ޚަބަރު / އިބްރާހިމް ފަލާހު (އިނގުރައިދޫ ދާއިރާ)

އެއް އަހަރު ދުވަހުގެ މުއްދަތަށް މުސާރައިން 10 ޕަސެންޓް އުނިކުރަން ފަލާހު ނިންމަވައިފި

މެމްބަރު ފަލާހު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އެއް އަހަރު ދުވަހުގެ މުއްދަތަކަށް މުސާރައިން 10 ޕަސެންޓް އުނިކުރަން ފަލާހް ވަނީ ނިންމަވާފައި.

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކުރިއަށް އޮތް އެއް އަހަރަށް މުސާރައިގެ 10 ޕަސެންޓް އުނިކުރުމަށް ފަހު، މުސާރަ ނަންގަވަން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އަމިއްލަ އަަށް ނިންމަވައިފި އެވެ.

މިދިޔަ ބުދަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައި ވަނީ ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ތިން ބާރުގެ އިސް ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ މެމްބަރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް ދެ އަހަރު ދުވަހުގެ މުއްދަތަށް އުނިކުރާށެވެ.

ރައީސްގެ އެ ނިންމެވުންތަކަށް އިޝާރާތް ކުރައްވައި ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރޭ ވިދާޅުވީ ހަރަދުތައް ކުޑަކުރުމަށް އެ މަނިކުފާނު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އެއްބާރުލުހުން ދެއްވުމުގެ ގޮތުން މަޖިލީހުގެ މުސާރައިން އަންނަ ނޮވެމްބަރު މަހުގެ 1 އިން ފެށިގެން އެއް އަހަރުގެ މުއްދަތަކަށް 10 ޕަސެންޓް އުނިކުރަން ނިންމަވާފައިވާ ކަމަށެވެ.

ކުރިއްސުރެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ދައުލަތުން ދެނީ 82،500ރ. އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 42،500ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 20،000ރ. އަދި ވަކި އަދަދަކަށް ކޮމިޓީތަކަށް ހާޒިރުވާ ނަމަ އިތުރަށް ލިބޭ 20،000ރ. އެވެ.

އެހެންވެ، މިހާރު މަޖިލީހުގައި ތިއްބެވި 93 މެމްބަރުންގެ ހަމައެކަނި މުސާރައަށް ދައުލަތުން މަހަކު 7.67 މިލިއަން ހަރަދުކުރެ އެވެ.

ރައީސް އެކަން އިއުލާންކުރެއްވުމާ އެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ މުސާރައިން 50 ޕަސެންޓް ނުނެންގެވުމަށް ނިންމަވައިފަ އެެވެ. މަޖިލީހުގެ ރައީސްގެ މިހާރުގެ މުސާރައަކީ 73،125ރ. އެވެ. މި ބަދަލާ އެކު، މުސާރައިގެ ގޮތުގައި ދެން ނަންގަވާނީ 36،562.5ރ. އެވެ.

ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު އެމަނިކުފާނު ވަނީ އަމިއްލަފުޅު މުސާރައިން 50 ޕަސެންޓް އުނިކުރުމަށް ވެސް ނިންމަވައިފަ އެވެ. މި އިސްލާހާ އެކު އެމަނިކުފާނު ނަންގަވާނީ 50،000ރ. ގެ މުސާރަ އެކެވެ.

އެހެންވެ، ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓް އިއްޔެ ހުށަހެޅީ އެ ބަދަލުތަކާ އެކުގަ އެވެ.

މި ފިޔަވަޅުތައް އެޅިޔަސް 12،000ރ. އަށް ވުރެ ދަށުން މުސާރަ ިބޭ މުވައްޒަފުން އިސްތިސްނާވާނެ ކަމަށް ރައީސް ވިދާޅުވެ އެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ އިގްތިސާދީ ހާލަތު ދަށަށް ގޮސްފައިވާތީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ވަނީ ނިންމަވައިފަ އެވެ. މިދިޔަ ހަފްތާގައި ރައީސް ވަނީ ސިޔާސީ މަގާމުތަކުގައި ތިބި 228 މީހަކު މަގާމުން ވަކިކުރަން ވެސް ނިންމަވައިފަ އެވެ. އެ ނިންމެވުމުގެ ސަބަބުން މަހަކު 5.7 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

43 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 0%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަރީދު 9871

26 October 2024

10% ކަޑަން މިބުނާ މީހުން ޔަގީން %30 ކޮންމެވެސް އެހެން ގޮތަކަށް ކާލާނެ ބައިތުލް މާލުން . މިކަމުގެ ސަބަބުން ރައްޔިތުން އިތުރަށް ބިކަވެގެން ދާނީ

The name is already taken The name is available. Register?

‫ނާޑުވާ

26 October 2024

ފ‫ަހުން ގަނޑުކޮށް ނަގާނެ. މިކަން މަށަށް އަދި އޭނަޔަށް ވެސް އެނގޭނެ.

The name is already taken The name is available. Register?

83736

26 October 2024

ރައީސް 2 އަހަރަށް ނިންމީމަ ފަލާހު 1 އަހަރަށް ނިންމުމަކީ ރައީސްއަށް ގޮން ޖެހުން

The name is already taken The name is available. Register?

‫ވާންޗޯ

26 October 2024

‫ބަލަ މުސާރަ %90 ކަޑާލާ

The name is already taken The name is available. Register?

ކިނާރީ

26 October 2024

ފަގީރު ގައުމެއްގަ މިއިން ޒަމާނަކު ވެސް ބޯހިކެން ނެތް ގައުމެއްް ގަ ބޮޑުމުސާރައެއް ނަގަން ލަދުވެތިކަމެއް. ލިބޭނެ އެކިގޮތްތަށް ފަހިކޮއްމާލީ ހާލަތު ރަގަޅު ބަޔަކު ބޮޑުމުސާރައެއްނެގުން . ޢަމިއްލަ އަށް މިއީ ހައްގުވާނެ ވަރުކަމަށް ގަބޫލު ކޮއް މިއަދު އެވެނިވަރު މާދަމާ މިއަށް ވުރެ ބޮޑުވަރު ކަޑައެޅުން ހުތުރު . ގައުމެއްގެ މާލިއްޔާ އަކީ އެއްމެންގެ ހައްގަކަށް ވާއިރު. ބޭނުންވީމަ ބޮޑު ވެސް ކުރަންވީ ގިނައިން ނަގަންވީ . . ދުނިޔޭގަ ހުތުރު ކަންކަން ހުންނައިރު

The name is already taken The name is available. Register?

ބިންގަރާސް

25 October 2024

ހުސް އަނދުން…..އަހަރެމެންނަށް ހާދަ ނުވިސްނެޔޭދޯ..!50 މައިނަސް ޕުލަސް 200. 10 މައިނަސް ޕުލަސް 110

The name is already taken The name is available. Register?

ފަލާޚާ ކާމިޔާބް

25 October 2024

ފަލާޚްއަކީ އެންމެ ރަނގަޅުމީހާ ފަލާޚް އެމަސައްކަތްކުރައްވަނީ ޤަައުމު ހަމަމަގައްއަޅުވަން ރައީސް މުއިއްޒުއަށްވެސް ރަނގަޅު މަގު ދައްކަވަނީ ފަލާޚް. ޝުކުރިއްޔާ އަހަރެމެންގެ އެންޕީ

The name is already taken The name is available. Register?

ދިންގްލިޝް

26 October 2024

"އެންޕީ" އޭ؟

The name is already taken The name is available. Register?

މާވަޑި ފަލާހު

25 October 2024

ތީމުޅިންވެސް ގޭމް، %10 ކަނޑާލަން ނިންމާފިއްޔާ %30 އިތުރައް ނަގާނެ

The name is already taken The name is available. Register?

ޞުތާންތޭ

25 October 2024

ރައީސް ނިންމެވީ މަޖްލިސް މެމްބަރުންގެ މުސާރަވެސް %10 އަށް 2 އަހަރަށް ކުޑަކުރެއްވުމަށް. ޢެއާ އިދިކޮޅަށް 1 އަހަރަށް މުސާރަކުޑަކުރަން ނިންމެވުމަކީ ރައީސަށް ޗެލެންޖް ކުރުމާއި ދަހިވެތިކަން އިސްކުރުން

The name is already taken The name is available. Register?

މިރާންސް

26 October 2024

ފަލާހް ނިންމެވީ ރައީސް އުނިކުރަން ނިންމި 10 ޕަސެންޓްގެ އިތުރުން 10 ޕަސެންޓް 1 އަހަރު ދުވަހުގެ މުއްދަތަށް އުނިކުރަން، ދެރަކަމަކީ މި މީހުންނަށް ނުވިސްނޭކަން

The name is already taken The name is available. Register?

އައިސަން

25 October 2024

ފަލާހުގެ ދީލަތިކަމުން ނިންމެވި ހިތްވަރުގަދަ ނިންމެވުމަށް ޝުކުރު އަދާކުރަން. ގައުމަށް ދިމާވާ މިފަދަ ކޮންމެ ދަތި އުނދަގޫ ދަނޑިވަޅެއްގައި ލޮބުވެތި ސިޔާސީ ވެރިން ދައްކަވާ ނަމޫނާއަށް ސާބަސް ހައްގު 3>

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

25 October 2024

ދިވެހިދައުލަތް ހިންގުމާއި ޙަވާލުވާ މާލޭގެ ސަރުކާރު ތަކަށް ޙަރަދު ކުޑަކުރުމަކީ ރައްޔިތުމީހާގެ ޖީބުގައި ލޯވަޅު އެޅުންކަމަށް ހީފުޅުވާނަމަ އެއީ ރަނގަޅު ގޮތެއްނޫން. ތިޔަ މުސާރައަށް ބޭޅާމެން "ސަރުކާރު ހިންގާން ތިބިމީހުން އަމިއްލަ އަމިއްލައަށް ތިމަން މަނިއްޕުޅަށް މިވަރުވެސް އެންމެ ރަނގަޅުކަމަށް ބުނެ އަދަދު ކަނޑައަޅައި ގޮތް ނިންމި ކަމުގައި ވިޔަސް" ދައުލަތުގެ ޝަރުއީ ކޯޓް ތަކުގެ ފަނޑިޔާރުންގެ މުސާރައާއި މަޖިލިސް މެންބަރުންގެ މުސާރައާއި ކުޅެގެން ނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454