އަލީ އުމަރުމަނިކު (އޮރެގާނޯ އައްޔަ).
07 ނޮވެމްބަރ 2024 - 23:04
މިދިޔަ މަހު ދިރާގުން ބޭއްވި ރޯޑު ރޭހުގައި ދުވަނިކޮށް ހާޓްއެޓޭކެއް ޖެހުނު މީހާ މިއަދު ނިޔާވެއްޖެ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވި ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ދުވަނިކޮށް ހާޓް އެޓޭކެއް ޖެހުނީ މާލެއަށް ނިސްބަތްވާ އަލީ އުމަރުމަނިކަށެވެ.
އުމުރުން 45 އަހަރުގެ އެ މީހާއަކީ އޮރެގާނޯ ރެސްޓޯރަންޓުގެ ވެރިޔާ އެވެ.
ރޭސް ނިމެން ވަރަށް ކައިރިވެފައި ވަނިކޮށް ހާޓްއެޓޭކެއް ޖެހިގެން އޭނާ ވެއްޓުމުން ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. ނިޔާވީ އެތަނުގައި ފަރުވާދެނިކޮށެވެ.
އޭނާގެ މައްޗަށް ކަށުނަމާދުކުރުން އޮތީ މިރޭ ފަތިސް ނަމާދަށް ފަހު އެވެ.
ދިރާގު ރޯޑު ރޭހުގެ ބައިވެރިއަކު ނިޔާވުމުން، އެ ކުންފުނިން ވެސް ވަނީ އެ އާއިލާއަށް ތައުޒިޔާ ފޮނުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީސަ
08 November 2024
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ. މާތް ﷲ މައްޔިތާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި.
އަހްމަދުބެ
08 November 2024
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ