އައިޖީއެމްއެޗް-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
01 އޮކްޓޯބަރ 2024 - 10:10
ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސްގެ މުވައްޒަފަކު ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ރޭ ފަތިހު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޒަހަމްތަކަކާއެކު އޮތް އެފްކޮންސް ވިލިމާލެ ސައިޓުގައި އޮތް މީހަކު ފަތިހު އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ތަނަށް ގެންދިޔައިރު ވެސް އެ ފިރިހެން މީހާ އޮތީ މަރުވެފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިހާތަނަށް ބެލި ބެލުމުން އެ މީހާއަކީ ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސްގެ މުވައްޒަފެއްކަން އެނގިފައިވާ ކަމަށް ބުންޏަސް، އެ ފިރިހެން މީހާއަށް ލިބިފައިވާ އަނިޔާތަކެއް އަދި ސާފެއްނުވެ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮޅި
01 October 2024
އެކްސިޑެންޓް މަރެއްތޯ ނުވަތަ މީހެއްގެ ފަރާތުން ލިބުނު އަނިޔާއަކާ ގުޅޭ މަރެއްތޯ؟
ބާބް
01 October 2024
ކަލެޔަށް ކިޔައިދޭން ޖެހޭތަ ކޮންމެހެން.
ގުދުގުދު ހުދުހުދު
01 October 2024
ތިޔަ ބުރިޖެއްގައި ނިޔާވި 2 ވަނަ މީހާ ތީ. މީގެ ކުރިން ވެސް ރާއްޖޭގައި ބޮޑު ސިންގާ ބުރިޖެއް އެޅި. މިކަހަލަ ހިތާމަވެރި ހާދިސާއެއް ނުހިންގާ.
ނޯއިޓްއޯލް
01 October 2024
ހިނގި. އެކަކު މަރުވެސްވި. އެހެން މީހެއްގެ ފައި ބުރި ކޮށްލަންވެސް ޖެހުނު. އަދިވެސް މީހުންނަށް އެކިވަރުގެ އަނިޔާވެގެން ފޮނުވާލަން ޖެހުނު. ކޮންމެ މިކަހަލަ ޕްރޮޖެކްޓެއްގަވެސް ކޮންމެވެސް ކަހަލަ ހާދިސާތަކެއް ހިނގާ.