ތިނަދޫ ހޮސްޕިޓަލުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. ހަލީލް ވާހަކަ ދައްކަވަނީ.-- ފޮޓޯ | ހެލްތު މިނިސްޓްރީ
23 ސެޕްޓެމްބަރ 2024 - 12:07
ގދ. ތިނަދޫ ރައްޔިތުން ބޭނުންވާ ފެންވަރަށް އެ ރަށުގެ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ތަރައްގީކޮށް، ސަރުކާރުގެ ވިސްނުމަކީ އެހެން ސަރަހައްދުތަކުން ފަރުވާއަށް ފޮނުވަން ރިފަރަލް ޕޮއިންޓަކަށް އެ ހޮސްޕިޓަލް ހެދުން ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ހުވަދު އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތަށް 55 އަހަރު ފުރުން ފާހަގަކުރަން އެ ރަށުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އެ ތަން ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ.
އެ މަޝްރޫއުގައި ހޮސްޕިޓަލްގެ އިމާރާތް ބޮޑުކޮށް، އެމްއާރުއައިގެ ހިދުމަތް ފަށައި، ޒަމާނީ އޮޕަރޭޝަން ތިއޭޓަރަކާ އެކު ހިދުމަތްތައް ފުޅާވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލީލް ވިދާޅުވި ގޮތުގައި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ ހަމައެކަނި ހުވަދު އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށް ހިދުމަތް ދޭން ހާއްސަ ތަނެއް ނޫނެވެ.
ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ރިފަރަލް ޕޮއިންޓަކަށް އެ ހޮސްޕިޓަލް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ތި ބޭފުޅުން ބޭނުންވާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދަނީ މި އަހަރު، ފަހަރެއްގައި މި އަހަރު ބާކީ އޮތް ދުވަސްކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު އެ މަސައްކަތް ފެށޭނެ ކަމުގެ އުއްމީދުގައި އަޅުގަނޑު މަސައްކަތް ކުރަމުން މި ގެންދަނީ،" ހަލީލް ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު ޑރ. ހަލީލް ތިނަދޫ ހޮސްޕިޓަލް ބައްލަވާލައްވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލްގެ ގޯތިތެރޭގައި އާ އިމާރާތެއް އަޅައި ޒަމާނީ ފެންވަރަށް އިމަޖެންސީ ރޫމް ތަރައްގީކުރާނެ ކަމަށެވެ. އެ ހުރިހާ މަސައްކަތެއް ކުރަން ފައިނޭންސް ހަމަޖެހޭނެ ކަމުގެ ސިގްނަލް ލިބިފައިވާތީ މިހާރު ކުރަމުން އަންނަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެންމެ ފަހުގެ މަސައްކަތްތަކެވެ.
އެމްއާރުއައި މެޝިން ގަންނަން އެކި ފަރާތްތަކާ ވާހަކަދައްކަމުން އަންނަ ކަމަށާއި އޭގައި ވެސް ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްގެ ޖާގަ އަދި މާލީ ހާލަތު ދަށްވުން ހިމެނެ އެވެ.
ހަލީލް ވިދާޅުވީ އެފަދަ މެޝިނެއް ލިބެނީ ދެ މިލިއަން ޑޮލަރު ނުވަތަ 30.8 މިލިއަން ރުފިޔާއަށެވެ.
އިގުތިސޯދީ ހާލަތު ރަނގަޅުކުރަން ކުރަމުން އަންނަ މަސައްކަތަށް ބަލައި އަންނަ އަހަރު އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ތެރޭގައި އެ ހިދުމަތް ފެށުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެމްއާރުއައި ފެށުމަށް ވަކި އާ އިމާރާތަކަށް މަޑެއް ނުކުރާނެ ކަމަށާއި މިހާރު ބޭނުންކުރާ ތަނަށް ބަދަލުތައް ގެނައުމަށް ފަހު އެމްއާރުއައިގެ ހިދުމަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއަށް ފަހު، ތިނަދޫ ހޮސްޕިޓަލްގެ އާ އިމާރާތް އެޅުމުން އެ ތަނަށް އެމްއާރުއައި މެޝިން ބަދަލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ހޮސްޕިޓަލްގައި މިނިސްޓަރު ވަނީ ޒަމާނީ ޓެކްނޮލޮޖީއާ އެކު ގާއިމްކުރި ބްލަޑް ބޭންކާއި އަންހެނުންނަށް ހާއްސަ ރިޕްރޮޑަކްޓިވް ހެލްތު ކްލިނިކެއް ވެސް ހުޅުވައިދެއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަނާ241
23 September 2024
ތިގޮތަށް އަނގަތަޅާތަޅާ 5 އަހަރު ދުއްވާލާ ، ގަދަ އިނގޭ
އޮނަރަބްލް އަފީފު ދީދީ
23 September 2024
ތިތަނަށް ގޮސް ބޭޅާގެ ކުރިމަތީގައި އަތުރާފައިވާ ގޮނޑި ތަކުގައި ތިބެގެން އަތް ނުޖަހައިފިނަމަ، މާދަމާވެސް ވަޒީފާގައި ނުތިބެވޭނެތީ، "މަޖުބޫރީ ޙާލަތް މެދުވެރިކޮށްފައިވާ ރައްޔިތުންނަށް" ޖެހޭނީ އެކަން ކުރާން. އެހެން ނަމަވެސް ބޭޅާމެންގެ ސަރުކާރުގެ އަމަލުހުރިގޮތުން ހަމަބުއްދި ސަލާމަތުން ހުރި ތިނަދޫ މީހެއްް، ހުވަދޫ އަތޮޅު އަދި ދެކުނުގެ ރައްޔިތަކު ޤަބޫލު ނުކުރާނެ ބޭޅާ ތިދެއްކެވި ވާހަކަ ޙަޤީގަތަކަށް ހެދުމަށްޓަކާ މާލޭސަރުކާރުން އެއްވެސް ކަމެއް ކުރާނެކަމަކަށް.
އޮނަރަބްލް އަފީފު ދީދީ
23 September 2024
އޭގެ މިސާލަކީ ބޭޅާމެން ވެރިކަމާއި ޙަވާލުވިއިރު އިންޑިޔާ ސަރުކާރު "ހިލޭ އެހީގައި" ރާއްޖެގެ އެންމެ ބިންބޮޑު އެއް ރަށުގައި އިމާރާތް ކުރަމުންދިޔަ މަލްޓި ސްޕެޝިއަލިޓީ ކެންސަރު ހޮސްޕިޓަލް" ކ.އަތޮޅު މާލެއަށް ބަދަލުކުރި ކުރުމާއި، ބޭލާމެންގެ ސަރުކާރު ފުރަޔަމަ 9 މަސް ދުވަހުގެ ތެރޭގައި ކ.ހުޅުމާލޭގެ އިތުރުން 4000 ރަށްވެހިން ނެތް ކ.ވިލިގިލީގައިވެސް ޓާޝަރީ ހޮސްޕިޓަލެއް އަޅާން ކޮންޓްރެކްޓަރ އާއި ޙަވާލު ކުރި ކުރުން އިގޭތޯ. ކޮބައިތޯ ތިނަދުއާއި އައްޑޫ ހޮސްޕިޓަލް!؟
ޢިޚުލާސްތެރިވޭ
23 September 2024
އައްޑޫގައިވެސް ހުރޭ ރިފަރަލް ހޮސްޕިޓަލެއް، ވާކަމެއް ހަރާންފަދަ. ކައްޓަށް ކަމެއްވެގެން ދައްކަން ބަލާއިރު ޑޮކްޓަރެއް ނުހުންނާނެ، ނޫނީ ހުރިމީހާ ހުންނާނީ ޗުއްޓީގައި، ނޫނީ އެކްސްރޭ މެޝިންގަޑު ހުންނާނީ ހަލާކުވެގައި، ދެން ޓިކްޓް ނަގައިގެން މާލެއަށް. މީ ވާވަރަކީ. ތިކަހަލަކަންކަން ނަމަކަށްކޮށްގެން ތިބެނީ، ޚިދުމަތެއް ފުރިހަމައެއްނޫން.
އައިމިނާ
23 September 2024
ތިނަދޫގަ އުޅޭނީ ޓީޗަރުންނަށްވުރެ މޮޅު ބެލެނިވެރިން. ޑޮކްޓަރުންނަށްވުރެ މޮޅު ބަލިމީހުން. އެހެންވެ އާބާދީ އެއަށްވުރެ ކުޑަ ރަށްރަށުން ހުރިހާ ކަމަކުން ކުރިއަރައި ދަނީ. ތިނަދޫ ބާއްވާފަ.