ވިޔަފާރި / ދިރާގު މޯލްޑިވްސް ރޯޑް ރޭސް

ދިރާގު ރޯޑް ރޭހުގެ ވަނަތަކަށް ދިޔަ ދުވުންތެރިންނަށް އިނާމު ދީފި

ދިރާގުން ރޯޑް ރޭހުގެ ވަނަތަކަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާ: މި ރޯޑް ރޯހުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމާއި ވައުޗަރު ވަނީ ހަވާލު ކޮށްފައި --- ފޮޓޯ/ދިރާގު

06 ނޮވެމްބަރ 2024 - 15:18

މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފި އެވެ.

އިނާމު ހަވާލުކުރުމަށް ރޭ ދިރާގުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި 21.1 ކޭ ކެޓެގަރީގެ ޗެމްޕިއަންކަން ހޯދި ދުވުންތެރިޔާއަށް 25,000ރ. ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފަ އެވެ. އަދި 10 ކޭ އާއި 5ކޭގެ އޯޕަން ކެޓަގަރީ އާއި 5ކޭ އޮފީސް/ރިސޯޓު ކެޓަގަރީތަކުން ޗެމްޕިއަންކަން ހޯދި ދުވުންތެރިންނަށް 10،000ރ. ގެ ފައިސާގެ އިނާމާއި ރަނަރަޕް ދުވުންތެރިންނަށް 8000ރ. އާއި ސެކަންޑް ރަނަރަޕްއަށް 6000ރ. ގެ ފައިސާގެ އިނާމު ވެސް ވަނީ ހަވާލުކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި، އެ ދުވުމުގެ 5ކޭ ސްކޫލް ކެޓަގަރީގެ ވަނަތައް ހާސިލް ކުރި ދަރިވަރުންނަށް ހާއްސަ ގިިފްޓު ވައުޗާތައް ހަވާލުކުރި އެވެ. އޭގެ ތެރޭގައި ޗެމްޕިއަނުންނަށް ހުށަހެޅި 5000ރ. ގެ ގިފްޓު ވައުޗަރާއި ރަނަރަޕްއަށް 3000ރ. ގެ ގިފްޓް ވައުޗަރާއި ސެކަންޑް ރަނަރަޕްއަށް ދިން 1000ރ. ގެ ގިފްޓު ވައުޗަރު ހިމެނެ އެވެ.

މި ހާއްސަ ހަފްލާގައި، ދިރާގުން ވަނީ 21.1ކޭ އަދި 10ކޭ ކެޓެގަރީތަކުގައި ބައިވެރިވި 45 އަހަރާއި 50 އަހަރާ ދެމެދުގެ ދުވުންތެރިންނާއި 51 އަހަރާއި 55 އަހަރާ ދެމެދުގެ ދުވުންތެރިންނާއި 56 އަހަރާއި 60 އަހަރާ ދެމެދުގެ ދުވުންތެރިން އަދި 61 އަހަރާއި 65 އަހަރުގެ އުމުރުފުރާތަކުން އެއް ވަނަ، ދެވަނަ އަދި ތިން ވަނައަށް ދިޔަ ފަރާތްތަކުގެ އަގު ވަޒަންކޮށް ހާއްސަ ސެޓްފިކެޓެއް ދީފަ އެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ރަޝީދު ވާހަކަ ދައްކަވަނީ.

މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ ވަނަތަކަށް ދިޔަ ދުވުންތެރިންނަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި މި ދުވުމަށް ކޮންމެ އަހަރަކު ލިބެމުންދާ އެއްބާރުލުން ފާހަގަ ކުރައްވައި، އޭނާ ޝުކުރު އަދާ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގެ ދުވުންތެރިންގެ އިތުރުން ބައިނަލްއަގްވާމީ ދުވުންތެރިން ވެސް އިންތިޒާރުކުރާ އިވެންޓެއް ކަމަށެވެ. އަދި މި ދުވުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ކުރިއަށް ގެންދާ މުހިންމު ހަރަކާތެއް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި، ރޭހުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެންޖީއޯއަށް ދީފައިވާ ޖުމްލަ 200،000ރ. ހަދިޔާކުރި އެވެ. އަދި ބައިވެރިންގެ ރަޖިސްޓްރޭޝަން ފައިސާގެ ބަޔަކާއި ރީތި ބިބް ނަމްބަރު ވިއްކައިގެން ލިބުނު ފައިސާ ވެސް ވަނީ ރޯޑް ރޭހުގެ އެންޑޯސްކޮށްފައިވާ 12 އެންޖީއޯއަކަށް ހަވާލުކޮށްފަ އެވެ. މިގޮތުން ޓޮޕް 5 އެންޖީއޯއަށް ކޮންމެ އެންޖީއޯއަކަށް 80،071ރ. އަދި އިތުރު 7 އެންޖީއޯގެ ތެރެިން ކޮންމެ އެންޖީއޯއަކަށް 40،071ރ. ވަނީ ދީފަ އެވެ.

އެހެންވެ، 680،850ރ. ގެ އެންޖީއޯތަކަށް ރޭ ހަވާލުކުރި އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ދުވުމެވެ. މިއަހަރު އޮތް މި ދުވުމުގެ 15 އެޑިޝަން ބޭއްވީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މި އަހަރުގެ ދުވުމުގައި ބައިވެރިވާން 4،400 އަށް ވުރެ ގިނަ މީހުން ރެޖިސްޓާ ކުރި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން އިތުރު 41 ގައުމެއް މީހުން ހިމެނެ އެވެ. އަދި 28 ސްކޫލެއްގެ ދަރިވަރުން ވަނީ ބައިވެރިވި އެވެ. އޭގެ ތެރޭގައި އަތޮޅު ތެރޭގެ 7 ސްކޫލެއް ވެސް ހިމެނެއެވެ.

މި ހަފްލާގައި ދިރާގުން ވަނީ އަންނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 24 އޮކްޓޫބަރުގައި ބާއްވާނެކަން އިއުލާނުކޮށްފަ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454