ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ޑީޕޯޓްކޮށް ރާއްޖޭން ފޮނުވާލި ބިދޭސީއަކު ވަނީ ކޯޓަށް ގޮސްފައި
19 ސެޕްޓެމްބަރ 2024 - 11:41
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ކަމަށް ބުނެ ރާއްޖޭން ފޮނުވާލި ސްރީ ލަންކާ މީހަކު އެ ނިންމުމާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އިމިގްރޭޝަނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅުނު ތެންތެނީ ވަރެން ނަދިޝް ޕެރޭރާ ކިޔާ މީހެކެވެ. އޭނާ ރާއްޖޭން ޑީޕޯޓްކުރީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
އޭގެފަހުން އޭނާ ވަނީ ޓޫރިސްޓް ވިސާއެއްގައި ރާއްޖެ އެތެރެވާން މަސައްކަތްކޮށްފަ އެވެ. ނަމަވެސް، އޭނާ ރާއްޖެ އެތެރެވިޔަ ނުދީ ހިފެހެއްޓުމަށް ފަހު އަނބުރާ ފޮނުވާލި އެވެ. މި ވާހަކަ އޭރު ސޯޝަލް މީޑިއާގައި ވެސް ވަރަށް ބޮޑަށް ދައުރުވި އެވެ.
އޭނާ ސިވިލް ކޯޓަށް ހުށަހެޅީ ރާއްޖެ އެތެރެވިޔަ ނުދީ ހިފެހެއްޓި ނިންމުން ރިވިއުކުރަން ޖުޑީޝަލް ރިވިއު މައްސަލައެކެވެ. ނަމަވެސް މި މައްސަލައަކީ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިމިގްރޭޝަނުން ވަނީ ކޯޓުގައި އިއުތިރާޒުކޮށްފަ އެވެ.
އެކަމަކު އިމިގްރޭޝަނުން ހުށަހެޅި އިއުތިރާޒު ކޯޓުން ބަލައިނުގަނެ ޝަރީއަތް ކުރިއަށް ގެންދަން ކޯޓުން ވަނީ ނިންމައިފަ އެވެ.
ބިދޭސީ މީހާގެ ފަރާތުން ހުށަހެޅި މައްސަލާގައި އިމިގްރޭޝަނުން އޭނާއާ މެދު ގޮތް ނިންމައި ރާއްޖޭން ފޮނުވާލިިއިރު އެއްވެސް ސަބަބެއް ބަޔާންކޮށްފައިނުވާ ކަމާއި ވަކީލެއްގެ އެހީތެރިކަމަށް އެދެވިދާނެ ކަން އަންގާފައިނުވާ ކަމަށް ވަނީ ބުނެފަ އެވެ. އެއީ ވަރަށް އަސާސީ ހައްގުތަކެއް ކަމާއި އެ ހައްގުތައް ފޯރުކޮށްނުދީ، އިމިގްރޭޝަނުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދޭން އޭނާ ވަނީ ކޯޓުގައި އެދިފަ އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް އިމިގްރޭޝަނުން އަންނަނީ ހިންގަމުންނެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެ މީހުން ރާއްޖޭން ފޮނުވާލަން އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ. މިހާރު ވެސް އެ އޮޕަރޭޝަން ކުރިއަށް ގެންދާއިރު ބައެއް ބިދޭސީން ވަނީ އޮޕަރޭޝަނަށް ފިލަން ބައެއް ރަށްރަށަށް ވެސް ގޮސްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެއާ
19 September 2024
ފަސް އަހަރުވާއިރުވެސް ތިމައްސަލަ ނިމޭނެކަމާމެދު ސައްކު. އަހަރެންގެ ކުލައިންޓެއްގެ މައްސަލަ އަޑުއެހުން ނިމިވެސް ދެ އަހަރުވެއްޖެ ނުނިމޭތާ. އަނެއްކާ އެންމެ ލަސްކޮށް ގެންދާ އެކަކުއެ ބަލަނީ
ޏައިނޤ
19 September 2024
ބިދޭސީންގެ މައްސަލައަކަށް 5 އަހަރުވެސް އަދި މާއަވަސް. ދިވެހިންގެ މައްސަލަތަކަށް 3 އަހަރަށް ހުކުމްކުރާއިރު އޮންނަނީ 5 އަހަރާ 6 މަހާއި 9 ދުވަސްވެފައި ޖަލުގައި ހުންނަތާ.
މަގޭ ޚިޔާލު
19 September 2024
ދޭސީއަަކަސް ބިދޭސީއަކަސް އެމީހެއްގެ ޙައްޤެއް އެމީހެއްގެ ކިބައިން ނިގުޅައިގެން ނުވާނެ. ބޭރުމީހުންނާ ނުލާ އަހަރެމެންނަށް އުޅެވޭކަށްނެތް. އަނބިމީހާގެ އަންނައުނު ދޮވެ އިސްތިރިކޮށްދެނީ ބޭރުގެ މެއިޑް. ގޭގެ ފަންކާގެ ހިރަފުސް ފޮޅަން ހުންނަނީ ބިދޭސީ ފިރިހެނެއް. މުސްކުޅި މައިންބަފައިން ބަލަން ތިބެނީ ބިދޭސީން. ޅަ ދަރިން ބަލަން ތިބެނީ ބިދޭސީން. އެހެންކަމުން އެމީހުން ނެތިވެ އަހަރެމެން އުޅެނީ ކިހިނެއް؟
ޑޮކްޓާރ. ބަނާނާ
19 September 2024
ބިދޭސިން ގެ އުދަގޫ މިގައުމގައި އިންތިހާ އަށް ބޮޑުވެފަ މިއޮތީ! ކޮން ގައުމެއްގައި ތޯ ބިދޭސީން ނަށް ހައްދެއް ނެތި އުޅެވެނީ؟ ދިވެހިން މަސައްކަތް ނުކުރުމަކީ ދިވެހިރާއްޖޭގައި ބިދޭސީންނަށް ބޭނުން ގޮތަކަށް އުޅުމަށް ދެވޭ ލައިސަންސެއް ނޫން އިގޭތޯ؟ މީހުނާއި އިދެގެން އުޅޭ ބިދޭސީން ނަކީވެސް މިގައުމުގެ މާ މަތީ ހަރުފަތެއްގައި އުޅެން ޖާގަ ދޭންޖެހޭ ޖެހޭ ބަައެއްނޫން! ގަވާއިދާއި ގާނޫނަށް އިހުތިރާމް ނުކުރާނަމަ ވިސާ އޮތަށް ޑިޕޯޓްކުރޭ! ޝުކުރިއްޔާ ޝައްމާން!
ކޮތަރޭ
19 September 2024
ރާއްޖޭންވެސް ބޭރު ގައުމުތަކަށް ހިލޭ ވިސާ ދިނުން ހުއްޓާލަން ޖެހޭ. ވިސާ އިން ވެސް ގިނަ އަދަދަކަށް ޑޮލަރު ލިބޭނެ ގައުމަށް. ހަމަ އެކަނި ދިވެހިން ފެލައިގެން ގައުމު ހިންގުން ހުއްޓާލަން ޖެހޭ
އަލީގ
19 September 2024
މިއީ އަނބިމީހާއަށް އަނިޔާކުރާތީ ބޭރުކުރި މީހެކޯ ކިޔާ އަޑު އަހަން.
ޖާދޫ
19 September 2024
ޙަބަރުންނޭގުނު އޭނަ ޑީޕޯރޓް ކުރީ ކޮން ސަބަބަކާހުރެކަމެއް މީހަކާ އިނީމަތޯ ނޫނީ އިނދެގެން ގަވާއިދާއި ޙިލާފަށް އުޅެގެންތޯ؟
raajje
19 September 2024
ކިހިނެއްދިވެހިއަންހެނަކާ ކައިވެނިކުރީ؟ ގައިމުވެސް މުސްލިމުނަމެއްނޫން! ތިމާމީހާނުގަވައިދުންއުޅެމުން އިންސާފޭކިޔަން މުއައްސަސާތަކަށްދާންވީމާ ވަރަށްހަޑިދޯ! މީނާއަށް އިންސާފުހޯދައިދިނުމުގެ މަސައްކަތްކުރުމުގެ ކުރިން މިހުރިހާދުވަހު ރާއްޖޭގެ ގަވައިދުތަކާ ގާނޫނާހިލާފަށް ރާއްޖޭގައި އުޅުނުމައްސަލަބަލާ އަދަބުދޭންޖެހޭ، ހަމައެކަނި ޓީޕޯޓުކުރުން އެއީއެކަށީގެންވާ އަދަބެއްނޫން ޖޫރިމަނާއެއްވެސްކުރަންވާނެ، ނުގަވައިދުން އުޅުނުމައްސަލަވެސް ކޯޓަށްހުށަހެޅުންރަނގަޅުވާނެ
ކުމާރު
19 September 2024
ކޯޓުގެ އަމަރައް ގޮން ނުޖެހޭނެ. އިމިގްރޭޝަނުން ރާއްޖޭގެ ގާނޫން ކޮންމެ މީހަކައް ބިދޭސީއެއްވިޔަސް ލިބިދޭ އެއްވެސް ހައްގެއް ހަންޔެއް ނުކުރެވޭނެ. ކިތައްމެ ހިތްހަނަ ނުޖެހުނަސް ގާނޫނައް ބޯލަބަން ޖެހޭނެ.
މުރާސިލް
19 September 2024
ކުމާރެވެ. ކޯޓުން ހުކުމް ކުރާއިރު ބަލާނީ ރައްޖޭގެ އިމިގުރޭޝަން ޤާނޫނަށެވެ. ކޯޓުގެ އަމުތު ތައް އަބަރުވެސް ނެރޭނީ ހެދިފައިހުތި ޤާނޫނުތަކަށް ބަލައިގެންނެވެ.
raajje
19 September 2024
ކުމާރު: ކޯޓަށްމައްސަލަ ހުށަހެޅިވާހަކައޮތީ، ކޯޓުއަމުރެއް މިކަމުގައި ނެރެފައިނެތް، މިމައްސަލައިގާ އިމިގުރޭޝަނުން ރަނގަޅަށް ވަކާލާތުކޮށްފިނަމަ މިކަލޭގެއޮރިޔާންވުންނޫންކަމެއްނުވަނެ، ރާއްޖޭގެ ކޯޓުތަކުން ދިވެހިއަންހެނުންނާ ބޭރު ފިރިހެނުން ކައިވެނިކޮށްދެނީ އިސްލާމްވެ މުސްލިމުނަމެއްކީމަ، މާނައަކީ ކޮށްގެންއުޅޭކަމަށްބުނާ ކައިވެނިވެސް އެއީ މިތަނުގެ ގަވައިދަށްފެތޭއެއްޗެއްނޫނޭ، ތިމާމީހާ ގާނޫނާހިލާފަށްއުޅެމުން ކޮންއިންސާފެއްހޯދަންތޯ ކޯޓަށްދަނީ؟
ކުމާރުގެ އަންހެންނުންގެ ފިރިމީހާ
19 September 2024
އެހެންތަ؟ ކަލޭ ކޮންތާކު އޮތް ގާނޫނެއް ބަލައިގެން ތިޔަ އުޅެނީ. ސައްޙަ ވިސާއެއް އޮތަސް އޮން އެރައިވަލްގަ ހަމަ އިމިގްރޭޝަނަށް ބޭނުންވެއްޖިއްޔާ އޭނަ އެތެރެނުކޮށް އަނބުރާ ފޮނުވާލެވޭނެ، މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގަވެސް މިކަން އޮންނަ ގޮތް، އަޑުއެހިންތަ އަހުމަދު ނިހާނު ހުސެންމަނިކު އިންޑިއާއަށް އެތެރެ ނުވެވި އަނބުރާ އަންނަން ޖެހުނު ވާހަކަ؟
މިސްޓަރ ޓިނޭ
20 September 2024
އަމިގްރޭޝަން އިން އޭނަ ޑިޕޯރޓް ކުރީމަ ދެން ކޯޓުން ތިކަމުގެ ތެރެއަށަށްވަންނާނީ ބައެއް ލިބެނީބާ
މައްލި
19 September 2024
އެއްގޮތަކަށް ވެސް މިތަނަށް ދެން މި ކަލޭގެ ވަނަ ދީގެން ނުވާނެ. ފުރަތަމަ ކަމަކަށް ކިހިނެއް މިމީހާ ދިވެއްސަކާ އިދެވިގެން މި އުޅުނީވެސް. ތެންތެނީ ޕެރެއިރާ އޯ.
ދެއޮޅި
19 September 2024
ވަކީލެއްގެ ފުރުޞަތު އޮތްކަމަށް ނުބުނަންޏާ ތިމާ މީހާ އަށް އެކަން ނޭންގެނީ ބާ ހަމަ ؟ ޙައްޤު ހިފެހެއްޓިކަމަށްވާނީ ވަކީލު ގެނައިމަ ވަކީލު ބަލައި ނުގަންނަމަ. ފުރުޞަތު އެބައޮތޭ ނުބުނެގެން ޙައްޤެއް ނުގެއްލޭނެ. ޤާނޫން ލިޔާމީހުން ތިބެނީ އާވާރާވެފައިތޯޗެއް.