ދިވެހި ދިދަ: ދިދަ އާއި ދައުލަތުގެ ނިޝާން ހިމާޔަތްކުރަން ގާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
17 ސެޕްޓެމްބަރ 2024 - 10:41
ދިވެހި ދިދަ އާއި ދައުލަތުގެ ނިޝާން ހިމާޔަތްކުރުމަށް ގާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ބަހާއި ތަރިކައާ ގުޅޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ނަސީރު ވިދާޅުވީ ދައުލަތުގެ ނިޝާނުގެ އިންތަކާއި މިންތައް ކަނޑައަޅާފައިވާ ހަމަތައް ގާނޫނުގައި މިވަގުތު ނެތް ކަމަށެވެ. އެހެންވެ، ދައުލަތުގެ ނިޝާނާއި ދިވެހި ދިދަ އަށް ވެސް ގާނޫނީ ހިމާޔަތް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމާ ސަރުކާރުގެ ވިސްނުން އެބަ އޮތް [ގާނޫނެއް ހެދުމަށް]" ދިވެހި ދިދަ އަށް އިހާނެތިކޮށް ކަންތައް ކުރާ މަންޒަރު ފެންނާތީ އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކުރެވޭތޯ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އާދަމް ނަސީރު ވިދާޅުވި އެވެ.
ދިވެހި މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ނަސީރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރު ވިދާޅުވި ގޮތުގައި ދިވެހި ދައުލަތުގެ ގައުމީ ރަމްޒުތައް ހިމާޔަތްކުރުމަށް ބިލެއް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރެވެމުން އެބަދެ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ދިދަ އަށް ހުރިހާ ގޮތަކުން ހިމާޔަތާއި ރައްކާތެރިކަން ދިނުމާއި ދައުލަތުގެ ނިޝާނަށް ދިވެހިންގެ އިއްޒަތާ ގުޅިފައިވާ ހުރިހާ ކަމެއް ވެސް އެ ބިލުގައި ހިމަނުއްވާނެ ކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، ގައުމާ މުހާތަބު ކުރައްވައި ދެއްވި ފުރަތަމަ ތަގްރީރުގައި ވެސް ވަނީ ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ދިވަހި ދިދަ ނަގާފައި ބަހައްޓަން ނިންމަވައިފަ އެވެ. އޭގެ ކުރީގައި ސަރުކާރުގެ ހުރިހާ އޮފީސްތަކުގެ އިމާރާތްތަކުގެ ބޭރުގައި ކޮންމެ ދުވަހެއްގެ ހެނދުނު 6 ގައި ގައުމީ ދިދަ ނަގައި ހަމަ އެ ދުވަހުގެ ހަވީރު 6 ގައި ދިދަ ތިރިކުރެ އެވެ.
ދިދަ ނެގުމުގެ ސަގާފަތް އުވި ސަރުކާރުގެ އޮފީސްތަކުގައި ގައުމީ ދިދަ ނެގުން އެއްކޮށް ހުއްޓާލާފައިވަނިކޮށް އެކަން ފެށިއިރު ސަރުކާރުން ވަނީ ވަޒީރުން ދިރިއުޅުއްވާ ގެކޮޅާއި އެ ބޭފުޅުން ބޭނުންކުރައްވާ ކާރުތަކުގައި ވެސް ދިވެހި ދިދަ ހަރުކޮށްފައި ހުންނަން ޖެހޭ ގޮތަށް ބަދަލުކޮށްފަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި އެ ނިންމުމުގެ މައިގަނޑު ބޭނުމަކީ ވެސް ދިދަ ބޭނުންކުރެވޭ ވަރު އިތުރުކޮށް، ދިދައަށް އޮތް ޝަރަފާއި ކަރާމާތް އިތުރުކުރުމެވެ.
ދިވެހި ގައުމިއްޔަތު ދިރުވައި އާލާކޮށް، ދިވެހިންގެ ހިތްތަކުގައި ގައުމާއި ގައުމިއްޔަތަށް އޮތް ލޯބި އިތުރުކުރުމުގެ މަގުސަދުގައި ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ދަށުން ވަނީ "ދިވެހި ގައުމިއްޔަތުގެ އިސްވަރު" ގެ ނަމުގައި ހާއްސަ ކޮލެޖެއް ވެސް މި މަހުގެ ކުރީކޮޅު އިފްތިތާހުކޮށްފަ އެވެ.
އެ ކޮލެޖު އެކުލަވާލާފައި ވަނީ މައިގަނޑު ފަސް ދާއިރާގެ މައްޗަށެވެ. އެއީ ދިވެހި ބަސްގެ ވަރު، ދިވެހި ތާރީހުގެ ވަރު، ދިވެހި ތަރިކައިގެ ވަރު، ދިވެހި ސުމޭކުގެ ވަރު އަދި ދިވެހި ފަންނުގެ ވަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޗް އެމް
18 September 2024
ދީން ހިމާޔަތް ކުރުން ބަސް ހިމާޔަތް ކުރުން، ދިދަ ހިމާޔަތް ކުރުން، ޖަނަވާރާއި ކަނޑުފަރާއި ފަޅު، ހިމާޔަތް ކުރުން، ވެރިން ހިމާޔަތް ކުރުން. ކުށްވެރިން ހިމާޔަތް ކުރުން މިއޮންނަނީ. މި ތަކެތި ހިމާޔަތް ކުރަން ލާޒިމު ކުރާ އަިންސާނާއަށް އެއްވެސް ހިމާޔަތެއް ނޯވޭ.
ހޮއްހޯ
18 September 2024
މިކަހަލަގެ ގަމާރުންނަށް މިނިސްޓަރުކަން ދިނީމަ ވާނެގޮތް މިވަނީ….މިނިސްޓަރުކަން ދިނީ މުއިއްޒުގެ ހުރިހާ ސްޕީޗް ތަކެއް މީނާ ލިޔެދޭތީ….
ދަގަތްފާނު
17 September 2024
ގައުމުތަކާ ފުރީޓުރޭޑު ހެދުންކަހަލަ ބޮޑެތި މާސިންގާ ކަންކަމުގަ އަހަރެމެނަށް ރޭޑިއޯއިން އަޑުއިވެނީ ވަޒީރުންގެ މަޖުލީހުން މިވެނިކަމެއް ނިންމާފިއޭ. ދެން އެބުނާ މަޖުލީހުގަ ތިބެނީ ކޮންބައެއްތޯ ބަލާއިރު އާދަން ނަސީރުމެން މިއުޅެނީ.
ޤައުމިއްޔަތު
17 September 2024
ކޮންމެވެސް ކުއްޖަކު މިނިސްޓަރު ކައިރިން އޯލުންފިލުވައި ދެއްވަބަލަ މިހާރު އެއްކަލަ ޅެމުން ނަފްސާނީ ބައްޔަށް ފަރުވާ ކުރުމުގެ މަޝްރޫޢުގެ އަދާހަމަ އަކީ ކޮބައިތޯ؟ ދިވެހި ޤައުމިއްޔަތު ކުރިއަރުވާން ކަމައް ވަކާލާތުކުރައްވާ ބޭފުޅުން ޤައުމީ އެކިއެކި ހަފްލާތަކުގައި ކޯޓޫ ފަޓުލޫނު ތުރުކުރައްވައިގެން ތިއްބަވީ އެއީ ޤައުމިއްޔަތަށް ދެވޭ ހިތްވަރެއްތޯ؟ އިހުލާސްތެރިކަން ކުރިއަށް ނެރިގެން ޤައުމީ ޚިދުމަތުގައި އުޅެން މަޖުބޫރުވާ ކަހަލަ ޤާނޫނެއް ހަދަން ފެނޭ.
ށ ވިޔަނި ް
17 September 2024
ވަޒީރަށް ތައުރީފް ހައްގު ހޮސްޕިޓް ކުލިނިކު ތަކުގައި ޅެމުން ފަރުވާ . ޢާސަންދަ ބޭސް ފަރުވާ ބަޖެޓު އިސްރާފް މި ދައުރުގައި ބޮޑުތަނުން ކުޑަވެއްޖެ
ދިދައިގެވާހަކަ
17 September 2024
ދިދަޔާ ވާހަކަދައްކަންޖެހޭނެ ގޮތް އެ ގާނޫނުގައި އޮވޭތޯ؟
މިހާރު ދިހަމަސް
17 September 2024
ދިހަމަސް ނިމުނުއިރު މީތޯ އެންމެ އިސްކަމެއްދީގެން ކުރާން އޮތް ކަމަކީ؟
އޮނަރަބްލް އަފީފު ދީދީ
17 September 2024
މިހާރު ދިދަ އަށްފާއި އިންނަނީ އެއްފަރާތުން ދެކަނުގައި ތިގާނޫން ފާސްވެ ތަސްދީގުކުރީމަ އަމަލުކުރާއިރު ދިދައިންނާނީ ދެފަރާތުން ހަތަރުކަނުގައި ވައުޖަހައި ވަރުގަދަޔަށް ހިމާޔަތްކޮށް ނުހޫރެވޭގޮތަށް ގަދަކޮށް ބަނދެލައި ދުނިޔެއަށް ދިދަނެގުމުގެ ރީތިއައު މިސާލެއްގެ ގޮތުގައިތޯ އަދި ޤަޢުމިއްޔަތު ދިރުވަން ފަރަށްގޮސް ބޮލިހިލައި ނޫޓުގެ ގޮތުގައި ބޭނުންކުރުމުގެ ވިސްނުން ގާނޫނުގެ ތެރެއިން ވުޖޫދުކުރުމަށްފެނޭ އެއީ ގައުމިއްޔަތަށްޓަކައި މުހިތްމުކަމެއްނޫންތޯކޮށްލަށް !
އިބުރާ
17 September 2024
އަޅެ ފަހެ އާދަން ނަސީރަކަށް ރައީސް އޮފީހުގެ މިލިއުން ހަމަ ނުފެނުނީތ" "ދިވެހި ޤައުމީ ދިދަ ބޭނުންކުރުމުގައި ސަރުކާރުގެ މުއައްސަސާތަކުން ޢަމަލުކުރާނެ އުސޫލެއް ކަނޑައެޅުއްވުން" ރައީސް އޮފީހުގެ ދެންނެވުން ނަންބަރު 2022/06 ލިންކު؛ https://presidency.gov.mv/Press/Article/26815 ނޫނީ ގެޒެޓްގައިވާ މިލިޔުންވެސް (ދިވެހި ޤައުމީ ދިދަ ބޭނުން ކުރުމާގުޅޭ އުސޫލު) ނުފެނުނީތޯ؛ https://www.gazette.gov.mv/gazette/4111 ހަމަ ކުރާނެ ކަމެއް ނެތިގެން އުޅޭހެން ހީވަނީ!!
ކަނޑޫމާ
18 September 2024
އަސްލުގަވެސް ކުރާނެކަމެއްނެތީ
ނުކިއްސަރު
17 September 2024
ދިދަ ހިމާޔަތް ކުރަން ކޮންމެ ދިދައެއްގެ ދަށުގައި ސިފައިންގެ މީހަކު ބަހައްޓާ ގޮތަށް ގާނޫނު ނުލިޔާތި،