މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖަގްނައުތު ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ސޯޝަލް މީޑިއާ މަނާކުރި ނިންމުން އޭނާ މިހާރު ވަނީ ބަދަލުކުރައްވާފައި.
03 ނޮވެމްބަރ 2024 - 07:21
މޮރިޝަސްގެ އާންމު އިންތިހާބު ނިމެންދެން ސޯޝަލް މީޑިއާ މަނާކޮށްފައި ބޭއްވުމަށް ނިންމި ނިންމުން 24 ގަޑިއިރުތެރޭ އިއްޔެ އުވާލައިފި އެވެ.
ސިއްރުން ފޯނު އަޑުއެހި މައްސަލައެއް ބޮޑުވެ އިންތިހާބުގެ ބޮޑު މައުޟޫއަކަށް އެ ވާހަކަ ވެފައި ވަނިކޮށް ސަރުކާރުން މި މަހުގެ 11 އާ ހަމައަށް ސޯޝަލް މީޑިއާގެ ހުރިހާ ވަސީލަތެއްހެން މަނާކުރަން ނިންމި އެވެ. އެ ނިންމުމާ އެކު ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް އަދި އެކްސް ވެސް ބޭނުމެއް ނުކުރެވެ އެވެ.
އިންތިހާބު ނިމޭތާ އެއް ދުވަސް ފަހުން، މި މަހުގެ 11 އާ ހަމައަށް މި ވަސީލަތްތައް މަނާކުރި ނަމަވެސް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އޮތޯރިޓީން ބުނީ ކަމާ ގުޅުން ހުރި އިދާރާތަކުން އަލުން މަޝްވަރާކުރުމަށް ފަހު ނިންމުން ބަދަލުކުރީ ކަމަށެވެ.
ސޯޝަލް މީޑިއާ މަނާކުރީ ސިޔާސީ ބޭފުޅުންނާއި ނޫސްވެރިންނާއި ސިވިލް ސޮސައިޓީގެ އިސް މީހުންގެ އިތުރުން ބޭރުގެ ބައެއް ޑިޕްލޮމެޓުންގެ ފޯން ކޯލްތައް ވެސް ސޯޝަލް މީޑިއާގައި އާންމުވާން ފެށުމާ އެކުގަ އެވެ. ބޮޑުވަޒީރުކަން ދިފާއުކުރެއްވުމަށް ވާދަކުރައްވާ ޕްރަވިންދު ކުމާރު ޖަގްނައުތުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ މި ލީކުތަކުގެ ސަބަބުން ގައުމާ ސަލާމަތަށް ނުރައްކާވެ އަދި ގައުމާއި ބައިނަލްއަގުވާމީ ބައިވެރިންގެ މަސްލަހަތަށް ވެސް އަސަރުކޮށްފައިވާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުގެ ކެމްޕޭނުގައި ސޯޝަލް މީޑިއާ ވަރަށް ބޮޑަށް ބޭނުންކުރަމުން އަންނަ އިރު، އެ މަނާކުރުމާ އެކު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
ސިއްރު ރެކޯޑިންތައް ލީކުރަމުން ދިޔަ އެކައުންޓް ބްލޮކްކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރި އެވެ. އެކަމަކު އެއާ އެކު ދެން ފެންނަން ފެށީ އެހެން އެކައުންޓްތަކުން ވެސް ލީކުތައް އާންމުކުރަން ފެށި ތަނެވެ.
ލީކުވެފައިވާ އޯޑިއޯތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ފުލުހުންގެ ބަންދުގައި ހުއްޓާ އަނިޔާގެ ސަބަބުން މަރުވި މީހެއްގެ ލިޔުންތައް ބަދަލުކުރުމަށް ޕޮލިސް ކޮމިޝަނަރު ފޮރެންސިކް ޑޮކްޓަރަކަށް އަންގައި އެ ވާހަކަ ދައްކާ ކަމަށް ބުނާ އޯޑިއޯއަށެވެ. އެ އޯޑިއޯއާ ގުޅިގެން މިހާރު ވަނީ ތަހުގީގެއް ވެސް ފަށައިފަ އެވެ.
އިނގިރޭސި ވިލާތުގެ ހައިކޮމިޝަނަރު ޗާލޮޓް ޕިއެރޭގެ ޕްރައިވެޓް ކޯލްތަކެއް ވެސް ވަނީ ލީކުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެިއިސްމާލު2.0
03 November 2024
އަނެއްކާ ވަށަފަރު މީހެއްތަ ތިތާވެސް ހުރީ؟
ރަދީފްއޮފިޝަލް
03 November 2024
ހެހެހެެހެ.ތި ހީކުރާ ގޮތަށް ތަޅުލެވިގެން ތިބެވިދާނެކަމަށް ދެކޭނަމަ ތަމެން އަދި ތަރައްގީނުވޭ.
ގުއިއްޓޭ
03 November 2024
މި ތަނުގައި ވެސް ތިކަން ކުރަން އެބަ ވިސްނަން
ރަދީފްއޮފިޝަލް
03 November 2024
ނުކުރެވޭނެ.އެއީ އެއްވެސް ވެރިއަކަށް ދެން ކުރެވޭނެ ކަމެއް ނޫން.ޕީޕަލްސް ޕަވާ ވިލް ޕްރިވެއިލް.