ކޯސްޓްގާޑްގެ ބޯޓެއް: ދެ ޑިންގީ ޖެހި އެކްސިޑެންޓެއްގައި މީހަކު ވަނީ ގެއްލިފައި
24 އޮކްޓޯބަރ 2024 - 21:40
ހުޅުމާލޭ ފަޅުތެރޭ ދެ ޑިންގީ އެކްސިޑެންޓުވެ މީހަކު ގެއްލިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ މިރޭ ހިނގީ މީގެ އިރިކޮޅެއް ކުރިން ހުޅުމާލޭ ވެމްކޯ ޖެޓީއާ ދިމާލުންނެވެ.
ދެ ޑިންގީ ޖެހި ހިނގި ހާދިސާގައި އެތަނުން އެއް ޑިންގީގައި އިން މީހަކު މޫދަށް ވެއްޓި ގެއްލިފައިވާ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy