ނަބީހު ކަނޑުއަޑިން ނަގައިގެން ސިއްހީ މަރުކަޒަށް އެމްބިއުލާންސްގައި ގެންދަނީ.-- ފޮޓޯ: އަލިފުށި ލައިވް
18 އޮކްޓޯބަރ 2024 - 13:48
ރ. އަލިފުށި ކައިރިއަށް ފީނަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ކަނޑުއަޑިން ނަގައިފި އެވެ. އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ދެންމެ ބުނެފަ އެވެ.
ގެއްލިގެން ހޯދީ އެ ރަށު ކަޝްމީރުގެ، ނަބީހު ހަސަން އެވެ. އޭނާއާ އެކު އިތުރު ތިން މީހަކު އަލިފުށި ކައިރިއަށް ފީނަން ފޭބީ މިއަދު ހެނދުނު 10 ޖަހާކަށް ހާއިރުކަން ވަނީ އެނގިފަ އެވެ.
ފުލުހުން ބުނީ އެއީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ މަރުވެފައިވާކަން ރ. އަލިފުށި ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އޭނާ މަރުވީ ހަށިގަނޑު ރަށަށް ގެންދިޔަ ފަހުންނެވެ.
"އަލިފުށީ ކަނޑުތޮށި ކައިރިއަށް މަސް ހިފަން މޫދަށް ފޭބި ތިން މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރައި އަޑީގައި އޮތް ކަމަށް މިއަދު 12:08 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވޭ،" ފުލުހުން ބުންޏެވެ.
ފޮޓޯ: އަލިފުށި ލައިވް
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ރ. އަލިފުށި ދެކުނު ފަރާތު ކަނޑު އަޑިންނެވެ. އަދި އޭނާ ކަނޑުން މައްޗަށް ނެގީ ޑައިވަރުންގެ ޓީމަކުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަައަލީ
19 October 2024
މި ހަބަރު ހަމަ ނުޖިހޭ ކަން ފާހަގަ ކުރެވޭ
ޙަހަހ
18 October 2024
ތީކީ އަލަކަށް ކުރާކަމެއްނޫން. ކުޑަކޮން ސަމާލުވާން ޖެހޭ