ގެއްލިގެން ހޯދަމުން އަންނަ ކުއްޖާ.
10 ނޮވެމްބަރ 2024 - 19:39
ފުވައްމުލަކުން ގެއްލިގެން ހޯދަމުން ދިޔަ ފިރިހެން ކުއްޖާ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދީ، އިޒްޔާން ހުޝާމް ނަމަކަށް ކިޔާ ހަތަރު އަހަރުގެ ފިރިހެން ކުއްޖެކެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ކުރިން ބުނި ގޮތުގައި އެ ކުއްޖާ އެންމެ ފަހުން ފެނުނީ މިއަދު ހަވީރު 4:45 ހާއިރު ދިގުވާޑު ފްލެޓް ނަމްބަރު 02.ޖީ.18 ކައިރިންނެވެ.
ފުލުހުން ބުނި ގޮތުގައި މި ކުއްޖާ މިހާރު ވަނީ ފެނިފަ އެވެ.
ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ކުއްޖާގެ ހާލު ރަނގަޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަހަބުބެ
12 November 2024
އެކުއްޖާވީ ކިހިނެތް, ކޮންތާކުން ފެނުނީ, ކާކު ފޮރުވީ, ? މިވަރު ނޫހުގައި ނުލިޔާނަމަ, މިވާހަކަ ނުޖެހީމަ ނިމުނީނޫން.
ނޮ ނޭމް
19 December 2024
ތެދެއް
ޢަކޭ
11 November 2024
ٱلْحَمْدُ لِلَّٰهِ..