ސްރީ ލަންކާގެ ޔާލާ ނެޝަނަލް ޕާކްގައި ދޫނިތަކެއްގެ ކައިރީ ކޮކާތަކެއް އުދުހެނީ: އެ ޕާކުން އެކި ވައްތަރުގެ ކޮކާލާއި ފަނިފަކުސަ ހިފައި ވަގަށް ބޭރުކުރަން އުޅުނު އިޓަލީ ދެ މީހަކު ވަނީ ދެ ލައްކަ ޑޮލަރުން ޖޫރިމަނާކޮށްފައި.
17 ސެޕްޓެމްބަރ 2024 - 06:04
ސްރީ ލަންކާގެ ސަފާރީ ޕާކަކުން އެތައް ސަތޭކަ ފަނިފަކުސަ އާއި 99 ވައްތަރެއްގެ ކޮކާ ހިފައިގެން އެ ގައުމުން ބޭރުކުރަން އުޅުނު އިޓަލީ މީހަކާއި އޭނާގެ ފިރިހެން ދަރިފުޅު 60 މިލިއަން ސްރީ ލަންކަން ރުޕީސް (200،000 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކޮށްފި އެވެ.
ޔަލާ ނޭޝަނަލް ޕާކުގެ ރޭންޖާސް އިން ލުއިޖީ ފެރާރީ، 68، އާއި އޭނާގެ 28 އަހަރުގެ ފިރިހެން ދަރިފުޅު މަޓިއާ ހައްޔަރުކުރީ މި އަހަރުގެ މެއި މަހުގެ 8 ވަނަ ދުވަހު އެވެ. އެ މީހުން ހައްޔަރުކުރީ އެތައް ސަތޭކަ ފުޅިއަކަށް ފަނިފަކުސަ އަޅައިގެން އުޅެނިކޮށެވެ.
ތަހުގީގަށް އެނގިފައިވާ ގޮތުގައި އެ ދެބަފައިން ވަނީ ޖަނަވާރާއި ފަނިފަކުސަ ޝައުގުވެރިވާ އެކި ފާޑުގެ ކެމިކަލް ބޭނުންކޮށްގެން އެ އެއްޗެހި ހިފައި ކެމިކަލް ބޭނުންކޮށްގެން އެ އެއްޗެހި ޕްރިޒާވްކޮށްގެން ލަންކާއިން ބޭރުކުރަން ރާވައިފަ އެވެ.
މި ދެބަފައިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި މި ދިން އަދަބަކީ ލަންކާގައި މިފަދަ ކަމަކާ ގުޅިގެން މިހާތަނަށް ދިން އެންމެ ބޮޑު އަދަބެވެ.
ޕާކް ބަލަހައްޓާ މީހުން ބީބީސީއަށް ބުނެފައިވާ ގޮތުގައި މި ދެބަފައިންނާ މެދު ޝައްކުވެގެން އެ މީހުންގެ ވެހިކަލް ފާސްކުރި އިރު އެތައް ސަތޭކަ ފުޅިއެއްގައި ފަނިފަކުސަތައް ބަންދުކޮށްފައި ހުއްޓާ ފެނުނެވެ. އަދި ފެނުނު އިރު ވެސް ހުރީ އެ އެއްޗެހި މަރުވެފައި ކަމަށާއި އޭގައި ހުރީ ކެމިކަލެއް ބޭނުންކޮށްފައި ކަމަށް ވެސް ބުންޏެވެ.
މި މައްސަލައިގައި ކުރި ޖޫރިމަނާ މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން ނުދައްކައިފި ނަމަ ދެ އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
18 September 2024
ހެހެ މިރާއްޖޭގައިވެސް ތިޔަކަހަލަ ހިތްހުއްޓޭވަރުގެ ޖޫރިމަނާ ކުރާ ބަޔަކު އުޅޭ. އެއީ އީޕީއޭ. ދުވަހަކުވެސް އެފައިސާ ހޯދިކަމެއް އެނގިފައެއްނެތް.
ގުދުގުދާބެއްޔާ
17 September 2024
ލަންކާއަށް ގޮސް އުޅޭ އިރު ވަރަށް ވިސްނަންވާނެ! ބަގުރޫޓްވެފައިވާ ލަންކާގައި މީހަކު މަގުމަތީގަ ފައި އެޅޭ ގޮތަކުންވެސް މިލިޔަން ޑޮލަރުން ޖޫރިމަނާ ކޮއްފާނެ! ޑޮލަރު ނުލިބިގެން ތެޅިފޮޅެނީ!
ކަމާލް
17 September 2024
އަހަރުމެންނޯ. ޤަވާއިދާ ޚިލާފަށް ޑޮލަރު ބޭރުކުރާ ބަންގްލާދޭޝް މީހުން ވެސް ބުނާނީ ތިހެން. ހަރުކަށި ފިޔަވަޅު އަޅާ ކިރިޔާ ޤަވާއިދާ ޚިލާފު ވިޔަސް ބޮޑު އަދަދުން ޑޮލަރުން ޖޫރިމަނާ ކޮށް ނުދެއްކުނިއްޔާ ޖަލަށް ވެސް ލާންވީ. އެނޫން ގޮތަކަށް ބިދޭސިންގެ ކުޅިގަނޑު ހަމައަކަށް ނޭޅެނެ.
ކަރީމ
17 September 2024
ގަދަ.