17 ސެޕްޓެމްބަރ 2024 - 11:50
މެންޗެސްޓާ (ސެޕްޓެމްބަރު 17) – ޕްރިމިއާ ލީގުގެ ފައިނޭންޝިއަލް ފެއާޕްލޭއާ މެންޗެސްޓާ ސިޓީން ހިލާފުވި މައްސަލައިގެ އަޑުއެހުންތަކަށް އެ ކްލަބުން އެއްބާރުލުން ނުދޭ ކަމަށް ތުހުމަތުކޮށްފި އެވެ.
ފެބްރުއަރީ 2023 ގައި މިނިވަން ކޮމިޝަނަކުން ފެށި ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި 2009-2018 އަށް، ނުވަ އަހަރުތެރޭ ސިޓީން ވަނީ ފައިނޭންޝިއަލް ފެއާޕްލޭގެ 115 މައްސަލައަކާ ހިލާފު ވެފަ އެވެ.
އެ ތުހުމަތުތައް ސިޓީން ދޮގު ކުރެ އެވެ. އެ ކްލަބުން ބުނެފައި ވަނީ އެ ކްލަބަށް ތުހުމަތުކުރާ ފައިސާގެ މައްސަލަތަކުގައި ސާބިތުކުރެވޭ ހެއްކެއް ނެތް މައްސަލަތަކެއް ކަމަށެވެ.
އެ މައްސަލައިގެ އަޑުއެހުންތަކަށް ސިޓީން އެއްބާރުލުން ނުދޭ މައްސަލަ ޕްރިމިއާ ލީގުން ފާހަގަ ކުރި އެވެ.
ޕްރިމިއާ ލީގުން ބުނަނީ، ފައިސާގެ މައްސަލަތަކުގައި އަސްލު އޮޅުވާލަން ސިޓީން ލިޔުންތައް އުފައްދާފައިވާ ކަމަށެވެ.
ސްޕޮންސާޝިޕާއި އެހެން އާމްދަނީ އަދި ކްލަބްގެ އޮޕަރޭޝަނަށް ހިނގާ ހަރަދުތަކުގެ ތަފްސީލު ވެސް ޕްރިމިއާ ލީގުން ވަނީ ބަލާފަ އެވެ.
ސިޓީގެ މިހާރުގެ އޯނާޝިޕް އޮންނަ އަބޫދާބީ ޔުނައިޓެޑް ގުރޫޕުން އެ ކްލަބް ގަތީ 2008 ގަ އެވެ. އޭގެ ފަހުން އެ ކްލަބުން ވަނީ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން އަށް ފަހަރު ހޯދައިފަ އެވެ. މިދިޔަ 15 އަހަރުތެރޭ އެ ތަށި އެންމެ ގިނައިން ހޯދީ ސިޓީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ހަސަނު
17 September 2024
ބަލަ ފައިސާ ހުރިބަޔަކު ފައިސާ ހަރަދު ކުރާނެ. ތިކަމުގައި ވަކި މިންގަނޑެއް ގެންގުޅުމަކީ ހަމަޖެހޭކަމެއްނޫން. ފައިސާ ހުރި މީހުންކުރާނީ ނެތްމީހުން ނުކުރާނީ ނޫނީ އިންވެސްޓް ކުރާނި އެހެންބަޔަކު ހޯދާނީ.
ކުހގޔ
18 September 2024
ދޮން ހަސަނު ހާދަ މޮޅޭ. ވަކީލު ކުރަންފެނޭ