24 ސެޕްޓެމްބަރ 2024 - 12:23
ރެއާލްގެ މެޑްރިޑްގެ ފަލްސަފާ އަދި ކާމިޔާބުގެ ސިއްރަކީ ވެސް ވަކި އެއް ސްޓައިލަކަށް ބަރޯސާ ނުވުން ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
މިދިޔަ ސީޒަނާއި މި ސީޒަނުގައި ކުޅުނު މެޗުތަކާ އެކު ރެއާލުން ވަނީ ލަލީލާގައި ބަލި ނުވެ 38 މެޗު ފުރިހަމަކޮށްފަ އެވެ. ލީގުގައި އެ ޓީމު ބަލިވީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެތުލެޓިކޯ މެޑްރިޑް އަތުންނެވެ.
ރެއާލްގެ ވާދަވެރި ބާސެލޯނާ ބަރާސޯ ވަނީ ޕާސިން ގޭމަށެވެ. އެތުލެޓިކޯގެ ސްޓައިލަކީ ވަރުގަދަ ޑިފެންސިވް ގޭމެއްގައި ކުޅެ އެޓޭކް ކުރުމެވެ. ރެއާލް ސޮސިއެޑާޑްގެ ސްޓައިލަކީ މިޑްފީލްޑުން ދެ ފަރާތުގެ ވިންގަށް ބޯޅަ ސަޕްލައިކޮށްދީ ހަމަލާ އުފެއްދުމެވެ.
އަންޗެލޮޓީ ބުނީ ރެއާލްގައި ވަކި އެއް ސްޓައިލެއް ނޯންނާނެ ކަމަށެވެ.
"މިދިޔަ އަހަރުތަކުގައި އަހަރެމެންގެ ނޯންނާނެ ވަކި އެއް ސިފައެއްގައި ކުޅޭ ސްޓައިލެއް. އަހަރެމެން ރަނގަޅަށް ކުޅުނިން، ރަނގަޅަށް ޑިފެންސް ކުރިން ޑިފެންސް ފަހަތުގައި ބާއްވައިގެން ވެސް ކުޅުނިން. ވަރަށް އަވަހަށް ބޯޅަތައް ސަޕްލައިކޮށްދިނިން. ބައެއް މެޗުތަކުގައި ޕޮޒެޝަން ދަމަހައްޓައި ޕާސިން ގޭމެއް ވެސް ކުޅުނިން. ވަކި ސާފު އެއް ސިފަތަކެއް ނެތީމަ ބައެއް މީހުން ބުނޭ އަހަރެމެންގެ ކުޅުމުގެ ވަކި ސްޓައިލެއް ނޯވެޔޭ. އެއީ ތެދެއް ވެސް މެ. އަހަރެމެން އަތުގައި ނޯވޭ ސްޓައިލެއް. އެކަމަކު އަހަރެމެންގެ އޮންނަނީ ވަރަށް ބައިވަރު ސްޓައިލްތަކެއް،" އަންޗެލޮޓީ ބުންޏެވެ.
ރެއާލް މިރޭ ނުކުންނާނީ ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށެވެ. ރެއާލްގެ ބައެއް ކުޅުންތެރިންނަށް ވަނީ އަނިޔާވެފަ އެވެ. އަންޗެލޮޓީ ބުނީ މިރޭގެ މެޗުގައި ބައެއް ކުޅުންތެރިންނަށް ރެސްޓް ދީ މަދުން ކުޅުނު ކުޅުންތެރިންނަށް ފުރުސަތު ލިބޭގޮތަށް ޓީމު އެކުލަވާލާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގި ކޮމިޝަން
25 September 2024
ރެފްރިޑް ޔޫސީއެލް ނަގާނެ.
އަޅި އަލީ
24 September 2024
ވަރަށް ބަރާބަރު އިނގޭ!