ހަނިމާދޫގެ ބީޗު ސަރަހައްދު: މި ރަށުގައި ޓޫރިސްޓަކު ގެނބިގެން އިއްޔެ ވަނީ މަރުވެފައި.
06 މާޗް 2017 - 12:34
ހދ. ހަނިމާދޫގައި ޓޫރިސްޓަކު ގެނބިގެން އިއްޔެ މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިޓަލީގެ 85 އަހަރުގެ ފިރިހެނަކު މަރުވެގެން އިއްޔެ މެންދުރު ރިޕޯޓު ކޮށްފައިވާ ކަމަށެެވެ.
އޭނާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހަނިމާދޫ ކައުންސިލުން ބުނީ އެއީ އެ ރަށުގެ ޓޫރިސްޓް ހޮޓަލަކަށް ޗުއްޓީ ހޭދަކޮށްލުމަށް އެކަނި ދިޔަ މީހެއް ކަމަށެވެ. އޭނާ ހަނިމާދޫގައި އުޅޭތާ ހަފުތާއެއްހާ ދުވަސް ވެފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާ
06 March 2017
ކޮންލައިފު ގާޑެއް 1 މިލިޔަން ޓޫރިސްއަންއިރު ތިކަހަލަ ކަންތައް ދިމާވާނެ! އެމިހުންގެ ފުރައިވެސީ ގެލޭނަމަ އެމިހުންނާނެ އެމިހެގެ ކަމެއް އެމިހަކު ރައްކާތެރި ވެގެން އުމަކީ
ބަލްކު އެންޑް ބަލަކް
06 March 2017
85 އަހަރުގެ ބޭބެއަކު މޫދަށް ދިޔުމުގެ ހުއްދަވެސްދީގެން އަސްލު ނިވާނެ.
އަލީ
06 March 2017
އަޅެ ހެޔޮނުވާނެ ޓޫރިޒަމް އިން ޤަވާއިދެއް ހަދާބަލަ ލައިފްގާޑުންނެތި ޓޫރިސްޓުން މޫދަށް ނޭރެވޭނެ ގޮތަކަށް. މިޤައުމުގެ މޫދުތަކަކީ ބިރުވެރި ތަނަކަށް ނުވަނީސް މިކަމާ އުޅެބަލަ.
އިލި ކާފަ
06 March 2017
އަލީ އަށް ލައިފް ގާޑް ވަޒީފާއެއް އަދާ ކުރަން ކެރޭނަމަ ދީފާނަމެވެ. ތިކަމަށް ވެސް ލިބެން ތިބީ ބަންގާޅުން ނެވެ. އެމީހުން މޫދަށް އެރުވާނަމަ އެމީހުން ބަލަން އެހެން މީހަކު ހުންނަން އެބަ ޖެހެއެވެ.