ބީއެމްއެލްގެ އޮފީސް. ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ކުރިމަތިލާން ވަނީ ހުޅުވާލައިފައި -- ފޮޓޯ: މިހާރު
22 ސެޕްޓެމްބަރ 2024 - 20:21
ބީއެމްއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމްކަ އިސްތިއުފާ ދެއްވާފައި ވާތީ އެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
އެ ބޭންކުން ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ އެވެ. މަގާމަށް ކުރިމަތިލެވޭނީ ބޭންކިން ދާއިރާގައި މަސައްކަތްކުރާތާ 15 އަހަރުވެފައިވާ، ސީނިއާ މެނޭޖްމެންޓުގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މީހުންނަށެވެ.
ބޭންކިން ނުވަތަ ފައިނޭންސުން މަތީ ތައުލީމު ހާސިލުކޮށްފައިވާން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވާ ޝަރުތުތަކުގައިވެ އެވެ.
ބީއެމްއެލްގެ ސީއީއޯގެ މުސާރަ ކަނޑައަޅާނީ، އެ މީހެއްގެ ތައުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އެވެ. މުސާރައިގެ އިތުރުން ހައުސިން އާއި ކާރެއްގެ އިތުރުން މެޑިކަލް އިންޝުއަރެންސާއި ގައުމުން ބޭރުގައި މަސައްކަތްކުރާ ނަމަ، އެކަމަށް ހާއްސަ ގްރާންޓާއި ކޮންމެ އަހަރެއްގެ އެއާފެއާ ޓިކެޓް ވެސް ލިބޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯގެ މަގާމަށް އައްޔަނު ކުރަނީ ތިން އަހަރުގެ މުއްދަތަކަށެވެ.
ސީއޯގެ މަގާމުން އިސްތިއުފާ ދެއްވި ކާލް ބީއެމްއެލްގެ ހިންގުމާ ހަވާލުވެވަޑައިގަތީ އޮކްޓޫބަރު 2022 ގަ އެވެ.
ކާލް އިސްތިއުފާ ދެއްވުމުން، ބީއެމްއެލްގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
23 September 2024
އަހުރެން މިހާރުވެސް ސިޓީ ވައްޓާލައިފިން.
ލައިޓް
23 September 2024
ދިވެހި ބޭންކް އަށް 40 އަހަރު ވެއްޖެއެވެ! ބޭންކް ހިންގޭފަދަ ދިވެހިން މިހާރު ތިބޭނެއެވެ. މީހުން މީހުނަށް ވަނީ މީހުނަށް ހެދީމައެވެ!
ބޮޑުގުޅަ އޮނަރަބަރު
23 September 2024
ތިޔަ މަޤާމް އައްޑޫ ހޮނަރަބަލް އަފީފް ދީދީ އަށް ދީފަ ތިޔަކަން ދެން ނިންމާލާ… އާން އެހެންޏަ އަޅެފަހެ…
ނޫސް ކިއުންތެރިއެއް
23 September 2024
މިރާއްޖޭގަ ކިޔަވައިގެން ތިބިމީހުން މިތިބީ މިތާ ކޮމެންޓްކުރަން. މިބޭފުޅުންނަށް ހުރިހާއެއްޗެއް އެބަ ތަސައްވުރުވޭ. ހުސް ޕީއެޗްޑީއަށް ކިޔަވާ ކުދިންކަންނޭގޭ.
ޙސޖަހ
22 September 2024
ޒުވާނުންނަށް ފުރުސަތުދީ ނިމާލް ސީއީއޯއަކަށް އެންޑޯސް ކުރަން. ކައުންޓަރުން ފަށައި މިހާރު އެންމެ ގާބިލް މީހާއެއީ.
އޮނަރަބަލް ހަސަންފުތާ
22 September 2024
އެފްއޭއެމްގެ ކުރީގެ ރައީސަށް ބަލައްޗޭ، ގޮތެއްނޭ ހަމަ ކުރިމަތިލައިފާނެ.
ގުޑްނަސް
22 September 2024
މިހެން ހުޅުވާލާއިރަށް މޮޔަހެދިގެން އާތިފުމެންހެން ފޯމް ލާން ބަޔަކު ތެޅިގަންނަންވީކީ ނޫން. މީ ރައީސްގެ އަރިސް މީހުނަށް ހުރި ޖާގަތައް. ކޮންމެހެން ކުރަންޖެހޭތީ ހުޅުވާލަނީ.
އޮނަރަބްލް އަފީފު ދީދީ
22 September 2024
ބޭންކް އޮފް މޯލްޑިވްސްގެ CEO ކަމުގެ މަޤާމް އަދާކުރި ސައުތުއެފްރިކާ، ސިންގަޕޯރ އަދި އިޤިރޭސިވިލާތު މީހުނާއި ތައުލީމީގޮތުން އެއްވަރު އަދި ތަޖުރިބާގެ ގޮތުން ތަންކޮޅެއް ދަށް ނަމަވެސް ތިޔަ ބޭންކް ހިންގޭނެ ތަޖުރިބާހުރި ކިތަންމެ ދިވެހިނެއް ރާއްޖޭގައި އެބަތިބި. # ދިރާޤް، އެމްއޭސީއެލް، ސްޓެލްކޯ، އެމްޕީއެލް ފަދަ ދައުލަތުގެކުންފުނިތައް ދިވެހިންހިންގާއިރު ތިތަންވެސް ދިވެއްސަކަށް ހިންގޭނެ. މިހެން ބުނީމާ ދެކޮޅު ހަދާ މީހުނަށް ދަންނަވަން ބޭނުންވަނީ.. (ތިރީގައި)
އޮނަރަބްލް އަފީފު ދީދީ
22 September 2024
މިހާތަނަށް ބީއެމްއެލް ހޯދި އެންމެބޮޑުކުރިއެރުން ތައްކަމަށް ފެންނާންހުރި ބޭންކް ހެޑްއޮފީސް އިމާރާތާއި، American Express އަދި ވީސާ ކާޑްގެހިދުމަތާއި، ATM އާއި ޕީއޯއެސް ތައާރަފްކޮށް ރާއްޖެއަށް ޒަމާނީ ބޭންކިންގ ހިދުމަތް ތައާރަފުކުރުމުގެ އެންމެބޮޑު މޭސްތިރިއަކީ ކުރިން ބޭންކްގެ AGM ކަމުގެމަޤާމް އަދާކުރެއްވި އަދި ފައިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރ އަކަށް ރައީސް މައުމޫނާއި ނަޝީދު އަދި ވަޙީދުގެ ދައުރުގައިވެސް ހުންނެވި މުޙައްމަދު ޢަޙްމަދު.
އޮނަރަބްލް އަފީފު ދީދީ
22 September 2024
އެހެންކަމުން މުޙައްމަދު އަޙްމަދު ފަދަ އިޙްލާސްތެރި ހިންގުންތެރިދިވެއްސަކާއި މިވަގުތު ބޭންކް ޙަވާލުކުރަންޖެހޭކަމަށްދެކެން. އޭރު ބޭންކްގެ ސީނިއަރ މެނޭޖްމަންޓްގައިތިބި ތަޢުލީމީ އެންމެނަށްއިގޭނެ އޭޖީއެމގެ މަޤާމްގައިހުންނަވައިގެން "އޭނާއަކީ ފޮތުގައިއޮންނަގޮތަކަށްނޫނީ ކަންކަންނުކުރި އަދި މީހެއްގެއަމުރަށް ވަކިގޮތަކަށްކަންތައްކުރާނެ މީހެއްނޫންކަމާއި" އޭނާގެ މަޤާމްގެމުއްދަތުގައި މަތީގައިދެންނެވި ކަންކަމުގެއިތުރުން ބޭންކަށް ގިނަކުރިއެރުންތައް ހޯދާދިންކަން.