އައިޖީއެމްއެޗް: އަނިޔާވި މީހާއަށް ގެންދަނީ ފަރުވާދެމުން --
18 ސެޕްޓެމްބަރ 2024 - 22:19
މާލޭގެ ގެއެއްގެ ހަ ވަނަ ފަންގިފިލާގައި ހުރި ދޮރެއްގެ ބިއްލޫރިގަނޑު ވެއްޓި މަގުމަތީ ހުރި މީހަކަށް އަނިޔާވެއްޖެ އެވެ.
މިރޭ އިރާކޮޅު 7:12 ހާއިރު ހިނގި މި ހާދިސާގައި ވެއްޓިފައިވަނީ މާފަންނު ޖަހާމުގުރި ގޮޅީގައި ހުރި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެވެ.
ހަ ވަނަ ފަންގިފިލާއިން ވެއްޓުނު އެ ބިއްލޫރިގަނޑު އެތަނުގައި ހުރި ސައިކަލެއްގައި ޖެހި ތަޅައިގެން ގޮސް، އޭގައި އިން މީހާގެ ގަޔަށް ބިއްލޫރިތައް ބުރައިގެން ދިޔަ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ސަބަބުން އެ މީހާއަށް ލިބުނު އަނިޔާއަށް ފަރުވާދޭން އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ.
މި ހާދިސާ ހިނގި ވަގުތަކީ މާލެއަށް ބާރަށް ވައިޖެހި، ބޯކޮށް ވާރޭވެހެމުންދިޔަ ވަގުތެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޏު
19 September 2024
މިސުރުހީއިން ދޭހަވަނީ މީހަކު ގެއެއްގެ ބިއްލޫރިގަނޑެއް ވައްޓާލީހެން،
ޓަކިބެ
19 September 2024
ދެން އެވީ ދޮރުތަކާބެހޭ ޖަމިއްޔާތައް ރައީސްއައް ސިޓީލައިގެން މަގުމައްޗައް ދޮރުނުލެވޭގޮތައް ރައީސްއައް ދަންނަވަން
މާރިޔާާ
19 September 2024
އަލަށް ވީ ކަމެއްތަ؟ އެންމެ ގިނައިން ކުޑަދޮރުގެ ބިއްލޫރިގަނޑު ވެއްޓިފަ ހުރީ އެމްޑީޕީ ވެރިކަމުގަ އިންޑިއާގެ ޓާޓާ ކުންފުންޏަށް ދީގެން ހަދާފަ ހުރި ގާކޮށި/އަރަބިއްޔާ ފްލެޓްތަކުގެ (މާލެ ގްރޭންޑް/ މާލޭ ސްކުއަޔަރ). ވައި ނުޖެހުނަސް ބިއްލޫރި ފައިބާތީ ކުރީގެ ސަރުކާރުތަކުގަ އެދޮރުތައް ބަދަލުވެސް ކުރި ކަންނޭނގެ. މިސުރުހީ ފެނިފަވެސް ހީކުރީ އެބިލްޑިންގތައް ކަމަށް. އަލަށް އެހެން ބިލްޑިންގއަކުން ބިއްލޫރި ވެއްޓުނު އަޑު މިއިވުނީ.
ބޭރުދޮރު
19 September 2024
ނުހުޅުވޭވަރުކޮޑްފަ އަމިއްލަ ދޮރުތަކުގަ ޓޭޕްއަޅާފަ ބަހައްޓަބަލަ އެކަމަށްވެސް ރައީސްއަށްތަ ދަންނަވަން ޖެހެނީ؟.
ގުޑުލަކުމުނިޔާ
18 September 2024
ހުރިހާ މީހުންވެސް ވަރަށް ފަރުވާތެރިވެގެން އުޅޭތި، ނުވާވަރުން ކަންކަން ކުރޭ ލެކްޗަރާ އަކު މިރޭގެ ކުލާހުގައި ސާޅީހަކަށް މިނެޓުހޭދަކުރީ ކައިރީފުލެޓުގައި ދުންއަރާތީ ޕެނިކުވީވާހަކަދައްކަން. ޕެނިކުވީމާ ކުލާސް ކެންސަލްކޮއްފާ ރިލެކްސްކުރީމާވީނޫންތޯ . އަބަދު ބަހަނާދައްކާފާ ކުލާސްގަޑީގާކުރަނީ އެހެންކަމެއް އަދި ޗެޓްޖީޕީޓީ ބަލައިގެން ކިޔަވާދެނީވެސް. ސިއްހަތާ ވަގުތައް ނުކަތާވަރުކޮއްގެންވެސް ބައެއްމީހުން ލާރި ހޯދަންކުރާހާކަންކަންމީ.
އަނެއްކާ
18 September 2024
އެ ގަޑީގަ ގުގުރުމާ ތިކަމާ ގުޅުމެއްވޭބާ