދޫ އަށް ލިބުނު ކުރިއެރުމެއް ވީ ތަރައްޤީއެއް އެބައޮތްތޯ؟

The name is already taken The name is available. Register?

raajje

16 September 2024

މިދެންއެވަރުގެ ކަމެއްނޫން، ސަރުކާރުއޮންނަކޮޅަކަށް ޕާޓީބަދަލުކުރުމާ އެކޮޅަކަށްޖެހުމަކީ ދިވެހިންގެއާދައެއް، އަބަދުވެސް އިސްކަންދެނީ އަމިއްލަފައިދާއަށް، ޑރ.މުއިޒް އިންތިހާބުވުމައްފަހު ކަންކަން ކުރަމުންދާގޮތުންވެސް ސަރުކާރުކޮޅަށް ޖެހޭމީހުން ނުވަތަ ސަޕޯޓުކުރާމީހުންދަނީ އިތުރުވަމުން، އެހެންވީމާ އަޅުގަނޑުމިދެންނެވީ މީކީ މާބޮޑުކާމިޔާބެއްލިބުނީކަމަށްހިތާ އާޝޯހުވެ އަޖައިބުވެއަންތަރީސްވެގެން އެވާހަކަދަށްކަންޖެހޭވަރުކަމެއްނޫނޭ

The name is already taken The name is available. Register?

ބަބުލްޓީ

16 September 2024

މަރުހަބާ. ތާއީދު އޮތް ވަރު އިނގޭނީ ބޮޑު އިންތިހާބުން. ހަގީގަތަކީ ފެއިލްވެފަ ތިބި ވެރިންތަކެއް އަދިވެސް ވެރިކަމާ ބޫތު ކައިނގެން ޑރ.މުއިއްޒުއަށް އެއްބާރުލުން ދިނުމުގެ ބަދަލުގަ ޖެއްސުންކުރުމަ ދަތިކުރުމަށް މަސައްކަތް ކުރާތީ. ގައުމު އިސްކުރުމުގެ ބަދަލުގަ އަމިއްލަ އަންބޮނޑިއާއި ހެދި އުޅޭތަން ފެންނަނީ އެހެން ވެރިންގެ ފަރާތުން. އެހެންވެ ޑރ.މުއިއްޒު އަށް ތާއީދު އިތުރު އެވަނީ

The name is already taken The name is available. Register?

ޝައުކަތް

16 September 2024

16 އަހަރަ ފަހު ޕީއެންސީ އަށް ގޮނޑިއެއް ލިބިގެންދިއުމަކީ ސީދާ މާރަންދޫ ރައްޔިތުން މި ސަރުކާރާ އެއްކޮށް ގަދަކޮށް ތިބިކަމުގެ އަލިގަދަ ހެއްކެއް.

The name is already taken The name is available. Register?

ރަފީއު ޖައުހަރް

16 September 2024

ނިމިދިޔަ ސަރުކާރަކީ އަހަރުމެންގެ މި ދާއިރާއަށް އެއްކަމެއްވެސް ކޮށްދިން ބައެއް ނޫން. ހުރިހާ ގޮނޑިއެއް ދިނީމަވެސް ވީ ކަމެއް ހާރާން. މިއޮތީ އެމީހުން ރޫޅާލާފަ

The name is already taken The name is available. Register?

ހާނިމް މޫސާ

16 September 2024

ގައުމުގެ ހަމަ ޖެހުމަށް މަނިކުފާނު ތިކުރާ މަސައްކަތް ރައްޔިތުން ބަލައިގަންނަކަން މީގެންވެސް ދޭހަވަނީ

The name is already taken The name is available. Register?

މުޖާ

16 September 2024

މި ސަރުކާރަށް ތައީދު އޮހެނީ. ބަޔަަކަށް ހަޖަމްވާނެބާ މި މަންޒަރު. ޔަމީންމެން ދެން ކީކޭބާ ކިޔާނީ

The name is already taken The name is available. Register?

raajje

16 September 2024

ޔާމިނު ދަށްކަނީ ހަމަރަނގަޅުވާހަކަ، ކުރިއެރުމަށް ނުވަތަ ކަންކަން އިސްލާހުކުރުމަށް ޔާމިނުފަދަމީހުންގެ ވާހަކަތައް ނުވަތަ އޮޕޮސިސަން ވަރަށްމުހިންމު، އެހެންނޫނީ ވެރިމީހާ ބޯހަރުވާތަން ނުވަތަ ތާޔާޖެހޭތަން އަތުވެދާނެ

The name is already taken The name is available. Register?

ހޮޓްކިންގ

15 September 2024

އިޚްލާސްތެރިކަމާ ކާމިޔާބު އަދި ބުނެ ނުދެވޭނެ. މިވަގުތު މިވެރިކަމާއެެކު ތިބުންނޫންގޮތެއް ނެތް. ދެންވެސް ރައްޔިތުން ގޮތްނިންމާނީ ރިޔާސީ އިންތިޚާބުން. އެހިސާބުން އެނގޭނީ ތިލިބުނު ކާމިޔާބެއް. ރިޔާސީ އިންތިޚާބުގެ ކުރިން އެމްޑީޕީންވެސް އެއްވުންތަކުގައި ކާމިޔާބު ފާހަގަކުރި. އެކަމަކު ދިޔައީ ޗޮކުން. އަވަހަށް އަރާތަރި އޮއްސޭލެއްްވެސް އަވަސްވާނެ. ފެންއޮތްތަނަށް މަސްދުވާނެ. މީ ދުނިޔޭގެ އާދަ. ކާކުތަ ޕާޓީއަކައިގެން މަރުދެނީ މިހާރު.

The name is already taken The name is available. Register?

އަހްމަދުު

15 September 2024

ތީ ޕނސ އަށް ލިބުނު ކާމިޔާބަކަށްވުރެން ބޮޑަށް މޑޕ ގެ މިހާރުގެ ލީޑަރޝިޕްގެ ނާގާބިލުކަން. މުޅި މޑޕ ގެ ދުވަސް ގޮސް ނިމިއްޖެ މިހާރު.. މިހާރު ވޯޓަކަށް ގޮއްސިއްޔާ ޑިމޮކްރެޓްސް، މޑޕ އަށްވުރެން ބޮޑުތަނުން ގިނަ ވޯޓު ނަގާނެކަމަށް ވަރަށް ބޮޑަށް ހީވޭ

The name is already taken The name is available. Register?

މިސްޓަރރޮބަރޓްއަލިފުޅުބެ

15 September 2024

ހަގީގަތަކީ މިހާރު މިދެކޭ ޒަމާނީ ޑިމޮކްރެސީ ރާއްޖެއަށް ތައާރަފުކުރީ އެމްޑީޕީއިން އޭރު އުޅުނު އަންނި ކިޔާމީހެއްގެ ރޫހާއި ޖޯށުން އަދި އެއޮތް ވަރުގަދަ ޓީމުގެ ކޮލިޓީ ލީޑާސިޕުގެދަށުން. ފަތުއަޑުލާފަ އިންތިހާބުތައް ކަމިޔާބުކުރި. ފަހުން އައިސް ބަހާއި އަމަލު ދިމާނުވެ ރައްޔިތުންގެ އިތުބާރު ގެއްލިދަނިކޮށް ކުއްލިއަކަށް ބަޔަކު މީގެ ކުރިން އަޑުވެސްނައަހާ ޒާތުގެ ބަލިމަޑުކަމެއް، "ހިންގާލާ" ޕާޓީތެރޭ ފެތުރި މިހާރު މިފެންނަނީ ފީވެ ދަބަރަށް ވެފައިވަތަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454