މުނިފޫހިފިލުވުން / ވާހަކަ

އަހަރެން ގެއްލުވައިލީ އަހަންނެވެ.

(ބުދަ ދުވަހާ ގުޅޭ)

ކަން ނުވެ ރަނގަޅަށް ނަންވެ ނިމުނީއެވެ. މީހެއް ގާތުގައި މި ވާހަކަ ދެއްކޭކަށް ނެތެވެ. ރަންނަމާރި ކައިރިން އަހަންނަށް ސަމާލަތްވެވޭނެ ގޮތެއް ނެތެވެ. އަހަންނަށް ފެނުނީ އެންމެ ގޮތެކެވެ. ދުނިޔެއިން އަހަރެން ސަލާމަތްވުމެވެ. އަހަންނަށް ފެނުނު އެންމެ ރަނގަޅު ހައްލަކީ އެއީއެވެ.

އަމިއްލަ އަށް މަރުވާން އަހަރެން ވިސްނަން ފެށީމެވެ. އެއްޗެއް ކާނީ ހެއްޔެވެ؟ އުސް ތަނަކުން ފުންމައިލާނީ ހެއްޔެވެ؟ ޒަލަފްގެ އަތްދަށުން ސަލާމަތްވުމަށް ޓަކައި، ކޮންމެ ކަމެއް ކުރަން ވެސް އަހަންނަށް ކެރޭނެއެވެ. އެހެނަސް، މަރުވުމުގެ ކުރިން، އަހަރެން މަރުވި ސަބަބު ދަރިފުޅަށް އަންގަން އަހަރެން ބޭނުމެވެ. އަހަންނާ ދޭތެރޭ ކޮންމެ މީހަކު ކޮންމެ ގޮތަކަށް ވިސްނިޔަސް، އަހަރެންގެ ދަރިފުޅު އަހަރެން ހަނދާން ކުރަން ޖެހޭނީ ހިތްވަރުގަދަ މަންމައެއް ގޮތުގައެވެ. ފިނޑިއެއް ގޮތުގައެއް ނޫނެވެ.

އަހަރެން ހައިފާއަށް ގުޅީމެވެ. އެއް ފަހަރު ރަނގަބީލުވާ އިރަށް އޭނަ ފޯނުނެގިއެވެ. އެހައި އަވަހަށް ފޯނުނެގުމުން އަހަރެން ދައްކަން ބޭނުންވި ވާހަކަ ފަށާނެ ހިސާބެއް ނޭނގުނެވެ.

"ކީއްތިކުރަނީ؟" އަހަރެން އެހީމެވެ.

"މަންމާ! މިޑްނައިޓްގަ ގުޅާފަ ތި އަހަނީ ކީއްހޭ ތި ކުރަނީ؟" ހައިފާ ބުންޏެވެ. "ނިދަން މި އޮތީ. ކިހިނެއްވީ؟"

"ކަމެއްނުވޭ!" އަހަރެން ބުނީމެވެ. "ދެން ހަމަ ގުޅާލީ!"

"ދެން އެހެނެއް ނުވާނެއްނު މަންމާ!" ޗޮކެއް ކަނޑައިފައި ހައިފާ ބުންޏެވެ. "ކޮންމެވެސް ކަމެއް ވެގެން މި ގަޑީގަ ގުޅާނީ. ކިހިނެއްވީ؟"

އިރުކޮޅެއް ވަންދެން އަހަރެން ވިސްނީމެވެ.

"މަންމަ ދެކެ ދަރިފުޅު ލޯބިވޭތަ؟" އަހަރެން ސުވާލު ކުރީމެވެ.

"އަހަރެން ބުނަން މޮޅު ގޮތެއް؟" ހައިފާ ބުންޏެވެ. "އަހަރެން ދާނަން މާދަން މަންމަ ބަލާ! އަހަރުމެން ދެމީހުން ދާނީ ބުރެއް ޖަހާލަން."

"ބައްޕައެއް ނުފޮނުވާނެ." އަހަރެން ބުނީމެވެ.

"އެ ކަމާ މަންމަ ނުވިސްނާ،" ވަރަށް ހަމަޖެހިލާފައި ހައިފާ ބުންޏެވެ. "ދާނެ ތަނަކާ، ހުއްދަ ހޯދުމާ ހުރިހާ ކަމެއް އަހަރެން ހަމަޖައްސާނަން. މަންމަ ރެޑީވެގެން ހުރޭ! ދާނަން ހަވީރު."

އަހަންނާ ވާހަކަ ދައްކާ ގޮތަށް ހައިފާއާ ވާހަކަ ދައްކާކަށް ޒަލަފަކަށް ނުކެރެއެވެ. އޭގެ ނާޖާއިޒު ފައިދާ ހައިފާ ނަގައެވެ. ޒަލަފް ދެކެ ހައިފާ ލޯތްބެއް ނުވެއެވެ. މަތިމަތިން ގޮތް ދައްކައިލައިގެން އުޅެނީއެވެ. އަހަންނަށް ޓަކައެވެ. އަހަރެން ބުނީތީއެވެ. އަހަރެން ދެކެ ޒަލަފް ލޯބި ނުވާކަމާއި، ހެދި ގޮތެއް ހެދިގެން އަހަރެން އުޅޭނެކަން ވެސް ހައިފާ އަށް އެނގެއެވެ. ޒަލަފް އަށް ވެސް އެ ޔަގީންކަން އޮވެއެވެ. ދަންވަރު ގަޑީގައި، އަހަރެންގެ ހަޔާތާ މެދު ވިސްނަން ހޭލާ އޮތީމެވެ. ޒަލަފް އޮތީ އޭނަގެ ހިތް ފުރޭ ވަރަށް ބަދަލު ހިފައިގެން ނިދައިފައެވެ. އެ ލަކުނުތައް ފޮރުވޭނެ ކަމާ މެދު އަހަންނަށް ޝައްކެވެ. އަހަރެން ތެދުވެގެން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނީމެވެ. ލޮލުން ފޭދުނު ކަރުނައިން މަންޒަރު އެކުގައި ފުސްވެގެން ދިޔައެވެ.

ހެނދުނުހެނދުނާ އަހަރެން ރޮށި ފިހަން ފެށީމެވެ. ކުރާނެ އެހެން ކަމެއް ނެތެވެ. ނިންޖެއް ނެތެވެ. ހިތަށް އެރިއެވެ. އެތައް ދުވަހަކު ކެތްކޮށްފީމެވެ. އިތުރަށް އެންމެ ދުވަހަކު ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ ގޭގެ ވެރިން ތެދުވި އިރު އަހަރެން ސައިހަދައި ނިމިއްޖެއެވެ. ފުރަތަމަ ނުކުތީ މައިދައިތައެވެ. އަހަރެން ހުރި ގޮތް ފެނުމުން ފާޑަކަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެފައި ސައިބޯން އިށީނެވެ. އަހަންނަށް ޔަގީނެވެ. އޭނަގެ ހިތުގައި އެތައް ސުވާލެއް އުފެދޭނެއެވެ. އެކަމަކު ސުވާލެއް ކޮށްލާނެ ފެންވަރު ވެސް އަހަރެންގެ ނެތީއެވެ.

އިރުކޮޅަކުން ޒަލަފް ތެދުވެގެން އައެވެ. ޒަލަފްއަކީ، ހޭލެވުނަސް އެނދުގައި އޮވެގެން އަހަންނަށް ގޮވާ މީހެކެވެ. އޭނަ އަށް ތައްޔާރު ވެވޭނީ އަހަރެން ލައްވައި އެތައް ކަމެއް ކުރުވައިގެންނެވެ. އަހަރެންގެ އެހީއެއް ނެތި ޒަލަފް އައީތީ ހައިރާންވިއެވެ.

"ދަރިފުޅުގެ އަންހެނުންނަށް މިއަދު ކިހިނެއް ވެފަ މިހިރީ؟" މައިދައިތަ އެހިއެވެ.

"އަހަންނަކަށް ނޭނގެ،" ޒަލަފް ޖަވާބު ދިނެވެ. "ދެންމެ ދިމްގެ ކޯޗު ގުޅި. މިއަދު ހެނދުނޯ އޭނަ އަށް ޓައިމް ވާނީ. ބަލީ އަހަރެން. އެކަމަކު އޭނަ އަށް ފަސޭހަ ޓައިމެއްގަ މި އަންނަން ޖެހެނީ. ސައިބޮއިގެން ރެޑީ ވާންވީ އިނގޭ!"

"މިއަދު އަހަންނަކަށް ނުދެވޭނެ،" އަހަރެން ބުނީމެވެ. "އޯކޭ ދޯ؟ ކޯޗު އަންނަނީ އެހެން މީހަކު ވެސް ގޮވައިގެނެއްނު!"

"އަހަންނަށް ހެޔޮ މާލޭގެ އެންމެން ގޮވައިގެން އަޔަސް،" ޒަލަފް ބުންޏެވެ. "ދިމް ޖެހޭނެ ދާން. އެހެން ނޫނީ އަހަރެން ވަރަށް ފޫހިވާނެ."

"މަންމަ ހިނގައިދާނަން." މައިދައިތަ ވަގުތުން ބުންޏެވެ.

އެ ހިސާބުން ބަހުސް ފެށުނެވެ. އަހަރެން ކުޅިބަލަން ހުރީއެވެ. މައިދައިތަ ބަހުސް ކާމިޔާބުކޮށް، ތަންކޮޅެއް ކަންތައްގަނޑު ބޮޑުކޮށްލުމުން، ނަސީބަކުން ޒަލަފް އެއްބަސްވިއެވެ. ސައިބޯން ތިއްބައި ކޯޗުގެ މެސެޖެއް އައެވެ. ގުޅައިލަން އެދުނެވެ. ކޯޗު އެ ކަހަލަ ކަންތައް ކުރަނީ ވަރަށް ހިކުމަތްތެރިކަމާ އެކުގައެވެ. އަހަރެން ދަނޑިވަޅެއް ހޯދައިގެން ގުޅީމެވެ.

"އަހަރެން ބުނެފަ އޮންނާނީ ހަސްބަންޑް ރަނގަޅު ކޮށްދޭނަމޭ!" ކޯޗު ބުންޏެވެ. "އެހެންވެ މޯނިންގް ވެސް އޯކޭ ކުރީ. އަސްލު މީ ވަރަށް ބިޒީ ގަޑިއެއް. ވީއައިޕީއަކަށް ވެސް މި ގަޑީގަ އެޓެންޑް ކުރަން ދާން އެބަ ޖެހޭ. އެކަމަކު ހަސްބަންޑް މިއަދު ގުޅާފަ ބުނެފި ދިމް ބުންޏޭ ދެން ހަވީރަކު ނުދެވޭނޭ! އަސްލު ކިހިނެއްތަވީ؟"

ކޯޗަށް ގުޅި އިރު އަހަރެން ހުރީ ވަރަށް ދެރަވެފައެވެ. ދުނިޔެމަތިން ފޫހިވެފައެވެ. މާޔޫސްވެފައެވެ. ބުނަން ނޭނގޭ ކަހަލަ ގޮތެއް ވެފައެވެ. އެހެނަސް ހަމަ ކުއްލިއަކަށް އަހަރެންގެ ވިސްނުން ބަދަލުވިއެވެ. ބިރު ވެސް ކެނޑުނެއެވެ. ލަދު ވެސް ކެނޑުނެއެވެ. ކޯޗާ ގުޅުން ހުންނަ ކަންކަމުގައި އަހަންނަށް ލިބެނީ އަމަށަކު ހިތްވަރެއް ނޫނެވެ. އަހަރެން ހިތަށް އެރިއެވެ. ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަން ޖެހޭނެއެވެ. ހާދަހާ ގިނަ ކަމެއް ޒަލަފް ކޮށްފިއެވެ. އަހަރެން ގޭބަންދުކޮށްފިއެވެ. ހިންދަމައިނުލެވޭ ވަރަށް މަސައްކަތް އެބަ ކުރުވައެވެ. އަހަންނަށް ލިބޭ ހުރިހައި ލާރިއެއް ފޭރިގެންފިއެވެ. ލަދުން ލޯ ހުޅުވައިލަން ނުކެރޭ ވަރުގެ ކަންކަން އަހަރެން ލައްވައި ކުރުވައިފިއެވެ. އަހަރެން ބަދުނާމުކޮށް، ދޮގު ތުހުމަތު އަޅުވައި، ދެމަފިރިން ވަރިކުރުވައިފިއެވެ.

"ކޮބާ އަސްލު މައްސަލައަކީ؟" ކޯޗު އެހިއެވެ.

"ވަރަށް ކެރިގެން ތި ސުވާލު ކުރަން ޖެހޭނީ،" އަހަރެން ބުނީމެވެ. "ޖަވާބު އަޑުއަހާނެ ހިތްވަރު ވެސް ޖެހޭނެ ހުންނަން. އަދި އެއް ފަހަރު ވިސްނާލާ!"

އަހަރެން ފޯނު ކަނޑައިލީމެވެ. ކޯޗު ދެނެއް ނުގުޅައެވެ. ހެނދުނު ކަސްރަތު ކުރަން ގޮސް އެ ތަނުގައި ކަންކަން ހިނގީ ކިހިނެއް ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. ބެލުމުގެ ޝައުގު ވެރިކަމެއް ވެސް ނެތެވެ. ހަވީރު ދަރިފުޅު އައިސް އަހަރެން ގޮވައިގެން ދިޔައީ ރެސްޓޯރަންޓަކަށެވެ. އޭރު އަހަރެންގެ ވިސްނުން ހުރީ ކުރިން ހުރި ގޮތަކަށް ނޫނެވެ. އަހަރެން އިށީންނަން ބޭނުންވީ އެންމެ ކަނުގައި، އެންމެ އެކަހެރިކޮށް ހުރި މޭޒު ކައިރީގައެވެ. އަހަރެން އޯޑަރުކުރީ ދުވަހަކު ވެސް ރަހަ ނުބަލާ ބުއިމެކެވެ. ދުވަހަކު ވެސް ރަހަ ނުބަލާ ކެއުމެކެވެ. ތެދަށް ބުނާ ނަމަ، އޭގެ ނަން ވެސް ރަނގަޅަކަށް އަހަންނަކަށް ނުކިޔެއެވެ.

"މަންމާ!" ހައިރާންވެފައި ދަރިފުޅު ބުންޏެވެ. "ހާދަ ބޮޑު ސަޕްރައިޒެއް ތި ދިނީ؟ އަހަރެން ދުވަހަކު ވެސް ނުދެކެން މަންމަ ސީފުޑް ކަނިކޮށެއް. އަބަދު ވެސް މަންމަ ގެންނާނީ ޗިކަން ފްރައިޑް ރައިސް."

"ބަދަލުކޮށްލީ!" އަހަރެން ބުނީމެވެ. "އެކައްޗެއް ކައިކައި ފޫހިވެއްޖެ! ބޮޑު ވަރަކަށް ހޮޑެއްނު ލެވޭނީ."

"ކޫލް!" ހީނގެންފައި ދަރިފުޅު ބުންޏެވެ. "ދެން ކިޔައިދީ! ކޮން ވާހަކަ ނުބުނެވިގެން ތި އުޅެނީ؟"

"ތި ސުވާލުނުކޮށް ކައިގެން ދަމާ ހިނގާ!" އަހަރެން ބުނީމެވެ. "މަންމަ ބޭނުމެއް ނޫން ދަރިފުޅު ލަދުން ފިތްކަނޑައިގެންދާކަށް."

ހައިފާ އިރުކޮޅެއް ވަންދެން އަހަންނާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. ފެންފޮދެއް ބޮއިލިއެވެ. "ލަދުންނޭ؟" ހައިފާ ބުންޏެވެ. "ވައި؟ އަހަރެން ކީއްވެ ލަދުގަންނަންވީ؟ ވަން މޯ ކްއެސްޗަން. މަންމަ ކީއްވެ ގޭތެރޭގަ ވެސް ބުރުގާޔާ މާސްކު އަޅައިގެން ތި އުޅެނީ؟ ރޯގާއެއް ނުޖެހެއެއްނު!"

އަހަރެން މާސްކު ނެގީމެވެ. ނޫފައިގެންފައިވާ ތުންފަތް ދައްކައިލީމެވެ. އަހަރެން ބުރުގާ ކުޑަކޮށް ހިއްލައިލީމެވެ. "ކިހިނެއްވެފަ އެހެރީ؟" ދެލޯ ބޮޑުކޮށްލައިފައި، އިނގިރޭސިން ދަރިފުޅު އެހިއެވެ. "ބައްޕަ އަނިޔާކުރީތަ؟" "ބައްޕަ މިހާރު ކިހިނެއް މަންމަ އަށް އަނިޔާކުރާނީ؟" އަހަރެން ބުނީމެވެ. "އެއީ ލޯބި." "ވަޓް ދަ..." ދަރިފުޅަށް ބުނެވުނީ އެހެންނެވެ.

ފިރިމީހާގެ ފަރާތުން ލިބޭ އެކި ކަހަލަ އަނިޔާތަކުގެ ވާހަކަ ދަރީންނަށް ސިއްރު ކުރަން ޖެހެއެވެ. ދަރީންގެ ކުރިމަތީގައި ބައްޕަގެ އަގު ހިފަހައްޓަން ޖެހެއެވެ. އަހަންނަކީ ވެސް އެ ވިސްނުން ގެންގުޅުނު މީހެކެވެ. އަހަރެން އަބަދު ވެސް މަސައްކަތްކުރީ ހަގީގަތް ފޮރުވާށެވެ. ހިތާ ދެކޮޅަށް ވާހަކަ ދައްކާށެވެ. އެކަމަކު، ފުރަތަމަ ފަހަރަށް ހަގީގަތާ ކުރިމަތިލީމެވެ. ދަރިފުޅަށް ކިޔައިދިނީމެވެ.

"މަންމަ ބޭނުންވީ އަމިއްލަ އަށް މަރުވާން،" އެ ވާހަކަ ވެސް އަހަރެން ބުނީމެވެ. "އެއްވެސް ދޮގެއް ނަހަދާ މި ބުނީ. އޭގެ ކުރިން ދަރިފުޅާ ވާހަކަ ދައްކާލަން ވެގެން އޭރު ގުޅީ."

ހައިފާ ގޮނޑިން ތެދުވެގެން އައިސް އަހަރެން ގައިގައި ބައްދައިގަތެވެ. އެހެން ތިބެގެން ދެމައިން އެކުގައި ރުއީއެވެ. އެ ވަގުތު ރެސްޓޯރަންޓުގައި އެހެން މީހަކު ނެތްކަން އެއީ ނަސީބެކެވެ.

"އޭރު ވެސް އަހަރެން ބުނިން ބައްޕަ ލޯތްބެއް ނުވެޔޭ! މަންމަގެ ލައިފް ވޭސްޓް ނުކުރާށޭ!" ގިސްލަމުން ދަރިފުޅު ބުންޏެވެ. "އެކަމަކު މަންމަ އަބަދު ވެސް ބުނާނެ، ބައްޕަ އަނިޔާއެއް ނުކުރާނޭ! ޑުރަގެއް ނުނަގާނޭ! މީހުނާ ހިތައެއް ނުވާނޭ! އެ ތިން ކޮލިޓީ ހުރެއްޖެއްޔާ މަންމަ އަށް އޯކޭއޭ! މިހާރު ކީކޭ ބުނާނީ؟"

"މަންމަ އަށް ހަމަ ނުވިސްނުނީ!" އަހަރެން އެއްބަސްވީމެވެ. "މޮޔައީ!"

އަހަރެންގެ ސިކުނޑި އަށް ވަރަށް ލުއިވިއެވެ. ހީވީ، ކޮނޑަށްލައިގެން އުޅުނު ވަރަށް ބަރު އެއްޗެއް ކޮނޑުން ނެގިހެންނެވެ. ހަގީގަތުގައި، އެއްވެސް މައްސަލައެއް ހައްލެއް ނުވެއެވެ. އެހެނަސް، އިތުބާރު ކުރެވޭ މީހަކަށް ހުރިހައި ވާހަކައެއް ކިޔައިދިނުމުން ހިތަށް ހަމަޖެހުން ލިބުނީއެވެ. އަހަރުމެން އޯޑަރުކުރި އެއްޗެހި ގެނައެވެ. ފުރަތަމަ ފަހަރަށް އަހަރެން ޑިނގާ ކެއީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީމެވެ. ކަންތައް ވެގެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެންދިޔައީ ހީކުރި ގޮތަކަށް ނޫނެވެ. ހޮޑެއް ނުލެވެއެވެ. އެ ވީ ވަރަށް މީރު އެއްޗަކަށެވެ.

ކައި ނިމިގެން އަހަރުމެން ދިޔައީ މޫދު ކައިރިޔަށެވެ. އޭރު އިރުއޮއްސެނީއެވެ. ދުވަހެއް ނިމެނީއެވެ. އެހެންޏާ ވެސް ނިމޭ ގޮތަށެވެ. އުދަރެހުގައި ހުރީ، އެހެންޏާ ވެސް ހުންނަ ކުލަތަކެވެ. އެހެނަސް، އަހަންނަށް އެއީ ތަފާތު ދުވަހެކެވެ. ތަފާތު ނިމުމެކެވެ. ހަޔާތުގައި ކުރިމަތިވި އެންމެ ހިތި ސަފުހާގެ ފަހު ފޮޅުވަތެވެ. (ނުނިމޭ)

13 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 6%
icon inlove icon inlove 38%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒުމް

04 November 2024

މަށަށްވެސް މިބާބު ނިންމަން އަދި ހިތްވަރު ލިބޭނެ. ދިމްއަށް ކުރާވަރު އަދި ނުކުރާތީ ތޯއްޗެއް މިހުރެވެނީ. ރެޔަކާ ދުވާލު އެތައް ފަހަރު މަރުވެފަ ދިރޭ. މަރުވަނީ އެކަނިވާ ވަގުތު. ދިރެނީ ދަރިފުޅަށްޓަކައި. ހަމަ ދާނެ ތަނެއް ނެތިފަ.

The name is already taken The name is available. Register?

ޏާއްކޮ

04 November 2024

ޒުމް ހިތްވަރުކުރޭ! ބޮޑުވަރު ނުވަނީސް ސަލާމަތްވާން އުޅޭ. ކޮންމެވެސް މީހަކަށް ކިޔާދީ ދިމް ހެން. އަހަރެންވެސް އަޑުއަހާނެ ކަންފަތެއް ދީފާނަން އެހެން މީހަކު ނެތިއްޔާ. އަންހެނެއްގެ ހައިސިއްޔަތުން މިބުނަނީ ސްޓްރޭންޖާއަކަށް ވިޔަސް

The name is already taken The name is available. Register?

ހަގީގަތަކީ

04 November 2024

އަނިޔާއަށް ކެތްކުރަންވީތާ މަވެސް

The name is already taken The name is available. Register?

ބިންމާ ގެވާހަކަ

03 November 2024

މިވާހަކަ ކިޔާފަ ވވ. ރޮވިއްޖެ. ބައެއްފިރިންނަކީ ހާދަހާވާ ނުލަފާ ބައެކޭ.

The name is already taken The name is available. Register?

ފިރިއެއް

04 November 2024

ބައެއް އަންހެނުންނަކީ ވެސް ހާދަހާ ނުލަފާ ބައެކޭ.

The name is already taken The name is available. Register?

ޒިމް

03 November 2024

އަވަހަށް ވާހަކަ ކުއްލިއަކަށް ނިންމަން ބިންމާ ހިފާފައި ތިހުރީ.. އަހަރެމެން ޒަލަފްދެކެ ރުޅިގަދަވާތީތަ?

The name is already taken The name is available. Register?

ޏާއްކޮ

04 November 2024

ނޫން މަ ދާ ޕޭސް ގޯހެއް ނޫން. ކަމެއް ބަދަލު ވާހާ ދުވަސް ވެއްޖެ ދޯ ވާހަކަ އަކަށް ވިޔަސް

The name is already taken The name is available. Register?

ތާއިފާ

03 November 2024

މިއީ މިފަހަކަށް އައިސް ބިންމާ ލިޔުނު އެންމެ ރީތި ވާހަކަ. ޝުކުރިއްޔާ

The name is already taken The name is available. Register?

ކިލް ޖިން

03 November 2024

ޔޭ މަ ފަސްޓު

The name is already taken The name is available. Register?

ކައިލީ (ބިންމާ ވަރޝަން)

03 November 2024

ނިމެނީ ދޯ.. ދިމް އަދި މަޑުކޮށްލާ ޒަލަފްގެ ޖެއްސުން ތަޖުރިބާކޮށްލަން.. އެހެންޏާ ފަހެ

The name is already taken The name is available. Register?

އަރާމަގު ދޮންކަމަނަ

03 November 2024

ހަމަ އަސްލަށްވެސް ރޮވިއްޖެ.. މި ބައި ހިތާ ކުޅެލައިފި.. މި ވަރަށް ކެތްތެރިވެގެން އިންސާނަކަށް އުޅެވޭނީ.. ދެން އަންނަ ބަޔަކަށް ވ އިންތިޒާރު ކުރެވޭ އެބަ މިހާރު

The name is already taken The name is available. Register?

ސަސި

03 November 2024

ހާދަ ފާޑަކަށޭ މި ދަނީ

The name is already taken The name is available. Register?

2024

03 November 2024

ޔޭ މަ ☝️..ދިމް ތިކަމުން ސަލާމަތްވޭ..... ބޮއިހަލަކި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454