މެމްބަރު ޝުޖާއު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
20 ސެޕްޓެމްބަރ 2024 - 13:52
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، ހުޅުމާލެއިން 9.4 މިލިއަން ރުފިޔާއަށް ބޮޑު ބިމެއް ބައްލަވައިގެންފި އެވެ.
ބިމުގެ މިލްކުވެރިކަން ކަނޑައަޅައި، ސިވިލް ކޯޓުން އިއްޔެ ނިންމި މައްސަލައިގައިވާ ގޮތުން ހުޅުމާލެ ދެ ވަނަ ފިޔަވަހިން ޝުޖާއު ބައްލަވައިގެންފައިވަނީ 2،196.37 އަކަފޫޓުގެ ބިމެކެވެ. އަގަކީ 8،785،480ރ. އެވެ. އެކަމަކު ޖީއެސްޓީއާ އެކު 9،488،318ރ. އެޗްޑީސީއަށް ދައްކައި ހަލާސްކޮށްފައިވާ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.
އެހެންވެ، ލޮޓް 20339 ގެ މިލްކުވެރި ފަރާތަކީ ޝުޖާއު ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
ޝުޖާއު މަޖިލީހަށް އެންމެ ފުރަތަމަ ހޮވިވަޑައިގަތީ 2014 ވަނަ އަހަރުގެ އިންތިހާބުގަ އެވެ. ފަސް އަހަރުގެ ދައުރަކަށް ފަހު، ބާރަށު ގޮނޑިއަށް ދެ ވަނަ ފަހަރު 2019 ގައި ވާދަކުރެއްވި ނަމަވެސް ކާމިޔާބެއް ނުވި އެވެ.
އޭގެ ފަހުން، ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޓިކެޓުގައި މަޖިލިސް ގޮނޑިއަށް އަލުން ހޮވިވަޑައިގަތުމާ ހަމައަށް 2021 ވަނަ އަހަރުން ފެށިގެން ޝުޖާއު ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރަކަށެވެ.
ހުޅުމާލެއިން ޝުޖާއު ބޮޑު ބިމެއް ބައްލަވައިގެންނެވިއިރު، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ވަނީ 3.1 މިލިއަން ރުފިޔާއަށް އެފްޑަބްލިއު ރެސިޑެންސް އިން ފްލެޓެއް ބައްލަވައިގެންފަ އެވެ. އޭނާގެ އިތުރުން މިދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޒިފްލީން ހަސަން ވެސް ވަނީ ހުޅުމާލޭގެ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެއް 3.5 މިލިއަން ރުފިޔާއަށް ބައްލަވައިގެންފަ އެވެ.
ހަލީލް ވިދާޅުވި ގޮތުގައި އޭނާ ފްލެޓެއް ބައްލަވައިގަތީ މީގެ ފަސް އަހަރު ކުރިން ލޯނެއް ނަންގަވައިގެންނެވެ ކަމަށެވެ. ޒިފްލީން ވިދާޅުވެފައިވާ ގޮތުގައި އޭނާ ބައްލަވައިގެން ފްލެޓަކީ ސްޓޭޓް މިނިސްޓަރުކަން ލިބިވަޑައިގަތުމުގެ ކުރިން ވެސް ދިރިއުޅުއްވަމުން ގެންދެވި ތަނެވެ. އެތާ އުޅުއްވާތާ މިހާރު ހަތަރު އަހަރު ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1122334455
20 September 2024
އަހަރުމެން މި އުޅެނީ 1މިލިޔަންވެސް ނޮހޯދިގެން.
އޮނަރަބްލް އަފީފު ދީދީ
20 September 2024
ޝުޖާއަކީ މެންބަރެއްގެއިތުރުން އެޑަވްޓައިޒިންގ ކަމްޕެނީއެއް ހިންގާ ވިޔަފާރިން އާމްދަނީލިބޭ މީހަކަށްވާތީ، އޭނާ ޙަލާލުފައިސާއިން ބިންގަތްނަމަ ދީދީގެ ޝަކުވާއެއްނެތް. # ނޫސްވެރިޔާ ބަލާދޭންވީ ވިއްކިބިމަކީ ވަންނާނެތަނެއްނެތް ކަމަށްބުނެ ކ.އަތޮޅު މާލޭމީހާ ދައުލަތުން ހިލޭހޯދި ބިމެއްތޯ؟ އަދި ޝުޖާޢުއަށް ވިއްކިބިމަކީ އިބްރާހިމް ސަރުކާރުގައިތިބި މާލޭ ވަޒީރުންގެ ނުފޫޒުގައި އެރަށުމީހުނަށް "ހިލޭ" ބަހާލި ބިންތަކުގެތެރެއިން ބިމެއްތޯ؟ މިއީ އިގެންޖެހޭ މުހިންމުކަމެއް.
ހަބަރުވިދާޅުވޭ
20 September 2024
ހަބަރުގަ އެއޮތީ ފައިސާ ދެއްކީ ކޮންފަރާތަކައްކަން އެނގެން. އެހެންވެ ކާކުއަތުންގަތްބިމެއްކަން އޮޅުންއަރާނެ ތަނެއްނެތް.
ކޮރަލް
20 September 2024
ދެވަނަ ދައުރަކަށް އެއްވެސް މެމްބަރަކު ނުހޮވަން ވީ އެވެ.
ފޮނިފޮނިޓައްޕު ކުމާރު
20 September 2024
ސުޖާމެންނަށް 9 މިލިޔަން ވާނީ ފެންފޮދެއް ބޯލާފާ ވައެއްލުންފަދަ އެއްޗަކަށް.
އެޗް އެމް
20 September 2024
މުދާ ދެއްވާނީ ވަކިފަރާތަކުން. އެހެންވީމަ ޝަކުވާނުކޮށް ހަމްދު ކުރާ ބަޔަކަށްވާންވީ. ސިޔާސީ މީހުންނަކީ ރައްޔަތުންގެ ކަންކަން ރަގަޅުކޮށް ނުދެވިގެން ރައްޔަތުންނަށްޓަކައި ރެއާއިދުވާލު އެމަސައްކަތުގަ އުޅޭމީހުން. މިވީހާތަނަށް ރައްޔަތުންނަށް ލިބުނު ކުރިއެރުމެެއް ނެތް. ކުރުމުއްދަތެއްގަ ކޮންމެ ސިޔާސީ މީހަކަށް ލަގުޒަރީ ފްލެޓާއިބިމާއި އޮޑި ދޯނިފަހަރާއި ނުވިތާކަށް ލައިފް އިނޝުއަރެންސާއި އުމުރުދު ވަހަށް ލިވިން އެލަވެންސް ފަދަ އިނާޔަތް އެބަލިބޭ.
ދަ ލިސްޓް
20 September 2024
ތީ ބުރޯގެ "ދަ ލިސްޓް" ގައި ނަންއޮތް ފަހުލަވާނެއް! އަދިވެސް ކުރީގެ ރައީސެއް އެކަނި ފަހާ ދުވެ ވޭތޯ ބަލާ!
ހޮޓްކިންގ
20 September 2024
ރީއްޗަށް ތިއްބާ މިލިއަނަރުންނަށް ވީގޮތް ކިޔައިދޭންވާނެ.
ތަމީމު
20 September 2024
އޭސީސީ ކޮބާއިބާ؟؟
އޭސީސި
20 September 2024
މިއޮތީ. ނިދާފަ...
ކަހެރުވައް
20 September 2024
ސުޖާއަކަސް ކާސިމަކަސް ކުރަނީ އެއްކަމެއް. ދިވެހިންނަކީ މީހަކު ޕޯޑިއަމަކަށް އަރާ ބާރަށް ފޮޑިއެއް ޖަހާލާއިރަށް ހެވިލާފަ ލައިގެން ހުންނަ ހެދުންގަނޑުވެސް ބާލާފަ ދޭނެ ގަމާރުބައެއްކަން އެނގޭތީ މަގާމުތަކަށް އަރާ ހެދުނު އެއްޗެއް ހަދަނީ. ބިތުފަންގި ނެގޭ ދުވަހުން ކެޔޮކޭވަރު އެނގޭނީ
1181
20 September 2024
ޝުޖާއު އަކީ ފަސްބައި ސާފުކަމަށް އަހަރެން ވަރަށް އިތުބާރު ކުރި މީހެއް. މިހާރު އެކަމުން މި ވަނީ ކިހިނެތް؟؟؟ ތިޔަ ބިން ގަތް ގޮތެއް ޝުޖާއު ކިޔައިދޭން ޖެހޭ. އެކަން އެނގުމަކީ ބާރަށު ދާއިރާގެ ރައްޔިތުންގެ ހައްގެއް.